ގްރޭޑް 9 ގައި ތަޢުލީމު ހާސިލްކުރަމުންދިޔަ ދަރިވަރަކު، ސްކޫލުގެ ފާހަނާތެރޭގައި ރޭޕްކޮށްލައިފިއެވެ.
އުމުރުން 14 އަހަރުގެ އެ ކުއްޖާ ރޭޕްކޮށްލީ، ފްލޮރިޑާގެ މިއާމީ ގާޑެންސްގެ ހައި ސްކޫލެއްގައެވެ. އޭނާ ރޭޕްކޮށްލީ، އޭނާ އާއި އެކު އެއް ގްރޭޑެއްގައި ތަޢުލީމު ހާސިލްކުރަމުންދިޔަ ތިން ފިރިހެން ދަރިވަރުންނެވެ.
މި ހާދިސާ އާއި ގުޅިގެން ފުލުހުން ކުރިއަށްގެންދިޔަ ތަހުޤީޤަކުން އެނގިފައިވަނީ، އެ އަންހެން ކުއްޖާ ރޭޕްގެ ޝިކާރައަކަށް ހަދާލީ އޭނާގެ އެކުވެރިއެކެވެ. އެގޮތުން އޮޅުވާލައިގެން ސްކޫލުގެ ފާހަނާތައް ހުންނަ ސަރަޙައްދަށް އޭނާ ގެންދިއުމަށްފަހު ގަދަކަމުން ފާހަނައަށް ވައްދައި، އިތުރު ދެކުއްޖަކާއި އެކު ރޭޕްކޮށްލީ ކަމަށް ވެއެވެ.
މި ހާދިސާގައި އެ އަންހެން ކުއްޖާއަށް އެކިވަރުގެ ހާނިކަތައް ލިބިފައިވާއިރު، އޭނާ ރޭޕްކޮށްލި ތިން ކުދިންގެ ތެރެއިން އެކެއްގެ ހަށިގަނޑުގައި އެޗްއައިވީ ހުންނަ ކަމަށް ވެއެވެ. އެހެންކަމުން އެޗްއައިވީގެ އަސަރު އެ އަންހެން ކުއްޖާއަށްވެސް ކޮށްފައިވާކަން ޓެސްޓުތަކުން ވަނީ ހާމަވެގެން ގޮސްފައެވެ.
މި ހާދިސާ ހިނގީ، މީގެ ކުރިންވެސް ބައެއް ދަރިވަރުންގެ ފަރާތުން އެ ކުއްޖާއަށް އެކި ކަހަލަ އުނދަގޫތަކެއް ކުރިމަތިވަމުން ގޮސްފައި ވަނިކޮށެވެ. އެގޮތުން މަގުމަތިންވެސް ބައެއް ދަރިވަރުންގެ ފުރައްސާރަ އާއި އުންދަގުލާއި އޭނާއާއި ކުރިމަތިވިއިރު، ފަހުން އެ ދަރިވަރުން އޭނާއާއި ދިމާކޮށްލީ ސްކޫލް ތެރެއިން ކަމަށް އޭނާގެ މަންމަ ނޫސްތަކުގައި ބުނެފައި ވެއެވެ.
އެކުއްޖާގެ މަންމަ އިތުރަށް ބުނެފައި ވަނީ، އޭނާގެ ދަރިފުޅު ރޭޕްކޮށްލުމުގެ ސަބަބުން ފުރާނައަށްވެސް ނުރައްކާ ވެފައިވާ ކަމަށެވެ. އެގޮތުން އެޗްއައިވީގެ އިތުރުން، ދަރިފުޅު ރޭޕްކޮށްލި ކުދިންގެ ތެރެއިން އެއްކުއްޖެއްގެ ގައިން ނުރައްކާތެރި ބައްޔެއްވެސް އޭނާގެ ގަޔަށް އަރާފައި ވާކަމަށާއި، އެޗްއައިވީގެ ސަބަބުން ބަލި އިތުރަށް ބޮޑުވަމުންދާ ކަމަށް އޭނާ ބުންޏެވެ.
މި ހާދިސާއާއި ގުޅިގެން ސްކޫލުން ވަނީ އެ އަންހެން ކުއްޖާ އާއި އޭނާ ރޭޕްކޮށްލި ތިން ދަރިވަރުންވެސް ސަސްޕެންޑު ކޮށްފައެވެ.
.ކީއެވެ އެއަންހެން ކުއްޖާ ސަސްޕެންޑުކުރީ???
ތިކަމާ މިހާރު މޯދީ ގުޅާގެން އެބަ މަަސްވަރާ ކުޜޭ
މަގޭހީކުރީ އިންޑިޔާގެ ހިނގިކަމެއްހެން!
މިމައްސަލައެއްނު ތިބައިގަނޑު ހައްލުކުރަންވީ އަހަރެމެންގެ މިނިވަންކަމާނުކުޅެ
ވަރަށް ދެރަ ހިތާމަވެރި ޚަބަރެއް. ތިޔަ އަންހެން ކުއްޖާއަށް އަވަސް ޝިފާއެއްދެއްވަވާ ހިދާޔަތުގެ އަލިމަގު ދައްކަވާންދޭވެ... އެޗްއައިވީ ބައްޔަށް ޝިފާ ދެއްވަން ވިޔަސް އެކަލާނގެއީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާންގެ..
އާމީން!
ކޮބައިތަ ޓްރަމްޕް އަނގަބޮޑޭ
ރޭޕް ކޭސް އެއް ވިއްޔާ އަވަހަށް އިންޑިޔާގެ އެހީތެރިކަމަށް އެދޭ.. ތިކަމުގައި އެންމެ ފުންނާބު އުސް ވާނީ އިންޑިޔާ