އިންޑިޔާގެ ފިލްމީ އިންޑަސްޓްރީގައި އެންމެ ފަހު ވަތުތާއި ހަމައަށް ވެސް ރަނިކަން ކުރަމުން ދިޔަ މައްޝޫރު ފިލްމީ ތަރި ސްރީ ދޭވީގެ ހިތާމަވެރި ވަކިވެ ދިޔުމާއި ގުޅިގެން އޭނާގެ އަންހެން ދަރިފުޅު ޖަންވީ ކަޕޫރު އަސަރުގަދަ ސިޓީއެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފިއެވެ. ސްރީ ދޭވީ ދުނިޔެއާއި ވަކިވެ ދިޔަ ދުވަހު، އޭނާގެ ފިރިމީހާ ބޮނީ ކަޕޫރުވެސް ވަނީ އޭނާގެ ލޮބުވެތި އަންހެނުންގެ ހަނދާނުގައި ސިޓީއެއް ލިޔެފައެވެ.

ޖަންވީ ކަޕޫރުގެ މި އަސަރުން ފުރިފައިވާ ސިޓީއާއި އެކު އޭނާވަނީ އޭނާގެ ލޮބުވެތި މަންމަ ސްރީ ދޭވީ އާއެކު ނަގައިފައިވާ ބައެއް ފޮޓޯތައް ވެސް ޕޯސްޓްކޮށްފައެވެ. އަދި ހަމަ އެހެންމެ، އާއިލާގެ އެކިއެކި މުނާސަބަތު ތަކުގައި ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ވަނީ ޕޯސްޓްކޮށްފައެވެ. މިއިން ކޮންމެ ފޮޓޯ އަކުންވެސް މައިވަންތަ ކުލުނު ރަމްޒު ކޮށްދެއެވެ.

janhvi kapoor letter to sridevi
ޖަންވީ ލިޔެފައިވާ ލިޔުން ކޮޅެއް

ޖަންވީ އިންސްޓަގްރާމުގައި ޕޯސްޓުކޮށްފައިވާ ފޮޓާ ތަކާއި އެކު އޭނާވަނީ ކަމަކު ވެސް އެދިފައެވެ. އެއީ އޭނާގެ މަންމައަށް އިޚްތިރާމް ކުޑަނުކުރުމަށެވެ. އަދި އޭނާ ބުނެފައިވާ ގޮތުގައި ސްރީ ދޭވީގެ އެންމެ ޚާއްސަ ތަންކޮޅަކީ ޖަންވީގެ ބައްޕަ ދެކެ ސްރީ ދޭވީ ވާ މަތިވެރި ލޯތްބެވެ. އެއީ ލޯބީގެ ލާމަސީލު މިސާލެއްކަމަށް ވެސް ޖަންވީ ބުނެފައިވެއެވެ.

އަދި ހަމަ އެހެންމެ، ޖަންވީ ވަނީ އޭނާގެ މަންމަގެ ހުރިހާ ސަޕޯޓަރުންނަށް އެމީހުން މި ހުރިހާ ދުވަހު ދެމުން ގެންދިޔަ ސަޕޯޓް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަތަރި

    ހަމަ ހައްގުތެދެއް ތިޔަ ދޭވީ މިފެނުނީވެސް ދެންމެ