އެމެރިކާގެ ހައްދުފަހަނައަޅާފައިވާ ރައީސް، ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ވެރިކަމާއި ހަވާލުވިފަހުން އޭނާ ވެފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބައެއްގެ މަޤުބޫލުކަން މަދު ދުވަސްކޮޅެއްގެ ތެރޭގައި ހޯދި މީހަކަށެވެ. އެގޮތުން ޤައުމުތަކުގައި ޚާއްސަ ދުވަސްތަކާއި ދިމާކޮށް ޓްރަމްޕް އެޤައުމުތަކުން ފެނިގެން ދިއުން ވެފައިވަނީ ޢާންމު ކަމަކަށެވެ.

އެންމެ ފަހުން މިފަދަގޮތަކަށް ގިނަބައެއްގެ ސަމާލުކަން ހުއްޓުނީ، ލަންޑަންގައި ކުރިއަށްދިޔަ އިހުތިޖާޖެއްގެ ތެރެއިން ޓްރަމްޕް އަށް މަލާމާތް ކުރުމަށް ފުއްޕާހަމެއް އެރުވި ހާދިސާއަށެވެ. ޓްރަމްޕްގެ ސިފަ އާއި އެއްގޮތް ކަމަށް ބުނާ އެފުއްޕާހަމުގެ ފޮޓޯތައް މީސް މީޑިއާގައި ދައުރުވެފައިވާއިރު، ދިވެހިން ފޯރިއާއިއެކު ފާހަނގަކުރަމުންދާ މި ޢީދުގައި ޓްރަމްޕް މިވަނީ ރާއްޖެއިންވެސް އެފަދަގޮތަކަށް ފެނިގެން ގޮސްފައެވެ.

މިފަހަރުގެ ބޮޑު ޢީދު ކުލަގަދަ ގޮތެއްގައި ރާއްޖޭގައި ފާހަނގަކުރަމުންދާ އެއް ރަށަކީ ނ. ވެލިދޫއެވެ. ވެލިދޫގައި ކުދިބޮޑު ގިނަ ޢަދަދެއްގެ ބަޔަކު ޢީދު މުނާސަބަތުގައި އެކިއެކި އުފާވެރި ހަރަކާތްތަކުގައި ބައިވެރިވަމުންދާއިރު ގިނަ ބައެއްގެ ނަޒަރު، އެރަށުން ފެނުނު "ޓްރަމްޕް"އަށް މިވަނީ ހުއްޓިފައެވެ.

ވެލިދޫގައި ހިންގި ޢީދު ހަރަކާތެއްގެ ތެރެއިން ޓްރަމްޕްގެ މޫނު ސިފަވާފަދަ މާސްކެއް އަޅައިގެން ހުރި މީހަކަށް މިހާރު ގިނަ ބައެއްގެ ސަމާލުކަން ލިބެމުންދާއިރު، އެ މަންޒަރު ފެންނަ ފޮޓޯތައް މިހާރު މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. ޓައިއެއް އަޅައި ކޯޓު ފަޓުލޫނުގައި ހުރި އެމީހާ އާއިއެކު ގިނަ ބަޔަކު ވަނީ ސެލްފީ އާއި ފޮޓޯވެސް ނަގާފައެވެ.

މިއީ ރާއްޖޭގެ ރަށަކުން މިފަދަ ގޮތަކަށް ޓްރަމްޕް ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެ ކުރިން ދުނިޔޭގެ އެކި ޤައުމުތަކުގައި ޓްރަމްޕަށް ޖޯކު ޖެހުމުގެ ގޮތުން މިފަދަ ކަންކަން ވަރަށް ގިނައިން ހިނގަމުންދާކަން ފާހަނގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީހާ

    މީސްމީހުންނަށް ޖޯކު ޖަހާހެދުމަކީ މުސްލިމުން ކޮށް އުޅޭ ކަމެއް ނޫން. ކީކޭ ހަރުކަށި ޖަމާއަތުގެ މީހުން ބުނަނީ؟

    • ޑީޑީ ޖޖޖޖ

      ހާދަ ރަނގަޅު ވާހަކައެކޭ.ހަރުކަށިން ބުނާނީ ރަނގަޅޭ.މުސްލިމެއް ނޫނެއްނު

    • މޮޑާރން

      ޔޫރަޕާ އެމެރިކާއިން ތައްޔާރު ކުރާ މޮޑާރން އިސްލާމުން ކޮންމެހެން ނުޖެހޭދޯ ހަރުކަށި ނުވަތަ މަޑުކަށި ފިކުރުގެ މީހުން ދެކޭ ގޮތް ބަލާކށް. ﷲ އާއި ރަސޫލާ ގެ ބަަްފުޅު ބޭނުންގޮތަކށް ނަގާބަޔަކު ދެން އިންސާނުން ތަކެއް ބުނާ ވާހަކައަކާ ކަންބޮޑު ވާކައްނުޖެހޭ. ވަރައް ސަލާމް. އީދު މުބާރިކް ހުރިހާ މުސްލިމުންނައް0