ރާއްޖޭގެ ފުރަތަމަ ފްރެންޗައިޒް ޝޯ މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ސީޒަންގެ ޕިޔާނޯ ރައުންޑްގެ ފުރަތަމަ ޝޯގެ ހުށަހެޅުން ރޭ ފެނިގެންގޮސްފިއެވެ.

ހިތްގައިމު ހުށައެޅުންތަކަކާއެކު ޕިއާނޯ ރައުންޑުގެ ފުރަތަމަ ޝޯ ރޭ ދައްކާފައިވާއިރު، ގަދަ 16 ބައިވެރިންގެ ތެރެއިން ރޭގެ ޝޯގައި ލަވަ ހުށައަޅާދީފައިވަނީ 8 ބައިވެރިންނެވެ. މީގެ ތެރޭގައި ގޯލްޑަން މައިކާއެކު ޕިއާނޯ ރައުންޑަށް ދަތުރުކުރި ރައިޙާން ޢާދަމް ވެސް ހިމެނެއެވެ. މީގެ އިތުރުން ރޭގެ ޝޯގައި ލަވަ ހުށަހަޅާދީފައި ވަނީ ޝާން ޝަރީފް، މަރިޔަމް މައީޝާ، ޢަބްދުﷲ މުނާޒް، ޢަބްދުﷲ މުރުޝިދު، ނިސްފާ މުޞްތަފާ، އަޙްމަދު އިޝާމް އަދި އައިޝަތު އަޒަލް ޢަލީ ޒާހިރެވެ.

ޕިޔާނޯ ރައުންޑްގެ ފުރަތަމަ ޝޯގައި އަށް ބައިވެރިންގެ ހުށަހެޅުން ފެނިގެންދިޔަ ރޭގެ ޝޯވގައި ލަވަ ހުށައަޅައިދިން 8 ބައިވެރިންގެ ތެރެއިން ކުރިއަށް އޮތް ރައުންޑަށް ދަތުރުކުރާ ބައިވެރިން އިޢުލާން ކުރުން އޮންނާނީ މިރޭ ބާއްވާ އެލިމިނޭޝަން ނައިޓުގައެވެ.

ރޭގެ ޝޯވގައި ޕަރފޯމްކުރި 8 ބައިވެރިންގެ ތެރެއިން ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކަށް ވޯޓުލުމަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު މިއަދު ހަވީރު 4 ޖެހުމާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.މި ރޭގެ އެލިމިނޭޝަން ނައިޓާއެކު މިފަހަރުގެ ސީޒަންގެ ގަދަ 12 އިން ޖާގަ ކަށަވަރުކުރާ ފުރަތަމަ 6 ބައިވެރިން ޔަޤީންވެގެންދާއިރު، 2 ބައިވެރިއަކު މި ޝޯއާއި ވަކިވެގެންދާނެއެވެ. ޝޯއިން ވަކިވެގެންދާނީ ޖަޖުންގެ 50 އިންސައްތަ މާކްސް އަދި ބެލުންތެރިންގެ 50 އިންސައްތަ ވޯޓު އެއްކޮށްލުމުން، އެންމެ ދަށުން މާކްސް ލިބޭ ދެ ބައިވެރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހިޔާލު ފޮށި

  ނުޖެހޭ ވޯޓު ލާކަށް

 2. ހެއްވާ

  ކޮން ވޯޓެއްތަ؟ލަވަޔާ މިއުޒިކު ހަރާމްްކަންނޭނގޭ
  ތީތަ ތިޔަގޮވަނީ ތިކަމަށްވޯޓލާން

 3. ހުމުދު

  އެލައިޑުން ތި ޕުރޮގުރާމް ސުޕޮންސަރ ކުރާހާ އިރަކު ތިޕުރޮގުރާމް ނުބަލާނަން ވޯޓެއްވެސް ނުދޭނަން އެލައިޑުން ވަނީ ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ މުވައްޒަފުންނަން ދޯކާދީފަ އެތައް މިލިޔަން ރުފިޔާއެއް ނަގާފަ ހެލްތު އިންސުއަރެންސް ހިދުމަތްނުލިބޭ ރުފިޔާ ނަގާފަ ބޭނުންނުކުރެވޭ ކާޑެއް ދީފައޮތީ އެއްވެސް ކުލިނިކަކުން އެކާޑު ގަބޫލެއް ނުކުރޭ ........

 4. ދިއްދޫ ސޮރު

  މުސްލިމު ބަޔަކު މަރަމުން ދާއިރުވެސް ކަލޭމެން ތިޔައުލެނި ލަވަޔާ މިއުޒިކުގަ ހެޔޮނުވާނެ