އާއިލާގެ ދޮށްޓައް ހުންނަ ކުއްޖާ އަށް ވުރެން ހަގަށް ތިބޭ ކުދިން މަޖާ ވެފައި، މީހުންގެ ތެރޭގައި މަގުބޫލުކަމީ ވަރަށް ގިނަ މީހުންނަށް ފާހަގަވެފައި އޮތް ކަމަކަށް ވެދާނެއެވެ. ބައެއް މީހުން މިކަން ގަބޫލު ނުކުރިނަމަވެސް، ސައިންސް ވެރިން މިވަނީ މިކަން ސާބިތު ކޮށްދީފައެވެ.

އިނގިރޭސި ވިލާތުގެ ސައިންސްވެރިން ކޮށްފައިވާ ދިރާސާ ތަކުން ދައްކާ ގޮތުގައި އާއިލާގައި ތިބޭ ދޮށީ ކުއްޖާ އަށް ވުރެން ދެން ތިބޭ ކުދިން އެހެން މީހުންނާއި މުއާމަލާތް ކުރުމުގައި ފަސޭހަ ގޮތްތަކެއް ގެންގުޅޭ އިރުގައި އެމީހުންގެ މިޖާޒު މަޖާ ވެފައި، ރައްޓެހިންނާއި އާއިލާގެ އެނޫންވެސް މީހުންގެ މެދުގައި މާބޮޑަށް މަގުބޫލެވެ.

ދެ ހާހެއްހައި ކުދިން ހިމަނައިގެން ކުރި މި ދިރާސާ ތަކުން މިގޮތަށް ދެއްކި ނަމަވެސް، ދޮށްޓަށް ހުންނަ ކުއްޖާ ދެން ތިބޭ ކުދިންނަށް ވުރެން މާބޮޑަށް ކާމިޔާބު ވެފައި އަމިއްލަ އަށް އުޅެން އެނގެއެވެ. މިހެން ކަންތައް ދިމާވާން މެދުވެރި ވަނީ ފުރަތަމަ ކުއްޖާ އުފަންވުމުން ބެލެނިވެރިންގެ ސަމާލުކަން އެ ކުއްޖާ އަށް ދިން ނަމަވެސް، އޭގެ ފަހުން އެހެން ކުދިންތަކެއް އުފަންވުމުން އެމީހުންގެ ސަމާލުކަމާއި ލޯބި ބޮޑަށް ލިބެނީ ހަނގަށް ތިބޭ ކުދިންނަށެވެ.

މީގެ ސަބަބުން ދޮށްޓަށް ހުންނަ ކުއްޖާ އަށް އަމިއްލަ އަށް އުޅެން ދަސްވެ، ހަޔާތާއި މެދު ފުންކޮށް ވިސްނާ އިރު، ހަގަށް ތިބޭ ކުދިން ބަލަނީ މައިންބަފައިންގެ ސަމާލުކަން ހޯދައި، އެމީހުންގެ ޙަރަދުގައި ވީހައިވެސް ގިނަ ދުވަހަކު އުޅެވޭތޯއެވެ.

ކިޔުންތެރިންގެ ހިޔާލު