ބައެއް ފިލްމީ ތަރިންނަކީ އެ މީހުންގެ މޫނުމަތިން ފެންނަން ހުންނަ އައިބުތައް ފޮރުވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއެވެ. ކޮސްމެޓިކް ސާޖަރީ ހެދުމާއި، ހަފްލާތަކަށް ދާއިރު ބޮޑެތި މޭކަޕް ކުރުމަކީ އާދައެކެވެ. އާއްމުކޮށް މި ތަރިންތައް މޭކަޕާއި ނުލާ ނުފެންނާނެއެވެ. އެހެންކަމުން މި މީހުން މޭކަޕާ ނުލޭ ހުންނަ ރީތިކަމެއް ނޭގޭނެއެެވެ.

މި ތަރިންތައް ރީތިވުމުގައި އަސްލަކަށް ބޮޑަށްވެފައި ވަނީ ޕްލާސްޓިކް ސާރޖަރީއެވެ. ބައެއް ތަރިންތައް އެ މީހުންގެ މަޝްހޫރުކަން ގެއްލިދާނެތީވެސް ވަރަށް ބޮޑަށް މޭކަޕް ކުރެއެވެ.

މިއީ މިހާރު ބޮޑު މަޝްހޫރުކަމެއް ހޯދަމުން އަންނަ ތަރިން މޭކަޕްކޮށްފައި ހުންނައިރު އާއި މޭކަޕްނުކޮށް ހުންނައިރު ނަގާފައިވާ ފޮޓޯތަކެވެ.

މިއީ އެތައް ބައެއްގެ ހިތްތަކުން ޖާގަ ހޯދަމުން އަންނަ ޕްރިޔަންކާ ޗޯޕްރާ މޭކަޕްގައި ހުންނައިރުގައި އާއި މޭކަޕްނުކޮށް ހުރިއިރު ނަގާފައިވާ ދެ ފޮޓޯއެވެ.

މިއީ ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި، ކަރީނާ ކަޕޫރް މޭކަޕާއެކުވެސް އަދި މޭކަޕާނުލާވެސް ވަަރަށް ރީއްޗެވެ.

 

ސުޝްމީތާ ސެންއަކީ ގިނަ ބަޔަކު ދަންނަ އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި ހަރަކާތްތެރިވަމުން އަންނަ ތަރިއެކެވެ. އޭނާވެސް މޭކަޕާ ނުލާ ރީތި ނޫންކަމަށް ގިނަ ބަޔަކު ބުނެއެވެ.

އައިޝްވާރިއާ ރާއީ އަކީ އެތައް ބައެއްގެ ހިތްތައް ފަތަހަ ކުރަމުން އަންނަ ބޮލީވުޑްގެ ރީތީގެ ރާނީއެކެވެ. އޭނާގެ ރީތިކަމަށް އެތައް ބައެއް ތައުރީފް ކުރާއިރު، މޭކަޕާއި ނުލޭ އައިޝްވާރިއާވެސް ރީތި ނޫންކަމަށް ގިނަ ބަޔަކު ބުނެއެވެ.

އެންމެ ރީތި ތަރިންގެ ތެރޭގައި ކާޖަލް ހިމެނޭނެއެވެ. އެހެން ނަމަވެސް އޭނާ މޭކަޕްއާ ނުލާ ރީތިހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    އިންސާނުންގެ ތެރޭގަ ރީތި މީހުން ވަރަށް މަދު ނެތެކޭ ނޫން، 100 މިލިއަން މީހުންގެ ތެރޭން އެކަކު ނުހުންނާނެއެކޭނޫން...

  2. ލީނާ

    ސްކިން ބްޗްކޮށް ހަށިގަނޑުގެ ގުނަވަންތައް ސާޖަރީކޮށްގެން ތިޔަ މީހުން ތިބެނީ ، އެކަން ޤަބޫލް ކުރިޔާސް ފޭކަސް ހަމަ ރީތި

  3. މަލީ

    ލިޔުން ތެރިޔާ ވަރަށް މޮޔަކަން ފާހަގަ ކުރެވެއެވެ. މޭކަޕް އުފައްދާ ފައިވެސް ހުންނަނީ މީހުންގެ ސޫރަ ރީތިކުރުމަށްޓަކައެވެ. މޭކަޕު ކުރީމަވެސް ރީތިވާނީ ރީތި މީހުންނެވެ. މި އާޓިކަލްގައިވާ ހިންދީ ފިލްމީ ތަރިން ކަރިން ބަލާ އިރު މޭކަޕާ ނުލާ މާރިތިއެވެ. ކެމަރާއިން ނަގާފޮތޯ ލައިތީންގެ ގޮތުން މޭކަޕު ނުކޮށް ހުންނަ އިރު ހަޑިކަމަށް ދައްކާނެވެ. އެއީ ވަރަށ ްގިނަ ހިޔަނި މޫނަށް އެޅިފައި ހުންނާތީއެވެ.

  4. ދަލޭކާ

    ލިޔާނެ އެއްޗެއް ނެތީތަ؟ އެހެންޏާފަހެ މޮޅު އެއްޗެއް ލިޔާނަމޭ ހިތާ ލިޔެފަ ވެސް ލިބުނީ އެންމެ ފޮޓޯގަނޑެއް ދޯ... ލޮލް