ހޮލީވުޑްގެ މަސްހޫރު ތަރި ޓޮމް ކުރޫޒް ވައްޓާލުމަށްފަހު ވިކިޕީޑިޔާގައި އެންމެ ގިނަމީހުން ސާޗްކުރި ލިސްޓްގެ ދެވަނައަށް ބޮލީވުޑްގެ ރަސްގެފާން ކަމަށް ގިނަ މީހުން ގަބޫލްކުރާ ޝާހްރުކް ޚާން އަރައިފިއެވެ.

މި ލިސްޓްގެ އެއްވަނައިގައި ކިމް ކާޑޭސިއަން ހިމެނޭއިރު ޝާހުރުކް ޚާން މި ލިސްޓްގެ ދެވަނައިގައި ފައިތިލަ ހަމަކޮށްފައި މިވަނީ މަސްހޫރު އެތައްތަރިންނެތް ވަައްލުމަށްފަހުގައެވެ. އޭގެ ތެރޭގައި އެންޖެލީނާ ޖޯލީ، ލިޔަނާޑޯ، ޓޮމް ކުރޫޒް އަދި ވިލް ސްމިތް މެން ފަަދަ މަޝްހޫރު ހޮލީވުޑްގެ އެތައް ތަރިން ހިމެނެއެވެ.

ޝާހްރުކް ޚާން އަކީ އިންޑިޔާގެ އިތުރުން އޭނާ އަށް ސަޕޯޓްކުރާ އެތައް ބަޔަކު ދުނިޔޭގެ ކަންކޮޅުތަކުގައި ގިނަ އަދަދަކަށް ހުރި މޮޅު ފަންނާނެކެއެވެ. އޭނާގެ ފިލްމްތަކަކީ ގިނަ ފަހަރަށް ބޮކްސް އޮފީހުގެ ޗާޓުގެ އެއްވަނައިގައި ގިނަ ދުވަހު ހިފަހައްޓާލާ ކާމިޔާބު ފިލްމުތަކެކެވެ.

ޝާހްރުކް ޚާން މިހާރު މަސައްކަތް ކުރަމުން ގެންދަނީ އޭނާގެ ފިލްމް "ޒީރޯ" ގެ މަސައްކަތެވެ. އެ ފިލްމްގައި އޭނާ ފެންނާނީ ހެދިބޮޑުވުމުގައި މައްސަލަތަކެއް ދިމާވެފައިވާ މީހެއްގެ ގޮތުގައެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ފިލްމްގައި ގިނަ ސްޕެސިއަލް އިފެކްޓްސްތަކެއް ހިމެނޭނެއެވެ. މި ފިލްމަކީ މިހާތަނަށް ބޮލީވުޑްގައި އުފައްދާ އެންމެ ޚަރަދު ބޮޑު ފިލްމަށް ވާނެކަމަށްވެސް ރިޕޯޓްތަށް ބުނެއެވެ.

މި ފިލްމް ޕްރޮޑިއުސް ކޮށްފައިވަނީ ޝާހުރުކް ޚާންގެ ރެޑް ޗިލީސް އެންޓަޓެއިންމެންޓާއި އަނާންދް ރައިގެ ކަލާ ޔެލޯ ޕްރަޑަކްޝަންސް ގުޅިގެންނެވެ. މި ފިލްމްގައި ޝާހްރުކް ޚާންގެ އިތުރުން ކެތުރީނާ ކައިފް އާއި އަނުސްކާ ޝަރުމާ ހަރަކާތްތެރިވާނެއެވެ. އަދި ހާއްސަ ފެނިލުމަކުން ލަވައެއްގެ ތެރެއިން ސަލްމާން ޚާން ފެނިގެންދާނެކަމަށް ރިޕޯޓްތައް ބުނެއެވެ. މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 21 ޑިސެމްބަރ 2018ގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފިލި

    އިންޑިއާ ގައި އެއް ބިލިއަނަށްވުރެ ގިނަ މީހުން އުޅެއެވެ. ފިލްމީ ތަރިންނަށް ކަލާގެ ދަރަޖަ ދެއެވެ. ވީމާ ތިއީ ވަރަށް އާދައިގެކަމެކެވެ.

  2. އެއްކަލަ ކަހަލަ

    އިންޑިއާގަ އެކަނިވެސް އުޅޭ ބިލިއަނުން މީހުން. ހހަހަ.