އަނބިމީހާ މަރާލި ކަމުގެ ކުށުގައި އެމެރިކާގެ ބެޓްފޯޑްގެ މަޝްހޫރު ލިޔުންތެރިއެއް ކަމަށްވާ އިވާން ސްޓެވާޑް އޭނާގެ ފުރަތަމަ އަނބިމީހާ މަރާލިކަމުގެ ކުށުގައި ހައްޔަރުކޮށްފިއެވެ.

2010 ވަނަ އަހަރު އޭނާ ފުރަތަމަ އިން މީހާ މަރާލި ކަމުގެ ކުށުގެ ދަޢުވާ އެއަހަރު އިވާންގެ މައްޗަށް އުފުލުނު ކަމުގައިވީނަމަވެސް މައްސަލައިގައި ބައެއް ކަންކަން ތަޙްޤީޤަށް ސާފުވެފައިނުވާތީ މިމައްސަލަ ދިގުލައިގެން ދިޔައެވެ. ގިނަ ކުޑަކުދިންގެ ފޮތްތަކެއް ލިޔެ ޝާއިރުކޮށްފައިވާ އިވާން، 47 އަހަރުގެ އޭނާގެ އަނބިމީޙާ މަރާ މަރާލާފައި އޮއްވާ ފެނިފައިވަނީ އެވަގުތު އެދެމީހުން ދިރިއުޅެމުން ދިޔަ ގޭތެރެއިންނެވެ.

މިމައްސަލައިގައި މައްސަލައަށް ބޭނުންވާ ވަރަށް ހެކި ނެތުމުގެ ސަބަބުން އިވާން 2010 ވަނަ ހައްޔަރު ކުރުމަށްފަހުވަނީ ކޯޓް އަމުރެއްގެ ދަށުން ދޫކޮށް ލާފައެވެ. ނަމަވެސް އީވާންއަށް މި މައްސަލައިގައި މިދިޔަ ބުދަ ދުވަހުވަނީ ހުކުމް އިއްވާފައެވެ.

އިނގެރޭސި ވިލާތުގެ ކޯޓުން ކުރި ޙުކުމްގައި ބުނެފައިވަނީ އޭނާގެ އަނބިމީހާ ގަސްދުގައި މަރާލު ކަމުގެ ކުށުގައި 34 އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށެވެ.

ފުލުހުންގެ އެންމެ ފަހުގެ ތަޙްޤީޤަށް ހާމަވެފައިވާ ގޮތުގަިއ، މިހާރު މުރުން 57 އަހަރުގެ އިވާން އޭނާގެ އަނބިމީހާ މަރާލާފައިވަނީ ޒަހަރު ދީގެން ކަމަށާއި މަރުވުމުގެ ކުރިން އެތައް ފަހަރު ޒަހަރު ދީފައިވާ ކަމަށް ތަޙްޤީޤަށް ހާމަވާ ކަމަށެވެ.

އިވާންގެ މައްޗަށް މިޙުކުމް ކުރިނަމަވެސް އިވާން ތަކުރާރުކޮށް ބުނަމުން ދިޔައީ، އެއީ އޭނާ ފްރޭމް ކުރުމަށް ބަޔަކު ރާވާ ހިންގާފައިވާ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސުމަގުލް

    އަފްރާސީމް މަރާލި މީހާ ހުރީ އަދިވެސް ސަލާމަތުން

  2. ީއިބޫ

    ޢެއީކާކު އެވަކިމީހަކު ބުނަންވީއެއްނު ތިހާވަރަ އެގެޏާ

  3. އާނަންދު

    ( އިބޫ) ކަލޭ...