މޭދަށުން ދިލަ ނެގުމަކީ ނުވަތަ އެސިޑް ރިފްލަކް އަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ މައްސަލައެކެވެ. ގިނަ މީހުން ގަބޫލުކުރާ ގޮތުގައި އެ މައްސަލަ ކުރިމަތިވަނީ ކުޅި އަދި ހަވާދުލީ ކާނާ ބޭނުން ކުރުމުގެ ސަބަބުންނެވެ. އަދި ގިނަ މީހުން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައެއް ނުދެއެވެ. ނަމަވެސް ސައިންސްވެރިން ވަނީ މިކަމަކީ ފުރާނައަށް ނުރައްކާ ކުރުވަފާނެ ކަމެއް ކަމަށް ބުނެފައެވެ.

އެސިޑް ރިފްލަކް އަކީ ދުނިޔޭގެ އެތަށް ބަޔަކަށް އާންމުގޮތެއްގައި ކުރިމަތިވާ ކަމަކަށްވާއިރު މިކަމުގެ ސަބަބުން ސީރިއަސް ބަލިތަކަށް މަގުފަހުވާ ކަމުގައި ސައިންސްވެރިން ބުނެއެވެ. އެގޮތުން އެސިޑް ރިޕްލަކްގެ ސަބަބުން އެޗް.ޕިލޯރީ ނަމަކަށް ކިޔާ ޖަރާސީމެއް ހަށިގަނޑުގައި އުފެދޭ ކަމަށް ސައިސްވެރިން ބުނެއެވެ. އަދި އެޗް.ޕިލޯރީ އަކީ ކެންސަރަށް މަގުފަހިކުރުވާ ޖަރާސީމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅައިފައިވާ ޖަރާސީމެއްވެސް މެއެވެ.

އެސިޑް ރިޕްލަކް އަކީ ފަރުވާ ނުކޮށް ގިނަ ދުވަސް ވަނީ ނަމަ ވާހަކަ ދެއްކުމުގެ މައްސަލަތަށްވެސް ކުރިމަތި ކުރުވާ ކަމެކެވެ. ނަމަވެސް އެ ޕްރޮސަން އަކީ ވަރަށް ގިނަ ދުވަހުން ވާ ޕްރޮސެލްއެއް ކަމަށް ސައިންސްވެރިން ބުނެއެވެ.

މޭ އަންދަނީނަމަ ނުވަތަ މޭދަށުން ދިލަ ނަގާނަމަ ރޯކިރު ބުއިމަކީ އެކަމަށް ވަގުތީ ހައްލެއް ތިބޭ ކަމެކެވެ. އަދި ކިރު ނޫނަސް ކެލްސިއަމް ލިބޭ ބުއިންތަށް ބުއިމުން ވަގުތީ ގޮތުން އެކަން ރަނގަޅުވެއެވެ. ނަމަވެސް މޭއަންދަނީ ނަމަ އެކަމަކީ ކުޑަ ކަމެއް ކަމުގައި ދެކިގެން ނުވާނެއެވެ. އަދި ވީހާވެސް އަވަހަށް ސިއްހީ މާހިރެއްގެ ލަފާ ހޯދަން ވާނެއެވެ. އެހެނީ އެކަމަކީ ފުރާނައަށް ނުރައްކާވާ ފަދަ ބަލިތަކަށްވެސް މަގުފަހި ކުރުވާ ސަބަބަކަށް ވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަ

    ތޭންކްސް

  2. ޒާރާ

    ޑޮކްޓަރަށް ހަމަ ދައްކާ އިރަށް ބޭސްތަކެއް ބޮލަށް ޖަހާފަ ބުނާނެ މި ކައިގެން ހުންނާށޭ.. ކިތަންމެ ފަހަރަކު ވެސް ދައްކާފަ ހުރީ،، ހަމަ ބުނާނެ ތީ އެއްވެސް ކަމެއް ނޫނޭ.. ޑައިޖިން ފުޅިއަކާ ޕެނަޑިން ކާޑަކާ ދީފަ ގެއަށް ފޮނުވާލާނެ... ތި ބުނާ ސިއްހީ މާހިރުންނަކީ ހަބަރު ފަތުރާ މީހުން އެކަނި.. ބޯހަކަލާކު