ދުނިޔޭގެ އެކި ހިސާބުތަކުގައި ސްކޫލަށް ދެވޭނެ ތަނަވަސްކަން ނެތް ކުދިން އުޅެއެވެ. އުޅެން ޖެހޭ ދަތި ހާލުގެ ސަބަބުންނާއި އާއިލީ ބައެއް ކަންކަމުގެ ސަބަބުން ކިޔެވުމަށް ވަގުތު ނުދެވޭ ކުދިންވެސް އުޅެއެވެ. އަދި ސަރުކާރުން ގިނަ ހަރަދުތަށްކޮށްގެން ކުދިންނަށް ކިޔަވާދޭ ސްކޫލުތަށްވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަހުށްޓެވެ. މިކަމުގެ ސަބަބުން ޅައުމުރުގައި ކުދިން މަސައްކަތުގެ މާހައުލަށް ލޯހުލުވުމަށް މެދުވެރިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

އެގޮތުން ދާދި ފަހުން މީސް މީޑިއާގެ ފްލެޓްފޯމްތަކުގައި ވަނީ އެފަދަ ކުއްޖެއްގެ ވީޑިއޯ އާންމުވެފައެވެ. މަސައްކަތުގެ ސަބަބުން ކޮންމެ ދުވަހަކު ގަޑި ޖެހިގެން ކްލާހަށް އަންނަ ކުއްޖާގެ ވީޑިއޯއަށް އެތަށް ބައެއްގެ ސަމާލުކަންލިބިފައިވާއިރު އެ ވީޑިއޯ ބެލި އެތަށް ބައެއް ވަނީ ފެންކަޅިކޮށްލާފައެވެ.

ފޭސްބުކް ޕޭޖެއް ކަމަށްވާ އެންޓަޓައިނަމެންޓް ބާބާ އިން ލާފައިވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި ކޮންމެ ދުވަހަކު ކުއްޖާ ގަޑި ޖެހިގެން ކްލާހަށް އައުމުން ޓީޗަރު އެ ކުއްޖާއަށް ދަޑިބުރިއެއް ބޭނުންކޮށްގެން އަދަބު ދެއެވެ. އަދި އެ ގޮތަށް ހަތަރު ދުވަހު ކުއްޖާ ގަޑި ޖެހިގެން އައުމުން އަދަބު ދީފައިވެއެވެ.

ފަސްވަނަ ދުވަހު ކުއްޖާ ކުލާހަށް އައި އިރު އަދަބު ދިނުމުގެ ބަދަލުގައި ޓީޗަރު އިސްކުރީ އޯގާތެރި ކަމެވެ. ފެންކަޅިވެފައިވާ ލޮލަކާއި އެކު ކުއްޖާގެ ގައިގައި އޮޅުލައިގަތެވެ.

ކުއްޖާއަށް އަދަބު ނުލިބި ސަލާމަތްވީ ކުއްޖާ ކޮންމެ ދުވަހަކު ގަޑި ޖެހިގެން އަންނަ ސަބަބު ހަމަ ލޮލުން ޓީޗަރަށް ފެނުމުންނެވެ. އެގޮތުން އަވަށްޓެރި ގޭގެއަށް ދުވަހުގެ ނޫސްކަރުދާސް ޑެލިވާ ކުރުމުގައި އެ ކުއްޖާ ހަރަކާތްތެރިވާ މަންޒަރު ޓީޗަރަށް ވަނީ ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ުުިޮސޮނިފުހެަ

    ސަލި

  2. ސުމެއް

    ވަރަަށް ކުރީގެ ވީޑިއޯއެއް.. އަސްލެއްވެސް ނޫން އަސްލެއްގެ މައްޗަށް ކުޅެފަޔޯ ކިޔާ.. ތިދެން ހަބަރެއް ހަދަން ހަމަ ސުމެއް

  3. އަސްދު

    ރަ ވީޑިއޯއެް އުޅޭތާ ފަސް އަހަރު