ރާއްޖޭގައި އުފެދުނު އެންމެ މޮޅު، އެންމެ ދިވެހިވަންތަ ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ މޭނާ ހައްސާނު ލަވަ ކިޔުން ހުއްޓާލާ މިއުޒިކާއި ދުރަށް ދިޔަ ޚަބަރުތަކާއި އޭނާ އަލުން ލަވަކިޔަން ފަށާ މިއުޒިކްގެ ތެރެއަށް އެނބުރި އައި ޚަބަރުތައް ލިޔެވުނު އަދަދެއް ވެސް މިހާރު މިވަނީ ބަލަން ޖެހިފައެވެ.

މިއަހަރު ފެށުމަށްޓަކައި ބޭއްވި ބޮޑު ޝޯވ އަކުން މިއުޒިކްގެ ތެރެއަށް އަނެއްކާވެސް އެނބުރި އައި މޭނާ ހައްސާން އެޝޯވ އަށް ފަހު ބުނީ ޝޯވގައި ލަވަ ކިޔާ ނިންމާފައި ފޭބިތަކުން ވާގި ނެތުނީ ކަމަށާއި ދެން އޭނާ އަނެއްކާވެސް މިއުޒިކާއި ދުރަށް ދާން މަސައްކަތް ކުރާނެ ކަމަށެވެ.

ނަމަވެސް އެވާހަކަ ވެސް މިވީ ކަނޑުގައި އަޅާލި ރޮނގަކަށެވެ. މޭނާ ހައްސާން މިވަނީ އަނެއްކާވެސް މިއުޒިކްގެ ތެރެއަށް އައިސް ރޭ މިއުޒިކް ޝޯވ އެއް ދީފައެވެ. ރޭ ހިންނަވަރުގައި އޮތް ޝޯވ ގައި މޭނާ ހައްސާން ވަނީ ލަވަ ކިޔާފައެވެ.

މޭނާ ހައްސާން 2000 ވަނަ އަހަރުގެ ކުރީކޮޅު ވެސް ލަވަ ކިޔުން ހުއްޓާލިއެވެ. 2014 ވަނަ އަހަރު ރާޅުގަނޑުގައި ބޭއްވި ޝޯވ އަކަށް ފަހު ވެސް އޭނާ ލަވަކިޔުން ހުއްޓާލިއެވެ. ނަމަވެސް މިއަހަރު ފެށުން ފާހަގަ ކުރަން އަނެއްކާވެސް ޝޯވ އެއް ދިނެވެ. އަދި އެއަށް ފަހު އަނެއްކާވެސް ލަވަ ކިޔުން ހުއްޓާލިއެވެ.

މިއަހަރު ފެށުން ފާހަގަ ކުރުމަށް ޝޯވ އެއް ދިނުމަށް ފަހު މޭނާ ހައްސާން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނީ އަލުން މިއުޒިކްގެ ތެރެއަށް އައުމަކީ ކުރެވުނު ވަރަށް ގޯސް ކަމެއް ކަމަށެވެ. ނަމަވެސް ދެން ލަވަ ނުކިޔާނެ ކަމަށް ނުބުނާނެ ކަމުގައި އޭރު މޭނާ ހައްސާން ބުންޏެވެ.

ރޭ ހިންނަވަރުގައި ދިން ޝޯވ އަށް ފަހު އަދި މޭނާ ހައްސާން ލަވަކިޔުން ހުއްޓާލި ކަމެއް އިއުލާން ކޮށްފައެއް ނުވެއެވެ.

މޭނާ ހައްސާން އަކީ "މިލަ މިލަ ހަނދުވަރު" އާއި "ވެހޭ ވާރޭ ތެރެއިން" އަދި "ކަނބިއްޔާ ކަނބިއްޔަށޭ މަ މި ގޮވަނީ" ފަދަ ކްލެސިކް ލަވަތަކެއް ގެނެސްދީފައިވާ މަގުބޫލު ލަވަކިޔުންތެރިއެކެވެ. އަދިވެސް އޭނާގެ މަގުބޫލްކަން ވަރަށް ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. ޙހ

  ތިބާއަށް ހެޔޮ ވިސްނުން ދެއްވާށި .. އާމީން..

  • މީ

   އާމީން

 2. ކިމް

  މޭނާ ހައްސާން ކުށްވެރިކުރަން ނޫޅޭ، އަހަރުމެންގެ އަމިއްލަ ހާލު ދިރާސާ ކުރޭ. އަހަރުމެންތެރެއިންވެސް ކިތައްމީހުން އަބަދު ފާފަކޮށްފަ ތައުބާވެފަ ފާފަކޮށްފަ ތައުބާވެފަ އުޅެނީ

 3. ައަހްމަދު

  ޔާ ރައްބު.މޭނާ ހައްސާން އަށް ހެޔޮވިސްނުން ދެއްވާ ތެދުމަގު ދައްކަވާންދޭވެ.

 4. އިބޫ ހުޅުމާލެ

  މީނަގެބަސް އަޑުއަހާ މީހުން މޮޔައީ...މީ ހަމަ ފައްކާ މުނާފިގެއް...

  • މުނޭ

   ތިހެނ

 5. ތެޔޯ

  ތެޔޯ ހަމަ މަރަކޮހެއް....

 6. ޚަވާރިޖު

  ޢަދާލަތުޕާޓީ ޑިމޮކްރަސީގެ މުންކަރާތުގެ ބޭނުންކުރަނީ އެކަން އިސްލާމްކޮށްގެން. އެހެންވީމާ ޙައްސާނު ވެސް ވެދާނެންނު ލަވަކިޔުން އިސްލާމްކޮށްލީކަމަށް!!

 7. ޙިޔަނި

  މިދުނިޔެ މަތީގަ ބޭނުން ގޮތަކަ އުޅެވިދާނެ އެކަމް މާދަމާ..............!

 8. އިއްބެ

  ވަރަށް އުފާވެރި ހަބަރެއް ކީޕް ރޮކް

 9. Anonymous

  މޭނާ ހައްސާނު އާއަހަރު ޝޯ އަށް ފަހު ލަވަކިޔުން ހުއްޓާލާފަ ލަވަ ކިޔަން ފެއްޓީ ހިންނަވަރުގަ ބޭއްވި ޝޯ އަކުން ނޫން އޭނާގެ އުފަން ރަށުގެ ޔޫތު ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގަ ލަވަ ކިޔަން ފައްޓާފި ހާދަ އަޕްޑޭޓު ނުވެޔޭ ދޯ!!!!!!!!

 10. ބިދޭސީ މީހާ

  މީ ކޮންކަހަލަ ބޮލު ގަމާރެއް. ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

 11. ހުސޭނުބޭ

  އަނެއްކާވެސް ވާގިނެތުނީމަ ދުވެފައި ގޮސް މިސްކިތަށް އަރާނެ!

 12. ވާނުވާ

  ހާދަ ފާސިގު ވީމައޭ 3 ހަތަރު ފަހަރު ތި ޝައިތާނީމަގު ހިޔާރުކުރާނީ. ހެޔޮ ވިސްނުން ދެއްވާށި

  • މޯލްޑިވިޔަން

   ކޮންކަހަލަ ގަމާރު ބައެއް މީ.ލަވަ ކިޔުމަކީ މާ ބޮޑު ކަމަކަށް ހަދައިގެން މި އުޅެނީ.ކިޔަން ޖެހެނީ މަދަހަ އެކަނޏޯލަ

 13. 3ނިރު

  އެންމެފަހުން ޝޯވދީފަ ބުނީ ޝޯނިންމާފަ ފޭބި ތަނުން އެއްފަޅިވާގިދާ ގޮތްވީ ވާހަކަ މިހާރު އަނެއްކާ ފަށައިގަތީ ތިޢުމުރަށް ދިޔައިމަ ތިޔަ ފާޑުގެ ސަކަރާތް ނުޖެހިއްޔާ ރަގަނޅުވާނީ

 14. ކުޑަބެ އަހުމަދު

  އެމްޑީޕީ މީހެއްވިއްޔާ އަބަދުވެސް ހުންނާނީ ބަދަލުވެ ބަދަލުވެ އެގޮތުން މީނަޔައްވެސް މިހެން މިވީ މީނަޔަށް ތެދުމަގު ދެއްކެވުންއެދި ﷲ ގެ ހަޒުރަތުގައި ދުޢާ ދަންނަވަން .

 15. ކައްބެ

  މީމޫނުބުރުގާ އަޅާ އެބަލާ މީހެއް. ބޮޑު މަޖާގަނޑެއް.

 16. ނަސޭހަތެއް

  ވަގުތު ނޫހުގެ އާދަމް ނަވާޒް ވިސްނާލަބަލަ އަމިއްލަޔަށް ކަލޭ ކޮންމެ ދުވަހަކު ފިތުނައިގެ ކިތައް ލިޔުން ލިޔެވުނުތޯ.. މީހަކު ގަތުލު ކުރުމަށްވުރެ ފިތުނައިގެ ނުބައިކަން ބޮޑުކަން ނަވާޒަށް އެނގޭބާ؟ މި ކޮމެންޓު ނުޖެހިޔަސް މި ކިޔާލިޔަސް އޯކޭ.. ޔާމީނު ރުއްސަން އެހެން މީހުނޭ ކިޔައިގެން (އެމްޑީޕީ ނޫނީ އެނޫން ވިޔަސް) ހަބަރުގެ މާނަ އޮޅޭ ގޮތަށް ކޮންމެ ދުވަހަކު ކިތައް ފިތުނައިގެ ލިޔުން ލިޔެވޭތޯ އަމިއްލައަށް ވިސްނާލާ.. މިއަދު ލާރި ހޯދަން ތިހެން ބޭނުން އެއްޗެއް ލިޔަންވީ ހަމަ..

  • މި

   ރަނގަޅު ނަސޭހަތެއް

 17. މާކުންބެ

  މުނާފިގުންނަކީ އަލައް އުފަންވެގެން އުޅޭ ބައެއް ނޫން.މުނާފިގުންނަކީ ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމްގެ ފަހަތްޕުޅުގައި ފުރަތަމަ ސަފުގައި ނަމާދުވެސް ކުރިބައެއް.ތިއީ ހައިރާން ވާންޖެހޭ ވރުގެ ކމެއް ނޫން