ހަރުފައަކީ ވިހަގަދަ އެއްޗެއް ކަމަށް ދުނިޔޭގެ ހުރިހާ ސައިންސްވެރިންނާއި ޑޮކްޓަރުން އިއްތިފާގުވެއެވެ. ހަރުފައިގެ ވިހަ ބައެއް ކަހަލަގެ ބޭސްވެރިކަމަށް ބޭނުންކުރަމުން އަންނަ އިރު ހަރުފަ ފާހަގަވެފައި އޮންނަނީ ނުރައްކާތެރި އެއްޗެއްގެ ގޮތުގައެވެ.

ހަރުފައެއް ފެނުމުން ގިނަ މީހުން ބިރުގަތަސް އިންޑިއާގެ ގަތަމްޕޫރަށް ނިސްބަތްވާ އުމުރުން 8 އަހަރުގެ ކާޖޮލް އަދި ހަރުފަތަކެއް ބެސްޓް ފްރެންޑުންގެ ގޮތުގައި ގެންގުޅެމުން އަންނަ ކުއްޖެކެވެ.

އެގޮތުން ކާޖޮލް އޭނާގެ ބެސްޓް ފްރެންޑުންގެ ގޮތުގައި 6 ކިންގް ކޯބްރާ ( ހަރުފަ ތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ވައްތަރު) ގެ ހަރުފަ ގެންގުޅެއެވެ.

ކާޖޮލް ބުނާ ގޮތުން ކޮންމެ ދުވަހަކު ހޭލައިގެން ހެނދުނުގެ ނާސްތާ ކުރުމަށް ފަހު ހަރުފަތަކަށް ކާންދީ ހަރުފަތަކާއި އެކުގައި ކުޅެ ހަދާކަމަށެވެ. އަދި ހަރުފަތަކާއި އެކު ކުޅޭއިރު އެއްވެސް ޖެހިލުމެއް ނުވާ ކަމަށް ކާޖޮލް ބުނެފައިވެއެވެ.

އަދި އުމުރުން އެންމެ 3 އަހަރުގައި އޭނާ ސްކޫލަށް ދިޔުން ހުއްޓާލާފައިވާ ކަމަށާއި ސްކޫލަށް ދިޔުން ހުއްޓާލީ އިންސާނުންދެކެ ވާ ލޯތްބަށް ވުރެއް ހަރުފަތަށް ދެކެ ވާ ލޯބި ބޮޑުވުމުން ކަމުގައި ކާޖޮލް ބުނެއެވެ.

ކާޖޮލްގެ މަންމަ އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިޔުއެއްގައި ބުނީ ކާޖޮލް ހަރުފަތަކާއި އެކުގައި ވަގުތު ހޭދަކުރުމަކީ އެއްގޮތަކަށްވެސް އޭނާ އެދޭ ކަމެއް ނޫން ކަމަށެވެ. އަދި ބައެއް ފަހަރު ހަރުފަތަކުގެ ސަބަބުން ކާޖޮލްއަށް ހަމަލާ ލިބިފައިވާ ކަމަށާއި ނަމަވެސް ހަރުފަތަކާއި ދުރުގައި އުޅުމުގެ ވިސްނުމެއް ކާޖޮލް ނުގެންގުޅޭ ކަމަށެވެ. އަދި ހަރުފަތަކާއި ދުރުގައި އުޅުމަށް އެތަށް ފަހަރަކު ނަސޭހަތްތެރިވެފައިވާނެ ކަމުގައިވެސް ކާޖޮލްގެ މަންމަ ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަދޫރާ

    އަހަރެންވެސް ދަންނަން ވަރަށް ގިނަ ހަރުފަ. ޢެކަމު އެއީ އިންސާނުންގެ ސިފާގައި އުޅޭ ހަރުފަ. ދޭ ކޯލް ދެމްސެލްވްސް، ފްރެންޑްސް...

  2. ނަންްްްްް

    މުސްލިމު ކުދިންނަކަށް ނުކެރޭނެ ހަރުފަ ޖަނަވާރު ފަދަ ތަކެއްޗާ ކުޅޭކަށް.