މީއީ މީގެ އަހަރުތަކެއް ކުރީގެ ވާހަކައެކެވެ. މި ވާހަކަ އަލުން ދައްކާލަމާ ހިނގާށެވެ.

ސައުދީއަށް ނިސްބަތްވާ ލޯފަން މީހަކު ފަސް އިރު ފަސް ނަމާދު ކުރުމަށް މިސްކިތަށް ދާން މަގު ދައްކައިދިނުމަށް އާއިލާއިން މިސްކިތާއި، މަގާއި ދޭތެރޭ ވަރުގަދަ ވަލެއް ބަނެވެ. އެ މީހާ މިސްކިތަށް ދަނީ އެ ވަލުގައި ހިފައިގެންނެވެ. ބަޔަކަށް އުނދަގޫ ކުރާކަމަށް އޭނާ ބޭނުންނުވާތީ އޭނާ އެކަން ކުރަނީ އަމިއްލައަށެވެ. އޭނާ އެގޮތަށް ކޮންމެ ދުވަހަކުވެސް ފަސްއިރު ފަސް ނަމާދު ކުރުމަށް މިސްކިތަށްދާތާ އެތައް ދުވަސް ވެދާނެއެވެ.

އެ މީހާ އެގޮތަށް މިސްކިތަށް ގޮސް މިސްކިތުން އައިސް ހަދާ މަންޒަރު ފެންނަ ވީީޑިއޯތައް ވަރަށް ބޮޑަށް މީސް މީޑިއާގައި ދައުރުވިއެވެ. އެހެންވެ ސައުދީ އޯގަނަޒޭޝަންއަކުން މި ވަނީ އެ މީހާއަށް އެހެން މީހުންނެކޭ އެއްފަދައިން ފަސޭހައިން މަގުމަތީގައި ހިނގޭނެ މަގު ތަނަވަސްކޮށްދީފައެވެ.

އެމީހުން ނިންމީ ލޯފަން މީހުންނަށް މިސްކިތަށް ދެވޭނެ ގޮތް ހެދުމަށް ހާއްސަ މަގެއް ހެދުމަށެވެ. އެ މަގުގައި ހަދާފައިވާ ލޯފަން މީހުންނަށް ހިނގަން އިނގޭނެ އެ އެއްޗަކީ"ޓެކްސްޓާޑް ޕެތް" ނަމަކަށް ކިޔާ އެއްޗެކެވެ. އެ އޮންނާނީ ބިންމަތީގައި އަޅާފައެވެ. އޭގެ މަތިން ލާފައި ލޯފަން މީހުންނަށް ފަސޭހައިން ހިނގޭނެއެވެ.

މިއީ އާއްމުންގެ އެހީތެރިކަމާއި ނުލާ ލޯފަން މީހުންނަށް ހިނގޭނެ މަގެކެވެ. އެ މީހުންނަށް އެ މަގުތަކުން ހިނގުން ރައްކާތެރިކަމަށް ވެއެވެެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީ

    އަލްހަމްދުﷲ