އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމަޕް އަށް މިއީ އުނދަގޫ ދުވަސްކޮޅެކެވެ. އެޤައުމުގެ ރައީސްކަމުގައި، އޭނާގެ ކުރިމަގާ ބެހޭގޮތުން އެތައް ބަޔަކު ވާހަކަ ދައްކަމުންދާ ދަނޑިވަޅެކެވެ. އޭނާގެ ރިޔާސީ ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވި ބައެއް ފަރާތްތަކަށްވަނީ، ބޮޑެތި ޙުކުމްތަކެއް ކޯޓުން ކޮށްފައެވެ. މިކަންކަމުގެ ސަބަބުން، ޓްރަމްޕް އަށް ދަތިވާނެކަން، ޚުދު އޭނާވެސް ޤަބޫލު ކުރެއެވެ.

މި ދަނޑިވަޅުގައި ހިނގަމުންދާ ކަންތައްތައް، ބައެއް ފަރާތްތަކުން ސިފަކުރަމުންދަނީ ކުޑަ ކުޑަ އޮޑިއެއްގައި، މާ ސިންގާ ކަނޑެއްގައި ފަލި ޖަހަމުން ދިއުންފަދަ ކަމެއްގެ ގޮތުގައެވެ. ނުވަތަ، އެފަދަ އެހެންވެސް ދަތި އުނދަގޫ ދަތުރެއް ކުރަމުންދާ ގޮތުގައެވެ.

ހަމައެހެންމެ، އެހެން ބައެއް ފަރާތްތަކުންވެސް މިކަން ސިފަ ކުރަމުންދަނީ މިފަދަ އެކި ގޮތްގޮތަށެވެ. އެގޮތުން، ބޮޑު ފެންގަނޑެއްގެ ތެރެއަށް ޓްރަމްޕް ގެނބިގެންދާ ގޮތަށްވެސް، ބައެއް ފަރާތްތަކުން މި ޙާލަތު ދަނީ ސިފަކުރަމުންނެވެ. މިކަން ދޭހަވާފަދަ ކުރެހުންތަކެއްވެސް ބައެއް ފަރާތްތަކުން ކުރަހާފައިވެއެވެ.

އެގޮތުން، ދުނިޔޭގެ މަޝްހޫރު "ޓައިމް" މަޖައްލާގެ ބަނޑޭރިގަނޑުގައި ޖެހުމަށްޓަކައި، މިކަން ސިފަވާ ކުރެހުންތަކެއް ކުރަހާފައިވެއެވެ. ކުރަހާފައިވާ ކުރެހުންތަކުން ފެންނަނީ، އެމެރިކާގެ ރައީސްގެ ރިޔާސީ ގަނޑުވަރުގައި ހުންނަ ރައީސްގެ ރަސްމީ އޮފީސް، އޯވަލް އޮފީހުގައި ހެދިފައިވާ ފެންގަނޑެއްގެ ތެރެއަށް ޓްރަމްޕް ގެނބިގެންދާ މަންޒަރެވެ.

މިހާރު ހިނގަމުންދާ ކަންތައްތަކާ ބެހޭގޮތުން މަޝްހޫރު "ފޮކްސް" ގައޮ ވާހަކަ ދައްކަމުން ޓްރަމްޕް ބުނެފައިވަނީ، އޭނާ މަޤާމުން އަޒަލު ކޮށްފިކަމުގައިވާނަމަ، އެޤައުމުގެ އިޤުތިޞާދު އިނދަޖެހޭނެކަމުގައެވެ. ހަމައެހެންމެ، އެމެރިކާ ރައްޔިތުން ފަޤީރުވާނޭކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން، ކެމްޕޭނުގެ ތެރޭގައި ހިންގާފައިވާ ފަސާދައާއި ޣައިރު ޤާނޫނީ ކަންކަން އޭނާއަށް ނޭނގޭކަމަށްވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަން

    މިހާތަނަށް ހަމަ އަންނިގެ މިސާލު ސިޔާސީ ގޮތުން...

  2. ރައްޔިތުމީހާ

    ަނކިބޫަވެރިކަމަށްްއަތު ވެއްޖެ ނަމަ ކަންކަން ހިނގާނެ މިސާލު

  3. ޑިމޮކްރަޓިސްޓް

    ތިަޔަކަގަލަ ޖާހިލު ޝައިތާނެއް ކެނެރީގޭ ނަޝީދަކީވެސް..

  4. ސިއްތި

    ޓުރަމޕު ބަންޤި ގޮއްވަނީތަ؟

  5. ވަގުކަލޭގެ

    ޔާމީނުވެސް ގޮވަނީ ތިހެން.. އޭނަ ނެތިއްޔަކާ ޤައުމެއްވެސް ނޯންނާނެއޭ..