މިއީ އިންޑިއާގެ ކެރެލާގައި ހުންނަ ކުޑަކުޑަ ރެސްޓޯރެންޓެކެވެ. އެތަނުން ކާން ބޭނުންވާ ކޮންމެ މީހަކު ބަނޑުފުރެންދެން ކާންވީއެވެ. ހެނދުނު ނާސްތާ، މެންދުރު ކެއުން އަދި ރޭގަނޑު ކެވޭނެެއެވެ. ހިލޭވެސް ކެވޭނެއެވެ.

ވަރަށް ފަހުން ހުޅުވި މި ރެސްޓޯރެންޓަކީ މިފަދަ އެންމެ ފުރަތަމަ ރެސްޓޯރެންޓްކަމަށް ވެއެވެ. މި ރެސްޓޯރެންޓްގެ ނަމަކީ "ދަ ޕީޕަލް ރެސްޓޯރެންޓް"އެވެ.

މި ރެސްޓޯރެންޓުން ހުރިހާ ގަޑިއެއްގައިވެސް ކެއުން ލިބޭއިރު، ބިލް އަންނާނީ އެ މީހަކު ބޭނުންވަރަކަށް ފައިސާ ދައްކާ ގޮތަށެވެ.

"ބަނޑުހައިވެފައި ހުރި މީހެއްނަމަ މި ރެސްޓޯރެންޓަށް އައިސް ކާންވީ. މި ރެސްޓޯރެންޓްގައި ނުހުންނާނެ ކޭޝިއަރެއް ވެސް ބިލް ތައްޔާރު ކުރާކަށް. އެ މީހަކު ބޭނުންވަރަކަށް އެ މީހަކު ކެއި އެއްޗަކަަށް ފައިސާދޭންވީ. އެ މީހަކީ އެއްވެސް ވަރަކަށް ފައިސާ ނެތް މީހެއްކަމުގައިވާނަމަވެސް ބަނޑުފުރެންދެން ކައިގެން ދާންވީ އެއްޗެއް ނުދީވެސް". އެ ރެސްޓޯރެންޓުން މައުލޫމާތުދެއެވެ.

މިއީ ކެރެލާގެ ފިނޭންސް މިނިސްޓަރު ތޯމަސް އިސާކްގެ ހިޔާލަށް ހެދި ރެސްޓޯރެންޓެކެވެ.

މި ތަނުގައި މަސައްކަތް ކުރަނީ އަމިއްލައަށް ވޮލެންޓިއާކޮށްގެން އައިސް އުޅޭ ބައެކެވެ. އެތަން ހަދާފައިވާ އިމާރާތަކީވެސް ބަޔަކު ހިލޭ ދީފައިވާ އިމާރާތެކެވެ. އެ ރެސްޓޯރެންޓަށް ބަލާލުމުން ފެންނަ މަންޒަރުތަކަކީވެސް ބަޔަކު ވޮލެންޓިޔާކޮށްގެންކޮށްފައި ހުރި މަސައްކަތެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފެނޭތަ.ރައްޔިތުންގެ އުދާސްތައް ދަންން މިނިސްޓަރުން.މިރާއްޖޭގަވާގޮތަކީ ފްލެޓްވެސް މިރިމިނީންނަށް ދަމްދެން މިނިސްޓަރުންނާ އެމްޕީ. ނިކަމެތި މީހާ ނިކަމެތި ވެފަ. ރަނޑާލި އަންހެމެއްގެ ބަހަށް ހުރިހާކަމެއް

  2. މޮޔަ ގޮވަނީ ދޯ! އިންޑިއާގަ އުޅޭ 50 މިލިއަން ފަގީރުންނަން ކާން ދެވޭނެ ތަ؟ އިންޑިއާގައި އެބަތިބި ދުވަލަކު އެއްފަހަރު ކައިގެން އުޅޭ އެތައް މިއަން މީހުން، ކާކު ހިލޭ ކާން ލިބެންޏާ ނުކައި ހުންނާނީ، މިއެންމެންނަށް ތިޔަ ރެސްޓޯރަންޓުން ކާން ދެވޭނެތަ؟

    • ހެދި އެއްޗެހި ހުސްވަންދެން ދެވޭނެ ދޯ؟ އެއްޗެއް އެންމެންނަށް ދޭނެ ހިތްވަރު ނެތިއްޔާ އެކަކަށްވެސް ނުދޭންވީތަ؟ ތި ކަހަލަ ކަނޑުކޮހުން ގިނަ ވީމަ މިތަން މިޔޮތީ މިހެން.

  3. ދެެލޯފުޅާ ފްލެޓް ދެނީ މިނިސްޓަރުންނާ އެމްޕީންނަށޭ ބުނާއިރު، ވީޓީވީގަ ސަރުކާރަށް އަބަދު އެއްޗެހި ކިޔާ އަލީ ސުލައިމާނަށް ފްލެޓް ލިބުނީ ކޮން ގޮތަކުންތޯ ވިދާޅުވެދެއްވަފާނަންތޯ؟

  4. ކެރެލާގެ ބަޖެޓް ހުސްވާކަށް ގިނަ ދުވަހެއްނުވާނެ!!!!

  5. އަހަރެން ތިތަނަށް ހެޔޮ އެދެން. ތިހިސާބަށް ދެވޭދުވަހަކުން ތިނޫންތާކުން ނުކާނަން. ލާރިވެސް ހަމަ ރަނގަޅަށް ދޭނަން.