ޕެޓްރޯލް ސްޓޭޝަނެއްގައި އާއްމު ފާހާނާ ތެރެއަށް އަންހެނަކަށް ނޭނގި ވިހެއި ދަރިފުޅު ޖަންގްޝަނެއްގެ ތެރެއިން ނަގައިފިއެވެ.
ޗައިނާގެ އަވަށެއްގައި މިކަންހިނގިއިރު، ޗަައިނާ މީޑިޔާތަކާއި ހަވާލާދީ ނޫސްތައް ބުނާގޮތުގައި، އުމުރުން 20 އަހަރުގެ އެ އަންހެން މީހާ ވިހާފައި ވަނީ ފާހަނަތަށި މަތީ އިންދައެވެ. އަދި އެ ކުއްޖާ ވިހެއިކަން ނޭނގި އޭނާ ދިޔައީ ހޮސްޕިޓަލަށް އޭނާގެ ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދައްކާށެވެ.
ރިޕޯޓްތައް ބުނާގޮތުގައި، އެ ދަރިފުޅުގެ ހާލު ރަނގަޅެވެ. އެ ކުއްޖާ ފެނިފައި ވަނީ ޖަންގްޝަން ތެރެއިން އަލިފާން ނިއްވާ ބަޔަަކަށެވެ، އެ މީހުން ވަނީ މަގުމަތީ ހުންނަ ޖަންގްޝަން ފަޅާލައިގެން އެ ކުއްޖާ ސަލާމަތްކޮށްފައެވެ. އެއިރު އެ ކުއްޖާ އޮތީ ފެނުން މަތީގައިކަަމަށް ވެއެވެ.
ފުލުހުންނާއި ހަވާލާދީ ނޫސްތައް ބުނާގޮތުގައި، އެއީ ކާކުގެ ދަރިއެއްކަން ފުލުހުންނަށް އެނގުނީ އެ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖުން ބެލުމުންނެވެ. އެ އަންހެން މީހާއާ ފުލުހުންނާއި ދިމާވަނީ ހޮސްޕިޓަލުންނެވެ.
މި މައްސަލަ އިތުރަށް ފުލުހުން އަންނަނީ ބަލަމުންނެވެ.
ހުސްދޮގު
ނޭގިއެއް ނުވިހޭނެ. އެއީ އެއަށްވުރެ މާ ވޭން ހުރި ކަމެއް.