ބޮލީވުޑްގެ ބައެއް ތަރިންނަކީ މުއްސަނދި ބައެކެވެ. މުއްސަނދި ދިރިއުޅުމެއްގައި އެ މީހުން އުޅެމުން އަންނައިރު، އެ މީހުން ބޭނުންކުރަމުންދަނީވެސް އެންމެ ފަހުގެ ތަކެއްޗާއި ބްރޭންޑެޑް އެއްޗެއްސެވެ. މީގެ ތެރެއިން ބައެއް ތަރިންނަކީ އަމިއްލަ ޕްރައިވްޓް ޖެޓްތައްވެސް ގެންގުޅޭ ބައެކެވެ.

އެގޮތުން ބޮލީވުޑްގައި އަމިއްލަ ޖެޓްތައް ގެންގުޅޭ ބައެއް ތަރިންނަށް ބަލާލަމާ ހިނގާށެވެ.

ސަނީ ލިއޯން

އިންޑިއާގައި މިހާރު ބޮޑު މަޝްހޫރުކަމެއް ހޯދަމުން އަންނަ ސަނީ ލިއޯންއަކީ އަމިއްލަ ޕްރިވެޓް ޖެޓެއް ގެންގުޅޭ ތަރިއެކެވެ. އެތައް ބައެއްގެ ހިތްތައް ފަތަހަކުރަމުން އަންނަ މި ތަރީގެ އަމިއްލަ ޕްރައިވެޓް ޖެޓެއް އޮންނައިރު، އޭނާއަކީ ފަހުގެ ކާރުތައްވެސް ގެންގުޅެމުން އަންނަ ތަރިއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ޝިލްޕާ ޝެޓީ

މިއީ ހަމައެކަަނި ކްރިކެޓް ޓީމެއް ގެންގުޅޭ ތަރިއެއް ނޫނެވެ. އޭނާއަކީ މޮޑެލް ކުރުމުގައި އާއި ވިޔަފާރީގައިވެސް އަރާހުރި މީހެކެވެ. އޭނާގެވެސް އަމިއްލަ ޕްރައިވެޓް ޖެޓެއް އޮވެއެވެ.

މާދުރީ ދިކްޝިޓް

ބޮލީވުޑްގެ ޑާންސިންގ ކުއީންގެ ގޮތުގައި ގިނަބަޔަކު ގަބޫލުކުރާ މާދުރީ އަކީ ފިލްމީ ދާއިރާގައި ނަން ވިދާލާތަރިއެކެވެ. އޭނާއަކީވެސް އަމިއްލަ ޕްރައިވެޓް ޖެޓެއް ގެންގުޅެމުން އަންނަ މީހެއްކަމަށް ވެއެވެ.

އަޖޭ ޑެވްގްން

މިއީ ބަލާބެލުމުން ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ ތަރިއެއް ނަމަވެސް މުއްްސަނދި ތަރިއެކެވެ. މިތަރިއަކީވެސް އަމިއްލަ ރީތި ޕްރައިވެޓް ޖެޓެއް ގެންގުޅޭ މީހެކެވެ.

ޕްރިޔަންކާ ޗޯޕްރާ

މިއީ އެތައް ބައެެއްގެ ހިތްތައް ފަތަހަ ކުރަމުން އަންނަ ތަރިއެކެވެ. އެ ތަރިއަށް އޭނާ ބޭނުންވާ ކޮންމެ އެއްޗެއް ގަންނަ ވަރަށް ފައިސާ ލިބޭނެކަމަށް ގިނަ ބަޔަކު ގަބޫލުކުރާްއިރު، އޭނާއަކީވެސް އަމިއްލަ ޕްރިވައިޓް ޖެޓެއް އިންނަ ތަރިއެއް ކަމަށް ވެއެވެ.

މީގެ އިތުރުން ބޮލީވުޑްގެ ބަތަލް ސަލްމާން ޚާން އާއި، ރަންވީރް ސިންގއަކީވެސް އަމިއްލަ ޕްރައިވެޓް ޖެޓް ގެންގުޅެމުން އަންނަ ތަރިންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަމީ

    އަހަރެމެން އަތުގަވެސް އެބަހުރި ޕްރައިވެޓް ބޮއްކުރާކޮޅެއް...އެހެންވެ ބުނެލީ..

  2. އިހުސާން

    ބަލާބެލުމުން އަޖޭ އާއި ޝިލްޕާ އެއްވައްތަރެއްގެ ކާރު ގެންގުޅޭކަމަށް ފެންނަނީ