ޕޮޕްކޯން އަކީ ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު އެއްޗެކެވެ. އާންމުކޮށް ފިލްމުތަށް ބަލާލުމަށް ސިނަމާތަނަށް ދާއިރު ޕޮޮޕްކޯންގެ ދައުރު ބޮޑެވެ. އަދި ބައެއް ކަހަލަ ދަތުރުތަށް ދާއިރުވެސް ޕޮޕްކޯން އަކީ ގިނަ ބަޔެއްގެ ހިތްތަކާ ކުޅެލާ މުޙިންމު އެއްޗެކެވެ.

ޕޮޕްކޯން ކެއުމަށް ލޯބިކުރާ އެތަށް ބަޔަކު އުޅޭއިރު ޕޮޕްކޯން އަކީ ސިއްހީ ގޮތުން ރައްކާތެރި އެއްޗެއްތޯ ބަލަނީ މަދު ބައެކެވެ.

ފަހުގެ ހޯދުންތަކުން ދަށްކާ ގޮތުންގައި ޕޮޕްކޯނަކީ އެއިން އެތައް ސިއްހީ މައްސަލަތަކެއް ކުރިމަތިވާ އެއްޗެކެވެ. އެގޮތުން ޕޮޕްކޯންގައި އެކުލެވޭ އެންޓިއޮކްސިޑެންޓްގެ މާއްދާތަކުގެ ސަބަބުން ކެންސަރަށް މަގުފަހިވާ ކަމުގައި ސައިންސްވެރިން ބުނެއެވެ.

ޕޮޕްކޯންގައި އެކުލެވޭ ޕޮލީޕެނޯލްގެ ސަބަބުން ހިތުގެ މައްސަލަތަށް ކުރިމަތިވާ ކަމަށް ޔުނިވާސިޓީ އޮފް ސްކެރެންޓޮންގެ ސައިންސްވެރިން ބުނެއެވެ. އެގޮތުން ޕޮޕްކޯން ކެއުމުގެ ސަބަބުން ލޭގެ ތަތްކަން އިތުރުވެ ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ލޭ ދައުރުކުރުމަށް ހުރަސް އަޅައެވެ. އަދި އެކަމުގެ ސަބަބުން ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ސައިންސްވެރިން ބުނެއެވެ

ޕޮޕްކޯންގައި ހިމެނޭ ބައެއް މާއްދާތަކުގެ ސަބަބުން ހަޖަމު ކުރުމުގެ މައްސަލަތަށް ކުރިމަތިވާ ކަމަށް ޑޮކްޓަރުން ބުނެއެވެ. އަދި އެކަމުގެ ސަބަބުން ބައެއްކަހަލަގެ އިންފެކްޝަންތަށް ގޮހޮރުގެ ތެރޭގައި އުފެދި ގޮހޮރުގައި ހިލަ އުފެދުމަށް މަގުފަހި ކުރުވާ ކަމުގައިވެސް ސައިންސްވެރިންނާއި ޑޮކްޓަރުން ބުނެއެވެ.

ނަމަވެސް ޕޮޕްކޯންކާ ކޮންމެ މީހަކީ އިސްވެ ފާހަގަކުރެވުނު ސިއްޙީ ހާލަތްތަކާއި ކުރިމަތިވާނެ ބައެއް ނޫނެވެ. އެކި މީހުންގެ ހަށިގަނޑުގެ އެތެރޭގެ ހިނގުންތައް ތަފާތުވާއިރު ނުރައްކާތެރި މާއްދާތަކުން އެކިމީހުންނަށް ކުރާ އަސަރާއި ދިމާވާ ހާލަތުތައް މެދުވެރިވާ މިންވަރު ތަފާތުވުމަކީ މިކަމުގެ ސަބަބެވެ.

ޕޮޕްކޯންކެއުމަކީ ވަރަށް ފަސޭހައިން ކަށީގައި ހަރުލާ ކަމަށް ވީ ހިނދު އެކަމުން ލިބިދާނެ ގެއްލުމަކަށް ވިސްނާލަން އެބަޖެހެއެވެ. ޕޮޕްކޯން ނުވަނަ އެނޫންވެސް ބައެއްހަކަލަ ބާވަތްތައް ވަކި މިންގަނޑަކަށް ބަލައިގެން ކެއުމަކީ ސިއްހީ ގޮތުން ގެއްލުން ހުރި ކަމެއް ނޫން ކަމަށް ސައިންސްވެރިން އިއްތިފާހުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މިވެސް މީހެއް

    މިހާރު ދެން ކެންސަރު ނުޖެހޭ އެއްޗެއް ނެތް

  2. ޑރހައްޤުބަސް

    ކެންސަރަށް މަގުފަހި ވަބީ ޕޮޕް ކޯނަކުން ނޫން ޕޮޕް ކުރަން ބޭނުން ކުރާ މެޝިނުގަ ހުންނަ އެލްމިނިއަމް ނުވަތަ އެބާވަތުގެ މެޓަލްއަށް ހޫނުވެގެން އުފެދޭ އާވީގެ ސަބަބުން ޕޮޕްކޯނު ތަގައްތަރު ވާތީ.. ލޮނު ނުލާ ހަދާނަމަ ލޭގެ ތެއްކަމާ ޕުރެޝަރު އިތުރެއް ނުވާނެ.. އެންމެ ރަނގަޅު ގޮތަކީ ތަވައެއްގަ ކުޑަ އޮލިވް އޮއިލްކޮޅެއް ލާފަ ފޮޕް ކޮށްލުން.

    • މީ

      ޝުކުރިއްޔާ

  3. ޝުކުރިއްޔާ

    ޑރ. ޙައްޤުބަސް އަށް ޝުކުރިއްޔާ!