ރޭ މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ޝޯވ އިން ގަދަ 12 އަށް ދަތުރު ކުރި ފުރަތަމަ ހަ ބައިވެރިން ޔަޤީން ވެއްޖެއެވެ. ރޭ ބޭއްވި މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ފުރަތަމަ ޕިޔާނޯ ރައުންޑްގެ އެލިމިނާޝަން ނައިޓްގައި ދެބައިވެރިން ވަނީ ޝޯއާ ވަކިވެގެން ގޮސްފައެވެ. އެއީ ނިސްފާ މުޞްތަފާއާއި އަޙްމަދު އިޝާމްއެވެ.

މޯލްޑވިވިއަން އައިޑަލްގެ ގާލާ ރައުންޑްއިން ޖާގަ ހޯދި ގަދަ 6 ބައިވެރިންނަކީ އައިޝަތު އަޒަލް ޢަލީ ޒާހިރާއި މަރިޔަމް މައީޝާއާއި ރައިޙާން ޢާދަމް އާއި ޝާން ޝަރީފާއި ޢަބްދުﷲ މުނާޒް އަދި ޢަބްދުﷲ މުރުޝިދެވެ.

އިއްޔެ ރޭގެ ޝޯގައި މި 8 ބައިވެރިންގެ ފަރާތުން ސޯލޯ ޕަރފޯމަންސްތަކެއް ފެނިގެންދިޔައިރު، ރޭގެ ޝޯގައި ބެލުންތެރިންނަށް މިހުނަރުވެރި އާޓިސްޓުން ގެނެސްދީފައިވަނީ ޑުއެޓް ޕާފޯމެންސްތަކެކެވެ.

ގަދަ 16 އަށް ދަތުރުކުރި ބައިވެރިންގެ ތެރެއިން ބާކީ ތިބި 8 ބައިވެރިންނާއެކު ޕިއަނޯ ރައުންޑުގެ ދެވަނަ ޝޯއެއް އަންނަ ހަފްތާގެ ހުކުރު ދުވަހު އޮންނައިރު، އެޝޯއާއެކު މިފަހަރުގެ ސީޒަންގެ ގަދަ 12 ކަށަވަރުވެގެންދާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢިޔަޒު

    ނޯ ޔޫޒް

  2. ކަކުނިބޯ

    ތީގަ އެކަކުވެސް ބައިވެރިވާނެކަމެއްނެތް އިންސާފު އެއީ މިޤައުމުވެސް ދަންނައެއްޗެއްނޫން

  3. Anonymous

    ރާފިޔަތު ފެންވަރުގެ ހުނަރުވެރި ލަވަކިޔުން ތަރިއަކަށް ވެވިދާނެ ކަމަށާ ބުނެފަ އެދުއްވާލީ

  4. ދެން

    ދެނޯ، ދެފާތަޅާފަ ރޯންވީ؟