ބައެއް މީހުންނަކީ ލަވަ ކިޔަން އަދި ވާހަކަ ދައްކަން ކިތަންމެ ލޯބިކުރާ ބަޔަކަށްވީ ނަމަވެސް އެބަޔަކަށް ގުދުރަތީ ގޮތުން ދެއްވާފައިވާ އަޑުގެ ސަބަބުން ލަދު ގަންނާތީވެ މިފަދަ ކުރާ ހިތްވާ ކަންކަމާއި ދުރުދުރުން އުޅޭ މީހުންނެވެ. އެހެންނަމަވެސް އަޑު ރީތި ކުރުމަށް ކުރެވިދާނޭ އެތައް ކަމެއް އެބަ ހުއްޓެވެ.

މިފަދަ ކަންކަމުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަކީ އެންމެ ފުރަތަމަ ކަމެވެ. މިގޮތުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަޑަށް އެކަމުގެ ސަބަބުން އެތައް ގޮތަކުން ގެއްލުންވާކަން ދައްކުވައިދޭ އެތައް ދިރާސާތަކެއް އާންމުވެފައިވާއިރު މިކަމަކީ މީހާގެ އަޑުގެ ބާރު ދަށްކޮށްލާވެސް ކަމެކެވެ.

ދެން އަޑު ރީތިކުރުމަށްޓަކައި ނުވަތަ އަޑުގެ ސިއްހަތު ރަނގަޅުކުރަން ކުރެވިދާނޭކަމަކީ އަޑަށް ރެސްޓުކުރުމަށް ވަގުތު ދިނުމެވެ. މިގޮތުން އަޑަށް ރެސްޓު ދިނުމޭ ބުނުމުގެ މާނައަކީ އަޑުގަދަކޮށް ބޭކާރު ގޮތުގައި ވާހަކަނުދައްކައި ހުރުން ފަދަ ކަންކަމެވެ. ހަމަޔަށް ރަނގަޅަށް ފެން ބުއިމަކީވެސް އަޑުގެ ސިއްހަތު ރަނގަޅުކުރުމަށް ކުރެވިދާނޭ ކަމެކެވެ. އަދި އާފަލު، ކަރާ، ޕީޗް، މޭބިސްކަދުރު ފަދަ މީހާގެ ވޯކަލް ކޯޑްސްއަށް ފައިދާހުރި ކާނާ ގިނަ ގިނައިން ކެއުމަކީވެސް ކުރެވިދާނެ އެހެން ކަމެކެވެ.

އަޑުގަދަކޮށް ވާހަކަދެއްކުމަށްފަހު ކުޑަ ވަގުތުކޮޅަކު ހަމަހިމޭނުން ހުރުމަކީވެސް އަޑުގެ ސިއްހަތު ދަމަހައްޓަން ކުރެވިދާނޭ ކަމެކެވެ. ގިނަ ގިނައިން ކަރު ސަފުކުރުމަކީވެސް މީހާގެ ވޯކަލް ކޯޑްސްއަށް ގެއްލުންކުރުވަފާނޭ ކަމެކެވެ. ވީމާ މިކަމަކީވެސް އަޑުގެ ސިއްހަތަށްޓަކައި ނުކޮށް ހުރުން އެންމެ ބުއްދިވެރި ކަމެކެވެ. އަދި ބަލިވެއްޖެ ހާލަތެއްގައި ބަލަންވާނީ ވީހާވެސް މަދުން ވާހަކަދެއްކުމަށެވެ. މިއީ މީހާގެ ވޯކަލް ކޯޑްސްގެ ސިއްހަތު ރަނގަޅުކޮށް ރީތި އަޑެއް ލިބިގަތުމަށްޓަކައި ކުރެވިދާނޭ ބައެއް މަދު ކަންކަމެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަފްތަރު8

    ތިކަމާ އަހަރެން އެއްބަސް