އިންޑިޔާގެ ގުޖުރާތް ސްޓޭޓްގައި 7 މަހުގެ ތުއްތު ކުއްޖެއްގެ ބަނޑުގައި އުފެދެމުން އައި ފީޓަސް (ކުއްޖެއް) ނަގައިފިއެވެ. ދިގު އޮޕަރޭޝަނަކަށްފަހު ޕްރިންސާ ރަތަވާ ނަމަކަށްކިޔާ މި ތުއްތު ކުއްޖާގެ ބަނޑުން ނެގިގެންދިޔައީ 4 އައުންސް ހުރި ފީޓަސްއެކެވެ. މި ފީޓަސް އުފެދެމުން އައިކަން އެންމެ ފުރަތަމަ ފާހަގަވެގެންދިޔައީ އެ ކުއްޖާ މައިންބައިފައިންކަމުގައިވާ މަނީޝާ އަދި މޮޓިސިންގް ރަތަވާއަށެވެ. މިއާއިއެކު އެ ކުއްޖާގެ މައިންބަފައިން ވަނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ޕްރިންސާ

ޑޮކްޓަރުން ބުނާގޮތުގައި މިފަދަ ސިއްހީ މައްސަލަތަކަކީ ވަރަށް މަދުން ނޫނީ ދިމާވާ ކަހަލަ މައްސަލައެކެވެ. ސިއްހީ ގޮތުން އެ މައްސަލައަށް ދެވިފައި އޮންނަ ނަމަކީ 'ފީޓަސް އިން ފީޓޫ' އެވެ. މިގޮތުން މުޅި ދުނިޔެއިންވެސް އަދި މިހާތަނަށް ރިޕޯޓްކުރެވިފައިވަނީ މިފަދަ އެންމެ 200 މައްސަލައެވެ. ޑޮކްޓަރުން ވަނީ މި އޮޕަރޭޝަނަށްފަހު ޕްރިންސާ ރަނގަޅު ސިއްހަތެއްގައި ބޮޑުވަމުންދާނޭކަމަށް ލަފާކޮށްފައެވެ.

އެންމެ ފުރަތަމަ އެ ކުއްޖާގެ ބަނޑުގައި އެއްޗެއް އުފެދެމުން އައި ކަން އެ ކުއްޖާގެ މައިންބަފައިންނަށް ފާހަގަވެގެންދިޔައީ އެ ކުއްޖާގެ އުމުރުން އެންމެ 5 މަހުގައެވެ. އެހެންނަމަވެސް އޭރު އެކަމާއި މާބޮޑަށް އަޅާނުލައި ދޫކޮށްލިއިރު ފަހުން އެ އެ ފީޓަސް މާ އަވަސްގޮތެއްގައި ބޮޑު ވަމުންދާތީވެ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް ނިންމިކަމަށް އެ ކުއްޖާގެ މައިންބަފައިން ވަނީ ކިޔައިދީފައެވެ. އެ ކުއްޖާގެ ބަނޑުން ފީޓަސް ނެގުމުގެ އޮޕަރޭޝަން ކުރިއަށްގޮސްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

 

ކިޔުންތެރިންގެ ހިޔާލު