ދަށް ފަންތީގެ ފިރިހެނަކާ ކައިވެނިކުރަން ބޭނުންވާކަން ހާމަކުރުމުން، ދެމަފިރިއަކު އެމީހުންގެ ދަރިއަށް ޒަހަރު ދީ މަރާލި މައްސަލައެއް ފެންމަތިވެއްޖެއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ އިންޑިޔާގެ މައިސޫރުންނެވެ.

"އިންޑިޔާ ޓައިމްސް" ނޫހުން ބުނެފައިވާ ގޮތުގައި އެއަންހެން ކުއްޖާއަށް، އާއިލާއިން ވަނީ ކައިވެނީގެ ތިން ހުށަހެޅުމެއް ހުށަހަޅާފައެވެ. އެހެންނަމަވެސް، ސުޝްމާ ނަމަކަށް ކިޔާ މި ކުއްޖާ އެއިން އެއްވެސް މީހަކާ ކައިވެނިކުރަން ބޭނުންނުވާއިރު، އެކުއްޖާ ބޭނުންވަނީ ދަލިތު ފިރިހެނަކާ ކައިވެނި ކުރާށެވެ.

ހިންދޫ އިންގެ ބްރަހަމަނުން ދެކޭ ގޮތުގައި ދަލިތުންނަކީ އެމީހުންނަށްވުރެ ދަށް ބައެކެވެ. އަދި، އެމީހުންނާ ކައިރި ވުމަކީވެސް ކޮށްގެންވާނެ ކަމެއްގެ ގޮތުގައެއް ނޫނެވެ.

މައިސޫރުގެ ފުލުހުން މިހާރު މި މައްސަލަ ތަޙުޤީޤު ކުރަމުންދާއިރު، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީވެސް ކުއްޖާ މަރުވިތާ ދުވަސްތަކެއް ފަހުންނެވެ.

ތަޙުޤީޤަށް ހާމަވެފައިވާ ގޮތުގައި މި ކުއްޖާގެ މަންމަ، ކުއްޖާއަށް ޒަހަރު ދީފައިވަނީ އޮރެންޖު ޖޫސްތައްޓަކަށް އަޅައިގެންނެވެ. އަދި، ކުއްޖާގެ މައިންބަފައިން ވަނީ ކުއްޖާ މަރުވެގެން ދިޔައިރު ބަލަން ތިބެފައެވެ. އެކުއްޖާ އެތައް ވޭނެއް އެޅިއިރުވެސް އެމީހުން ތިބީ ބަލާށެވެ.

ފަންތީގެ ފަރަޤަކީ އިންޑިޔާގައި އަދިވެސް އާއްމު ކަމެކެވެ.