ސްރީ ދޭވީގެ ކުއްލި މަރުގެ ވާހަކައަށް އަދިވެސް ނިމުމެއް ނާދެއެވެ. އެ މަރަށް މިހާރު ހަފްތާއެއް ވެއްޖެއެވެ. އެކަމާއި އެންމެ ހިތާމަ ކުރާ އެކަކީ ފިރިމީހާ ބޮނޭ ކަޕޫރެވެ.

ބޮނޭ ކަޕޫރް މި ވަނީ ސްރީ ދޭވީ މަރުވި ދުވަހު ކަންތައްވިގޮތުގެ ވާހަކަ އޭނާގެ ގާތް ރަހުމަތްތެރިއަކަށް ފުރަތަަމަ ކިޔާދީފައެވެ. އޭގެ ތެރޭގައި އޭނާ ދުބާއީ އަށް ކުރި އަންޝެޑިއުލް ދަތުރާއި ގުޅޭ ވާހަކަތައްވެސް ހިއްސާ ކުރިއެވެ. އަދި ސްރީދޭވީއަށް ދިން ސަޕްރައިޒްގެ ވާހަކައާއި އެކުގައި ހޭދަކުރި ވަގުތުކޮޅުގެ ވާހަކަތައްވެސް ހިއްސާކުރިއެވެ.

މީގެ އިތުރުން ބޮނޭއަށް ސްރީ ދޭވީ ބިލިގާ ތެރެއަށް ގެނބިފައި އޮއްވާ ފެނުނު ގޮތުގެ ވާހަކަވެސް ވަނީ ކިޔާދީފައެވެ.

މިކަންތައް ބޮނޭ ކިޔާދީފައި ވަނީ 30 އަހަރުވީ ގާތް ރަހުމަތްތެރިއެއްކަމަށްވާ ކޮމާލް ނަހްތާއަށެވެ. ކޮމާލް ވަނީ އެ ވާހަކަތައް މީސް މީޑިއާގައި ހިއްސާކޮށްފައެވެ.

އެ ވާހަކަތަކަށް ބަލާއިރު. 24 ފެބްރުއަރީ 2018 ވަނަ ދުވަހުގެ ހެނދުނު ސްރީ ދޭވީއާ ވާހަކަދެއްކިކަމަށް ބޮނޭ ބުންޏެވެ. އަދި އޭނާ މަތިން ހަނދާންވާ ވާހަކަވެސް ބުންޏެވެ. އޭނާއަކަށް އެއިރު ބޮނޭ ދުބާއިއަށް ދާން އުޅޭކަމެއް ނޭގޭނެއެވެ.

ބޮނޭ ބުނީ، ފެބްރުއަރީ 24 ވަނަ ދުވަހު ދުބާއި ގަޑިން އިރުއޮއްސި 6:30 ގައި ސްރީ ދޭވީ އުޅުނު ހޮޓަލަށް އޭނާއަށް ދެވުނު ކަަމަށެވެ. ގޮސް ސްރީ ދޭވީއާއެކު ވަގުތު ކޮޅެއް ހޭދަ ކުރުމަށްފަހު ބޭރަށް ކާން ދިޔުމަށް ބުނުމުން، ސްރީ ދޭވީ ދިޔައީ ފެންވަރާށެވެ.

ސްރީ ދޭވީ ފެންވަރަށް ދިޔައީ ބޮޑު ކޮޓަރިއަށެވެ. ބޮނޭ ބުނީ އޭނާ ހުރީ ސިޓިންގ ރޫމްގައި ކްރިކެޓް ބެލުމަށް ކަމަށެވެ. ސްރީ ދޭވީ ފާހާނައަށް ގޮސް މާގިނަ އިރުވާހެން ހީވުމުން ފުރަތަމަ ޓީވީ ކައިރީ އިނދެފައި ބޮނޭ ގޮވާލުމުން ސްރީ ދޭވީގެ ހަބަރެއް ނުވިއެވެ. އަދި ދެތިން ފަހަރަށް ގޮވާ ހަބަރެއް ނުވުމުން ދިޔައީ ސްރީ ދޭވީ ފެންވަރަން ވަތް ކޮޓަރިއަށެވެ.

އެެއިރު ސްރީ ދޭވީ ފާހަނާގައި އޭނާ އުޅޭ ކަން އިނގެނީ އިސްކުރުދޫކޮށްފައި ހުރި އަޑުއިވުމުންނެވެ. ބޮނޭ ބުނީ، އެވަރަށް ދޮރުގައި ތެޅުމުންވެސް ސްރީ ދޭވީ ދޮރުނުހުޅުވުމުން ކޮންމެވެސް ވަރަކަށް ބިރުގަތް ކަމަށެވެ. އަދި އަވަސް އަވަހަށް ދޮރު ހުޅުވިއެވެ. އެއިރު ފާހަނާގެ ދޮރު އިނީ ތަޅުނުލައެވެ.

ދޮރު ހުޅުވިތަނާ ބޮނޭއަށް ފެންނަނީ ސްރީ ދޭވީ ބިލިގާ ތެރޭގައި އެއްވެސް ހަރަކާތެއް ނެތިއެވެ. ވަގުތުން ކައިރިއަށް ގޮސް ސްރީ ދޭވީގެ ހަށިގަނޑު ބިލިގާ ތެރެއިން ނަގާ ހަރަކާތް ކުރޭތޯ ބެލިއެވެ. ބޮނޭ ބުނީ، އެ ބިލިގާގައި ފުރާ ފެން އޮތް ނަމަވެސް ބޭރަށް އެއްވެސް ވަރަކަށް ފެން ފައިބާފައި ނުވާކަމަށެވެ. އޭގެ ތެރޭގައި އޮއްވާ ސްރީ ދޭވީގެ ހިތް ހުއްޓުނީ ކަމެއް ނުވަތަ ނިދުނީކަމެއް ނޫނީ އެ ނޫންވެސް ކަމެއް ވީކަމެއް ނޭގޭކަަމަށް ބޮނޭ ބުނެފައި ވެއެވެ.

ސްރީ ދޭވީ މަރުވިއިރު އުމުރަކީ 54 އަހަރެވެ. އޭނާ ފިލްމީ ދާއިރާގައި 50 އަހަރު ހޭދަކޮށްފިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޖާންވީ ކަޕޫރު

    ވަރަށް ބޮލަށް އުނދަގޫވޭ މި ނޫޙުން ސްރީދޭވީގެ ޚަބަރުތައްކިޔަން. ބޮނޭ ކަޕޫރެއްނޫން "ބޮނީ" ކަޕޫރު
    އަހަރެންގެ ބައްޕައަށް ކިޔަނީ ބޮނީ !!!!! ބޮނޭ އެއް ނޫން ބޮނީ ބޮނީ ބޮނީ

  2. އަފޭ

    ސްރީ ދޭވީ މަރުވިއިރު އުމުރަކީ 54 އަހަރެވެ. އޭނާ ފިލްމީ ދާއިރާގައި 50 އަހަރު ހޭދަކޮށްފިއެވެ.

    މާނައަކީ އޭނާ ފިލްމީ ދާއިރާއާގުޅުނީ އުމުރުން 4 އަހަރުގައޭތަ؟

    • ގ

      .ރަނގަޅު 4 އަހަރުގަ

  3. ކަވާބު

    ސްރީ ދޭވީ މަރުވިއިރު އުމުރަކީ 54 އަހަރެވެ. އޭނާ ފިލްމީ ދާއިރާގައި 50 އަހަރު ހޭދަކޮށްފިއެވެ.

    މާނައަކީ އޭނާ ފިލްމީ ދާއިރާއާގުޅުނީ އުމުރުން 4 އަހަރުގައޭތަ؟

    • ލީ

      ޔެސް..ރަނގަޅަށް ތި ބުނީ..އޭނަ ފިލްމު ކުޅެން ފެށީ 4 އަހަރުގަ..މީ އާ ކަމެއްތަ؟..ތި ތިބަ ދިވެހި ފިލްމު ފިލްމުގަވެސް ދަރިންގެ ބައި ކުޅެނީ ހަމަ އެހާ ކުޑައިރު..ނޭނގުނަސް ހަޖޫ ޖަހާތި..

    • މަ

      އާއެކެވެ.

    • އެންމެން

      ރަނގަޅު. ކުޑަކުއްޖެއްގެ ބައި އެއުމުރުގައި ކުޅެފަ ހުރިކަމަށް ވަނީ

  4. ކަވާބު

    .

    މާނައަކީ އޭނާ ފިލްމީ ދާއިރާއާގުޅުނީ އުމުރުން 4 އަހަރުގައޭތަ؟

  5. ޙިމަބިހި

    ޢުމުރުން 4 އަހަރު ގަ ފިލްމު ކުޅެފަ ދޯ ތީނަ
    ތިހިރީ

  6. ހުޝާމް

    މަރުއައިސް ހަމަކުރާނީ ކޮން އިރަކުކަމެއް ހަމަ އެކަކަށްވެސް ބުނެދޭން ނޭންގެއެވެ. އަހަރުމެންނަށް އޮތީ އެ މަރު އަތުވެދާނެކަމަށް އެކަމަށް ތައްޔާރުވެގެން ތިބުމެވެ.

  7. އަލިބެ

    ބްރޯމެން ހަމަ ތަނެއް ދޮރެއް ނުބަލާ ކޮމަންޓުކާރާނެ. ހަމަ އުމުރުން 4 އަހަރުގަވެސް ފިލްމުކުޅެފާނެ ދޯ؟ އެއަށް ވުރެ ކުޑަކުދިންވެސް ކުޅޭވިޔަ. މާދެން އެއްޗެއް އެނގިގެން މޮޅެތިކޮމަންޓު ލިޔާއިރު ބޮލުގެ ބޭނުމެއް ނުކުރާނެ.