ކުޑަ ކަމުދާ ތަކެތީގެ ތަހުލީލެއް ހަދަލައިގެން ވެސް މިހާރު އުމުރުން ވީ ކިހާ ދުވަހެއް ކަމާއި އަދި އުމުރުގައި ކިހާ ދުވަހެއް ބާކީ އޮތް ކަން ވެސް ދެނެގަނެވިދާނެ ކަމަށް ދިރާސާ އަކުން ދައްކައިފިއެވެ.

ސައިންސްވެރިންގެ ތަހުލީލުތަކެއްގެ ނަތީޖާއެއްގެ ގޮތުން ދާދި ފަހުން މި ވަނީ 8 އޮކްސޯޖީއެސްއެން ކިޔާ ސަބްސްޓެންސް އެއް "ޔޫރިން" އިން ހޯދިފައެވެ. މިއީ އުމުރުން ދުވަސްވާ ވަރަކަށް "ޔޫރިން" ގައި އިތުރުވާ އެއްޗެއް ކަމަށް ވެއެވެ.

ޗައިނާގެ އުމުރުން 2 އަހަރާއި 90 އަހަރާއި ދެމެދުގެ 1228 މީހުން ބައިވެރިކޮށްގެން ހިންގި "ޔޫރިން" އާއި ބެހޭ ދިރާސާ އެއްގެ ނަތީޖާ ދައްކާ ގޮތުގައި، އުމުރުން 21 އަހަރުން މަތީގެ މީހުންގެ 8އޮކްސޯޖީއެސްއެން "ޔޫރިން" ގައި އެކުލެވިގެންވާ މިންވަރު ނިސްބަތުން މަށްޗެވެ. މީގެ އަލީގައި، 8 އޮކްސޯޖީއެސްއެން އަކީ އުމުރުން ދުވަސް ވުމަށް މަގުފަހި ކުރުވާ އެއްޗެއް ކަމަށް މި ދިރާސާ ކުރި ހުރިހާ ސައިންސްވެރިން ވެސް އިއްތިފާޤު ވެއެވެ.

މި ދިރާސާގައި ބައިވެރިވި އަންހެނުންނާއި ފިރިހެނުންގެ ނަތީޖާ އަޅާ ކިޔާލާއިރު ވަކި ތަފާތެއް ފެނިފައެއް ނުވެއެވެ. ނަމަވެސް އިއްދައިން ކެނޑިފައިވާ އަންހެނުންގެ 8 އޮކްސޯޖީއެސްއެން އެ ނޫން އަންހެނުންނަށް ވުރެ ގިނަ ކަމަށް ފާހަގަ ކުރެވިފައި ވެއެވެ.

ކޮންމެ އަކަސް، އުމުރުން ދުވަސްވުމަކީ ގިނަ ބަލިތަކެއްގެ ޝިކާރަށް ވާން ޖެހޭ ކަމަކަށް ވުމާއި އެކު، ސައިންސްވެރިން މި ވަނީ 8 އޮކްސޯޖީއެސްއެން އިތުރުވާ ސަބަބުތައް ދެނެގަތުމުގެ މަސައްކަތް ފަށާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގަމާރު

    ކަލޯ ދުވަސް ވާނީ ދުނިޔެ އެންބުރޭ ވަރަވް
    ލޮލް

    • ހުސޭނުބޭ

      ރަގަޅު ޕޮއިންޓެއް! ދުނިޔެ ނުއެނބުރޭ ގޮތެއް އޮތިއްޔާ ހަދާ! އޭރުން ދުވަސް ނުވާނެ!

  2. ބިބިސް

    ޝާމިލާ.. ޕްލީޒް ޓެލް މީ ވަޓް އިޒް ސަބްސިޓެންޓް؟؟ އޯރ ޔޫ މީން ސަބްސްޓެންސް. ލޮލް...