އިންޑިއާގެ ސްޓޭޓެއްކަމަށްވާ ޕުންޖާބުގެ ބޮޑު ސިޓީއެއްކަމަށްވާ ކުރަލިއަށް ނިސްބަތްވާ ފިރިހެން ކުއްޖެއްގެ އެތެރެހަށީގެ ގުނަވަންތައް ހަދިޔާކޮށްގެން މަރުވަމުންދިޔަ ތިން ކުދިންގެ ފުރާނަ ސަލާމަތް ކޮށްފިއެވެ.

އަނާންދް ކުމާރު ނަމަކަށް ކިޔާ އުމުރުން 3 އަހަރުގެ ފިރިހެން ކުއްޖާގެ ގުނަވަންތައް ބޭނުންޖެހިފައިވާ މީހުންނަށް ހަދިޔާ ކުރީ އާނާންދްގެ ސިކުނޑި މަރުވުމުން ޑޮކްޓަރުން އުންމީދު ކަނޑާލުމުންނެވެ.

އަނާންދްގެ ސިކުނޑި މަރުވެފައިވަނީ ރައްޓެހިންނާއި އެކު ކުޅެން އުޅުމުގެ ތެރޭގައި ސިޑިން ކައްސާލައިގެން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށެވެ. އަދި ސިޑިން ކައްސާލައިގެން ވެއްޓުމާއި އެކު އާނަންދް ހޭނެތިފައިވާ ކަމަށާއި ވަގުތުން ކައިރީގައި ހުރި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށި އިރު އާނާންދްގެ ސިކުނޑި މަރުވީ ފަރުވާދެމުން އަންނަތާ ދެދުވަސް ފަހުންް ކަމުގައި އާނާންދުގެ ބައްޕަ ބުނެއެވެ.

އަނާންދުގެގެ ބައްޕަ އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އަނާންދުގެ ސަބަބުން ތިން މީހެއްގެ ފުރާނަ ސަލާމަތްވެފައިވާ ކަމަށެވެ. އެގޮތުން އާނާންދްގެ އެއް ކިޑްނީ، ކިޑްނީ ފެއިލްވެފައިވާ އުމުރުން ހަތަރު އަހަރުގެ ފިރިހެން ކުއްޖަކަށް ހަދިޔާކޮށްފައިވާއިރު އާނާންދްގެ އަނެއް ކިޑްނީ ހަދިޔާކޮށްފައިވަނީ އުމުރުން 24 އަހަރުގެ ޒުވާނަކަށެވެ.

އަދި އާނަންދުގެ ފުރަމޭ ނިއުދިއްލީ އަށް ނިސްބަތްވާ އުމުރުން ތިން އަހަރުގެ ފިރިހެން ކުއްޖަކަށް ހަދިޔާކޮށްފައިވާއިރު އެއީ އިސްނާނިއްޔަތަށް ކޮށްދެވުނު ހިދުމަތެއް ކަމަށް ގަބޫލު ކުރާ ކަމުގައި އާނާންދްގެ ބައްޕަ ރޯހިޓް ކުމާރު ބުނެފައިވެއެވެ.

މީގެ ކުރިންވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ވަނީ އެތެރެހަށީގެ ގުނަވަންތައް ހަދިޔާކޮށްގެން އެތަށް ބައެއްގެ ފުރާނަ ސަލާމަތްކޮށްފައެވެ. އަދި ބައެއް ގުނަވަންތަކަށް ބޭނުން ޖެހިފައިވާ އެތަށް ހާސް މީހުންނެއްް މިހާރުވެސް ދުނިޔޭގައި އެބައުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު