ބެޓްމޭންއަކީ ގިނަބަޔަކު ވަރަށް ކަމުދާ ކާޓޫން ކެރެކްޓާއެކެވެ. ކުޑައިރު ގިނަބަޔަކު ބަލާ އެއް ކާޓޫންގެ ގޮތުގައި، ބެޓްމޭން ހިމެނޭއިރު، ބެޓް މޭން ގޮތަށް ހެދުން އަޅައިގެން މަގުމަތީ އުޅޭ މީހަކު ފެނިއްޖެކަމުގައިވަނީނަމަ އެންމެ ފުރަތަމަަވެސް ބޭނުންވާނީ ސެލްފީއެއް ނަގާލުމަަށްކަން ޔަގީނެވެ.

ދާދި ފަހުން ކެނެޑާގައި ވަނީ އެފަދަ ހާދިސާއެއް ހިނގާފައެވެ. ބެޓް މޭން ގޮތަށް ހެދުން އަޅައިގެން، ބެޓެއް ގޮތަށް އިން ކާރެއްގައި އުޅުނު މީހަކު މަގުމަތިން ހުއްޓުވާ އެ މީހާއާއެކީ ސެލްފީ ނެގީ ފުލުހެކެވެ.

ގިނަބަޔަކު ހީކުރީ އެ އަންހެން ފުލުސް މީހާ އުޅުނީ އެ ބެޓް މޭން ހައްޔަރުކުރަން ކަމަށެވެ. ބެޓް މޭންވެސް ހީކުރީ އެހެންނެވެ. އެހެން ނަމަވެސް އެ ފުލުސް މީހާ އެ މީހާ ދުއްވަން އިން ކާރު ހުއްޓުވީ އެމީހާއާއެކީ ސެލްފީއެއް ނެގުމަށެވެ.

އެ ފުލުސް މީހާ ބެޓް މޭން ފަހަތުން ކާރުގައި ދިޔައީ ކާރުގައި ސައިރެން އަޅުވަމުންނެވެ. އެހެންވެ އެ ބެޓް މޭން ވަނީ އޭނާ އިން ކާރު ހުއްޓުވާފައެވެ. އަދި އެ ފުލުސް މީހާ ވަނީ އޭނާ އިން ފުލުސް ކާރުން ނުކުމެ އެ ބެޓްމޭން ކައިރިއަށް ގޮސްފައެވެ.

އެ ފުލުސް މީހާ އެ ބެޓް މޭން ކައިރިއަށް ދިޔުމުން، ބެޓް މޭން ކާރުން ނުކުތުމުން ފުރަތަމަ ދެ މީހުން ވާހަކަދެއްކިއެވެ. އަދި ދެ މީހުން އެކުގައި ސެލްފީއެއް ނެގިއެވެ.

"އަހަރެން އެހިން އެ ފުލުސް މީހާ ކައިރިން ހުރިހާކަމެއް އޯކޭތޯ.އޭނާ ބުނީ ދެ މީހުން އެކީ ފޮޓޯއެއް ނެގުމަށް"

މި މަންޒަރު ވީޑިޔޯކޮށްފައިވާއިރު، އެ ވީޑިޔޯ މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު