މަދުން ނޫނީ ނުފެންނަ ޕެންގުއިންގެ ބޮޑު އާބާދީއެއް އެންޓާޓިކާގެ ރަށަކުން ފެނިއްޖެއެވެ.

އެންޓާޓިކާގެ ރަށެއް ކަމަށްވާ ޑޭންޖާ އައިލެންޑުސް އިން ފެނިފައިވަނީ ވަރަށް މަދުން ނޫނީ ނުފެންނަ އެޑަލީ ޕެންގުއިން އެވެ. މި ވައްތަރުގެ 1.5 މިލިއަން ޕެންގުއިންގެ ބޮޑު އާބާދީ އެއް ފެނިފައިވާއިރު ސައިންސްވެރިން ބުނެފައިވަނީ އެންޓާޓިކާގެ ޑޭންޖާ އައިލެންޑުސް އަކީ މުޅި އެންޓާޓިކާގައިވެސް މި ބާވަތުގެ ޕެންގުއިން ގެ އެންމެ ބޮޑު އާބާދީއެއް އޮތް ސަރަހައްދެވެ.

ޑޭންޖާ އައިލެންޑުސް އޮންނަނީ އެންޓާޓިކާގެ ދެކުނު ކޮޅު ސަރަހައްދުގައެވެ.

ވޭތުވެ ދިޔަ ހައަހަރުގެ ތެރޭގައި އެއް ލައްކައަށްވުރެ ގިނަ ޕެންގުއިން މަރުވީ ބޮޑު އައިސްބާގެއްގައި ތާށިވެފައިވެ ރަނގަޅަށް ކާނާ ނުލިބިގެން ކަމަށް ދާދީ ފަހުން އެހިގެން ގޮސްފައިވާއިރު ސައިންޓިސްޓުން ގަބޫލު ކުރާ ގޮތުގައި އެ ޕެންގުއިންތަކުގެ އާބާދީ ކުރިއަށް އޮތް 20 އަހަރުތެރޭގައި ހުސްވާނެ ކަމަށެވެ.

އެންޓާކްޓިކް ސައިންސް ޖާނަލް އިން ބުނެފައިވަނީ އެޕެންގުއިންސް އުޅޭ ސަރަހައްދުގެ 1،120 ސްކެއާ މައިލްސްގެ އައިސްބާގެއް ވަނީ ވަކި ވެފައެވެ. އެހެން ކަމުން އެއާ ގުޅިގެން އެސަރަހައްދުގައި އުޅޭ ޕެންގުއިންސްތަކަށް ބޭނުންވާ ކާނާއާއި އެހެން އަސާސީ ބޭނުންތަކުން ވަނީ އެއެއްޗެހި މަހުރޫމް ވެފައެވެ. އެހެން ކަމުން އެޕެންގުއިންތަކަށް ކާނާ ހޯދުމަށް އެ އައިސްބާގްގެ 40 މޭލު ދުރަށް ދާން ޖެހެއެވެ.

ގިނަ އަދަދެއްގެ ޕެންގުއިންތައް އެ ދަތުރުގެ ތެރޭގައި މަރުވާއިރު ކުރިން އެ ސަރަހައްދުގައި ޕެންގުއިންގެ އާބާދީ 160،000 އާ ގާތް ކުރާނެއެވެ. ނަމަވެސް މިހާރު އެ އަދަދު ވަނީ 10،000 އަށް މަދުވެފައެވެ.

އެތަށް މިލިއަން ޕެންގުއިން ދުނިޔޭގައި އުޅޭ އިރު، އެ ސޮރުމެން ނެތި ހިނގައިދާނެ ކަމުގެ ބިރު ވެސް ވަނީ ވަރަށް ބޮޑުވެފައެވެ. ކަނޑަށް ތެޔޮ އެޅުން، މަސް މަދުވުން އަދި ތިމާވެއްޓަށް އަންނަ ބަދަލު ތަކާހެދި ގިނަ އަދަދަކަށް މިއާއިލާގެ ޕެންގުއިންތައް ދަނީ މަރުވަމުންނެވެ.