މާލޭގައި އަންހެނުންގެ "ގޭންގަކުން" އިތުރު އަންހެނުންތަކަކަށް އިންޒާރުދޭ ވީޑިއޯއެއް ދައުރުވާން ފަށައފިއެވެ. މި ވީޑިއޯގައި ފެންނަނީ ދެ ގްރޫޕެއްގެ ދެމެދުގައި ޒުވާބުކޮށް އިންޒާރުދީ ހުތުރުބަހުން އެއްޗެހިކިޔާ މަންޒަރެވެ.
މި ވީޑިއޯ ދައުރުވަމުން ދަނީ، މީގެ ތިން ދުވަސްކުރިން އަންހެނުންތަކެއް ކުޑަކުއްޖަކު ހުޅުމާލޭގެ އެކަހެރި ސަރަޙައްދަކަށް ގެންގޮސް އޭނާގެ ގައިގައި ތަޅައި އަނިޔާކޮށް ހުތުރުބަހުން އެއްޗެހިކިޔައި އޭނާއަށް ގަނާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ޢާންމުވެ ގިނަބައެއްގެ ފާޑުކިއުން އެކަމަށް އަމާޒުވެފައި ވަނިކޮށެވެ.
މިއަދު ޢާންމު މި ވީޑިއޯގައި ފެންނަނީ މަގެއްގެ މަތީގައި ތިބި ޒުވާން އަންހެނުންތަކެއް ޒުވާބުކުރާ މަންޒަރެވެ. އަދި ހުތުރު ބަހުން މުޢާމަލާތު ކުރަމުންދިޔައިރު، އޭގެތެރެއިން އެކަކު ދެން ތިބި މީހުނަށް ޝަރުތުކުރަމުން ދިޔައީ "ސޮރީ" ބުނުމަށެވެ. އެގޮތުން "ސޮރީއޭ ނުބުނެފިއްޔާ ހޭއަރުވާލާނެ" ކަމަށް ބުނެ ދެ އަންހެނަކާއި ދިމާލަށް އެމީހުން އިންޒާރުދެމުންދިޔަ މަންޒަރު ވީޑިއޯއިން ފެނެއެވެ. އެހެން ނަމަވެސް އެ ދެމީހުން ވަނީ އެކަމާއި ދެކޮޅު ހަދައި އެތަނުން ގޮސްފައެވެ. އެއާއިއެކު "ފެންވަރު" އަކީ އެއީ ކަމަށް ބުނެ މަލާމާތްކުރާ އަޑު އެ ވީޑިއޯއިން އިވެއެވެ.
މިއަދު ދައުރުވަމުންދާ ވީޑިއޯ ނަގާފައިވަނީ ދެ އަންހެނުންނަށް އިންޒާރުދިން ގްރޫޕުގެ ތެރެއިން އެކަކެވެ. ނަމަވެސް ވީޑިއޯ ވަނީ އެއްވެސް މީހެއްގެ މޫނު ނުފެންނާނެހެން ހަދާފައެވެ. އެހެންކަމުން އެއީ ކޮން ބައެއްކަމެއް، ނުވަތަ ކޮން ހިސާބެއްގައި ހިނގި ހާދިސާއެއްކަމެއް ނޭނގެއެވެ. އަންހެނުންތަކަކަށް ގްރޫޕަކުން އިންޒާރުދިން މި މައްސަލައާއި ގުޅިގެން އަދި ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން ތިން އަންހެނަކު ކުޑަ އަންހެންކުއްޖެގެ ގައިގައި ތަޅައި ގަނާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވާއިރު، އެ މައްސަލަ ފުލުހަށް ވަނީ ހުށަހެޅިފައެވެ. އެ މައްސަލަ ފުލުހުން މިހާރު ތަހުޤީޤުކުރަމުންދާއިރު އެ ހާދިސާގައި ގަނާގެ ޝިކާރައަކަށްވީ ކުއްޖާ ގެއްލިގެން، ހުކުރު ދުވަހުގެ ރެއިން ފެށިގެން ދިޔައީ ހޯދަމުންނެވެ.
ނަމަވެސް މިއަދު އިރުއޮއްސުނުހައި އިރު އެކުއްޖާ ވަނި ފުލުހުންނާއި އަމިއްލައަށް ހަވާލުވެފައެވެ. އެ ހާދިސާ އާއި ގުޅޭ އެއްވެސް ތްފްސީލެއް ފުލުހުން އަދި ދެއްވާފައެއް ނުވެއެވެ.
އަންހެން ގޭންގް މާރާމާރީގެ ވީޑިއޯ ލީކްވާ މޫސުމް ފެށުނީ... ރާއްޖޭގައި އޮންނާނީ ކޮންމެ ކަމަކަށްވެސް މޫސުމް.... މާވަހަރު މޫސުމް، އެމް.އެޗް370 ގެ ބައިތަށް ކަމަށް ލަފާކުރާ އެއްޗެހި ފެނުނު މޫސުމް، ދަންޖެހިގެން މީހުން މަރުވާ މޫސުމް............
ކުށަކާނުލާމީހުންމަރާމޫސުން .. ކުއްލިކުއްލިއަށް ކުއްލިއަމުރުނޭމޫސުން .. ސިޔާސީލީޑަރުން ޖަލަށްލާމޫސުންވެސްލިއުނުނަމަ އިތުރަށްފުރިހަމަވީސް ..
އެތާހުރި ޕޭމަންޓް ގަލުން އެގޭ މާލެކަން
ޕޭމަންޓް ގަލުން މާލެކަން އެނގޭނީ ރައީސް ޔާމިން ވެރިކަމާ ހަވާލު ވުމުގެ ކުރިން ރައީސް ޔާމިން ވެރިކަމުގައި ޕޭމަންޓް ގަލުން މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގެ މަގުތައް ވަނީ ފުރާލާފައި އަދިވެސް ހާދަ ފަހަތުގައި ތިޔަ އުޅުއްވަނީ
ފުރަތަމަ ވީޑިއޯ އަޕްލޯޑުކޮށްފައި ވަނީ މޫނު ފެންނަ ގޮތައް. އެއީ ރެހެންދި ފްލެޓް ބިއްދޮށްމަގު ، އިމާދުއްދީން ސްކޫލް ކައިރި.
ބުރާންތި ތަކާ "ގަނާ" އޭ ކޯންޗެއް ހަނގާ ކުރުމޭ ކިޔާ ބަލަ ވާންޗޯ ތަކާ
ބުލީ ކުރުމަށް ކިޔާ ދިވެހި ބަހަކީ ގަނާ ކުރުން އިނގޭތޯ
ކަލޯ އެއައް ކިޔަނީ "ހަނގާ" ކުރުން. ލޮލް
އަޅެ މި ކަނބަލުން ބާރުވެރިކުރުވާފައި މި ތިބީ ކޮން ގޮތަކަށް؟
މިހާރު މިއުޅޭ ކުދިން ހަމަ ތަރައްގީވެފަ ތިބޭވަރު ބޮޑީ.
އާން ހަމަ ވަރަށް ޓުރޫ
ސަމާލުކަންހޯދަން އުޅޭ ބައިގަނޑަކާ ވ. ވައްތަރު. ކުދި އަފުނޯސްކަށިތަކެއް ހެޔޮވަރު މިހަކާ ދިމާވެއްޖިއްޔާ ހިމުންއަރުވާލާނެ.
މީތ އަންހެނުން ބާރުވެރި ކުރުވުމަކީ
އޮހޮހޮހޮހޯ.. ވަރަށް ސަޅި