ރައީސް މުޙައްމަދު ނަޝީދުގެ "ފެންނާން ބޭނުންނުވާ އަންދިރި ފަރާތުގެ" ފޮޓޯއެއް ލީކުވެ ދައުރުވެއްޖެނަމަ، އެމްޑީޕީއަށް މަރުދޭ، އެ ފިކުރުގެ މީހުންގެ ނަޒަރުގައި އެއީ އެޑިޓަކަށް ނޫނީ ނުވާނެއެވެ. އެހެންކަމުން އެފަދަ ގިނަ ފޮޓޯތަކަކީ އެޑިޓުކަމަށް ނިންމައި އެފަރާތްތަކުން ތިބެނީ ހިތްހަމަޖެހިލައިގެންނެވެ.

އިބޫގެ ނަމުގައި ނަޝީދަށް ކެމްޕެއިން ކޮށްދިނުމުގައި އެމްޑީޕީ އެކްޓިވިސްޓުން އަވަދިނެތި އުޅެމުންދަނިކޮށް، މިއަދު މިވަނީ އަނެއްކާވެސް އެފަދަ ފޮޓޯއެއް ދައުރުވާން ފަށާފައެވެ. އެ ފޮޓޯ މީސްމީޑިއާގައި އެންމެ ފުރަތަމަ ޢާންމުކޮށްފައިވަނީ އަވައްޓެރި ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާއެވެ.

ރާޖަޕަކްސަ ފޭސްބުކް ޕޭޖްގެ ސްކްރީން ޝޮޓެއް

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ރާޖަޕަކްސަގެ ބޭބޭފުޅު ޗަންދްރާ ރާޖަޕަކްސަގެ ޖަނާޒާގައި ނަޝީދު ބައިވެރިވެވަޑައިގެން މައްޔިތާގެ ކުރިމަތީގައި، ބުދު ދީނުގެ ސަލާން ނުވަތަ ދެއަތް މޫނުގައި ޖައްސައި "ނަމަސްތޭ ކިޔައިގެން" ހުންނަވާ މަންޒަރު ފެންނަ އެ ފޮޓޯ ރާޖަޕަކްސާ މިއަދު ފޭސްބުކުގައި ޢާންމުކުރެއްވުމާއިއެކު ބައެއް އެމްޑީޕީގެ އެކްޓިވިސްޓުން ދަނީ އެއީ "އެޑިޓެއް" ކަމަށް ބުނެ އެވާހަކަ ދައްކަމުންދާ ފަރާތްތަކާއި މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. ހުކުރު ދުވަހުގައި އޮތް ޗަންދްރާގެ ޖަނާޒާގައި ނަޝީދުގެ އިތުރުން ލަންކާގައި އުޅުއްވާ އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ރާޖަޕަކްސަ ބޭބެގެ ޖަނާޒާގައި ކެރަފާ ނަސީމް ބައިވެރިވަނީ

ކުރިއަށްއޮތް ރިޔާސީ އިންތިޚާބާއި ދިމާކޮށް ދީން ހިމާޔަތްކުރުމަށް ކަމަށް ބުނެ އެންމެ ހަރުއަޑުން ވާހަކަދައްކަމުންދާ ފަރާތްތަކުގެ ތެރޭގައި ނަޝީދު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީ ހިމެނޭއިރު، މީގެ ކުރިންވެސް ދީނާއި ދުރު ގިނަ ކަންކަން ނަޝީދާއި އެމްޑީޕީގެ އެންމެ އިސް ސަފުގެ މީހުންގެ ފަރާތުން ވަނީ ފެނިގެން ގޮސްފައެވެ.

ވެރިކަމުގައި ކުރެވުނު، އަމިއްލަފުޅަށްވެސް އިއުތިރާފުވެވަޑައިގަންނަވާ، ކުށެއްގައި ޖަލުޙުކުމެއް އިއްވިތާ ގިނަ ދުވަހެއް ނުވެ މައިބަދައިގައި ރިއްސާކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވައި، ރާއްޖެއިން ބޭރުގައި ބޭސްފަރުވާކުރުމަށް އެދި އެފުރުސަތު ލިބުމާއިއެކު ޙުކުމަށް މިހާރު ފިއްލަވައިގެން ރާއްޖެއިން ބޭރުގައި ވަޒަންވެރިވެވަޑައިގެން އުޅުއްވާ ނަޝީދު ވަނީ ވެރިކަމުގައި އާއި ވެރިކަމުން އަމިއްލައަށް އިސްތިއުފާދެއްވުމަށްފަހުވެސް އެތައް ފަހަރެއްގެ މަތިން ދީނަށް ހަޖޫޖަހައި އެފަދަ ވާހަކަތައް، އެއްވެސް ޚިޔާލެއް ފިކުރެއް ނެތި ހާމަކަންބޮޑު ގޮތެއްގައި ދައްކަވާފައެވެ. އެހުރިހައި ކަމަކީވެސް "އެޑިޓު" ކަމަށް ބުނެ ނަޝީދުގެ އެކުވެރިން ދަނީ އެފަދަ ކަންކަމަށް ވާގިވެރިވަމުންކަން ފާހަނގަކޮށްލާން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. އަލީމޫސާ

    ފެނޭތަ ރަންރީދޫ ޓްވިޓަރޭމެނަށް ފެނޭތަ! ހަމަރަގަޅަށް މަގުފުރެދިފައި ހުރި ބޮލުރޮއްޖެއް. ހިނދުކޮޅުގައިކަންނޭގެއެހުރީ.!

  2. އައްފާން

    ނަޝީދު ކޮށްފިއްޔާ އެއީ ހަމަ ހުއްދަ ކަމެށް.

  3. ސަރަންގް

    މީނާ ޤަބުރުތަކަށް އާދޭސްކޮށް ރޮއެ ހަމަހެއިން ނެއްޓުނަސް ދެނެއް މިރާއްޖޭގެ ވެރިކަމަށް ނުލިބޭނެ. ﷲ ގެ ރަހްމަތްފުޅުން މީނާއީ މީނަގެ ޕާރޓީވާނީ ފެއިލް.

  4. ބަދޫރާ

    ބަދޫ ގެ ހިތް ބުނަނީ މީ ހަމަ އެޑިޓެކޭ....

    • އއ

      ޙުދު ނަޝީދަކީވެސް އެޑިޓެއް.

  5. ާއަހަރެން

    ކެނެރީގޭ ނަޝިދަކީ ބުދަށް އަޅުކަންކުރާ މީހެއް

    • ޟަ

      ކަލެއަކީ ވެސް..

  6. ގާސިމު

    ޢެހެންވެޔޭ ލާދީނީ.ކިޔަނީ

  7. ސަނދުވާ

    ޣައިރު މުސްލިމުން އަބަދުވެސް މުސްލިމުންނަށް އޮޅުވާލުމަކީ ޢާންމު ކަމެއް. ދޮގެއް އޮއްވާ ތެދެއް ނުބުނާނެ. އެއީ ޔަހޫދީން

    • ކުޑޫ

      ގައުމެއްގެ ވެރިޔަކު އޭނާގެ ނިޔާވި ބޮޑުބޭބޭއަށް އިހުތިރާމުކޮށް އަދަބު އަދާކުރުމުގެ ގޮތުން ބަޔަކު ޒިޔާރަތްކުތުރުމުން އެ ބައެއްގެ ފޮޓޯ އެޑިޓްކޮށް ޖަހާފާނެކަމަށް ހަމަ ގަބޫލުކުރަނީތަ؟ އެއްބަޔަކު ގަބޫލު ކުރިޔަސް ނުކުރިޔަސް ނަޝީދަކީ ހަމަ ދީނަށް ފުރައްސާރަ ކުރާ މީހެއް. އޭނާ އެފަދަ ކިތަންމެ ވާހަކައެއް ދައްކާ އަޑު އެހި އެތައް ބަޔަކު އެބަތިބި. ޔާމީނަކީ ވެސް ހަމަ އެންމެ ފުކެއްވެސް ރަނަގަޅު މީހެއް ނޫން

  8. ނަން ނޭންގޭ

    އެއީ ހަމަ އަންނި ކަލޭގެ އުޅެދާނެ ގޮތެއް.އެހާ ނުބައި ދީނަށް ޖޯކް ޖަހާ މީހެއް އަންނި އަކީ.

  9. ނުރަބޯ

    ބުދެއްގެ ކުރިމަތީގައިވެސް މިކަލޭގެ މިވައްތަރު ޖައްސަފާނެ. މިއީ އަހަރެމެން ލާދީނީ ނަޝީދޭ މިކިޔާކަމަކީ. މިކަލޭގެއަކީ ދީނެއް މިއްލަތެއް މަޒްހަބެއް އޮވެގެން އުޅޭ މީހެއް ނޫން. ތުރުކީގެ ކުރީގެ ރައީސެއްކަމަށްވާ މުސްތޮފާ ކަމާލް އަތާތުރުކުވެސް ބުނިކަމަށްވޭ ވެރިކަމެއް ކުރާމީހަކަށް ކޮންމެހެން ދީނަކީ މާ މުހިއްމު އެއްޗެއް ނޫނޭ.

  10. ޖޮއްބެ

    ދެން އެމްޑީޕީގެ ލާދީނީ އެކްޓިވިސްޓުން ބުނާނީ އެއީ އޭނާއަށް ކިނބިއްސެއް އެޅެން ހެދީމާ އަތްނެގީކަމަށް ހަހަހަހަހަ ހެހެހެހެހެ ހޮހޮހޮހޮ ގަންޖާބޯ ކޮބާ މިފަހަރު ތިޔައޮތީ ބުޅާގޯނިންބޭރުވެފަ.

  11. ށައި

    ސޭކު އިލްޔާސް އަދި އިޔާޒު މިކަން ހުއްދަ ކޮއްފަ ވަރަށް އަވަހަށް ފަތުވާ އެއް ނެރޭނެ ކަމަށް ލަފާ ކުރެވޭ. ޙުއްޖަތް ދައްކާނީ ކޯޗަކުން ބާ

  12. ދައުދު

    އެމްޑީޕީ ލާދީނިއްޔަތު ﷲ އިރާދަފުޅުން ކިތަންމެ ފަހަރަކު ދައްކަވައި ދެއްވިޔަސް ޖާހިޅު ކަމުން އެކަން ދޭހަ ނުވޭ.

  13. މާމިގިލީ މީހާ

    ބަލަ މައްސަލައެއް ނޫނޭ އެއީ އެއް.. ރައީސް ނަސީދުގެ އޯގާ ތެރިކަން އެފެންނަނީ. ހިތް ހެޔޮކަށް.. ހަޖަމު ނުކުރެވެނީ ތަ... ހަޖަމް ކުރާން ދަސް ކޮއްބަލަ..

  14. ސަލީމް

    އޮއްގަލުން ތަޅާ ރަޖަމް ކުރަންވީ ތި ލާދީނީ ނަޝީދު.

  15. ސަލީމް

    އޮއްގަލުން ތަޅާ ރަޖަމް ކުރަންވީ ތި ލާދީނީ ނަޝީދު. ތީނަ ތީ މި ދިވެހި ރާއްޖެއަށް ޖެހިފައިވާ ބޮޑު މުސީބާތެއް.

  16. ޖަޖު

    ރައީސް ނަޝީދު ކޮއްފިއްޔާ ކޮންމެ ކަމެއްވެސް އެވީހުއްދަ. ދެން އެމްޑީޕީ ކުދިންނަށްވެސް ހުދަވީއޯ ހަމަ ހިނި އަންނަނީ ދެން އެންމެން އަށްޖަހާ ބާރަށް

  17. ޜަމީޒް

    މާރީއްޗައްވެސް އެޑިޓެއް ކަށްމާށް ބެލެވޭ

  18. ގަންޖާ

    ބަލަގަ ...މަށަކީ ވެސް އެޑިޓެއް. އަސްލެއް ނޫން. މަށަށް ތާއީދު ކުރާ އެންމެންނަކީ ވެސް

    މަ އެޑިޓް ކޮށްފަ ތިބި ގަމާރުން. ބޭނުން ގޮތަކަށް އަނބުރާ ވިސްނުން ބަދަލު ކުރެވޭނެ

  19. ޏަމްޏަމް

    މިފަހަރު އަދާލަތުންބުނާނީ ކީކޭ އެއީ ފޭކުފޮޓޯއެކޭދޯ ހަމަޔަގީނުންވެސް އެމްޑީޕީ ނަޒަރުގައިވެސް އެއީ އެޑިޓެއް ލަދުން ބޯހަލާކު

  20. އަހުމަދު

    ވައްކަންކުރުމަކީ ވެސް ދީނުގަ ހަރާމްކަމެއް. އެކަމް ޔާނު ވައްކަން ކުރިޔަސް އެއީ ދީނާ ޚިލާފުވުމެއް ނޫން ދޯ!

    • ނަދޫ

      މޮޔަ ނުގޮވާ! ޔާނު ވައްކަން ކުރެޔޭ ކޮރަޕްޓޭ ގޮވަނީ ކުރީން މައުމޫނަށް ވެސް އެހެން ގޮވި ބައިގަނޑު. މާދަން ވެސް ވެރިކަމުން ދުރުވެ ހުރެއްޖިއްޔާ ދެން ވަގަށް ގޮވާނީ އެމްޑީޕީ ނޫން މީހަކު ވެރިކަމަށް އެރިއްޔާ އެ މީހަކަށް . މިކަން ފިވެހީންނަށް އަލެއް ނޫން. އެކަމަކުއަންނި ވައްކަންކޮށްގެން އަރުވާލި ވާހަކަ ކޯޓްތަކުގެ ރެކޯޑްގައި އަނަދުވެސް އެބަ އޮތް. ޔާނު ވައްކަމެއް ނުކުރާނެކަން މަމެންނަށް އެނގޭ

  21. އަޙްމަދް

    މި ނުލަފާ ނަޝީދަށް ވާގިވެރިވެ ދީން ހިމަޔައް ކުރަން ނަމުގައި ނުކުމެތިބި އަދާލަތު ކޮބާ!؟

  22. ހަމަހަމަ

    ކީރިތި ގުރުއާނުގަ އަތް ކަނޑަން ހުކުމް އައިސްފަ އޮތީމަ އެހުކުމް ތަންފީޒުކޮށް އަދަބު ލިބުން ހައްގުވަނީ އަންނިއަށްތޯ ނުވަތަ ކާކަށްތޯ. ހުރިހާ އެންމެންތައް މިތިބީ ފަތުވާދޭ ހިސާބުގަ މީވަރަށް ނުރައްކާތެރިކަމެއް. ހަޖަމް

  23. މުހައްމަދު

    ކާފަރަކު މުސްލިމަކާ އަތާ އަތް ޖޯޑުކޮށް ސަލާމް ކުރީމާ އޭނާ މުސްލިމަކައް ވޭތަ؟

  24. ނަޝީދު ޓެރެރިސްޓް (އެމް،ޑީޕީ)

    ނަޝީދުއަކީ ސާފު ހުދު ފޮތިކޮޅެއް، ދުވަހަކުވެސް ދޮގުއެއް ނުބުނާނޭ، ދުވަހަކުވެސް ބެންޑެއް ނުކުރާނޭ، ދުވަހަކުވެސް މީހަކަށް އުނދަގުލެއް ނުކުރާނޭ ، ދުވަހަކުވެސް ހަޑިއެއްޗެއްސެއް ނުކިޔާނޭ ދުވަހަކުވެސް މީހަކަށް އަނިޔާއެއް ނުކުރާނޭ،،،،
    ހަރާން މިހުރިހާ ކަމެއްގައި އެންމެ މަތީފަޑީގައި ހުންނާނޭ އަދި މައުމޫން ދައުރުގައި ބޮޑު ވައްކަމެއް ކޮއް އަރުވާލި މީހެއްތީ.. ހަދާން ނެތުނީ ތޯ.. އަނގޮޅުތީމުގައި ނިކަމެތި ދެމަފިރިން ނަޝީދު ގެންގުޅުށް ވިގޮތް... ލަދުކުޑަ ރާފުޅި ހޮޅުޖެހި ނަޝީދު..

  25. އަމީ

    އެޑިޓް އެއްވެއްޖެއްޔާ އަސްލު ދައްކާލަބަ އަންނި އެކުވެރިކުދިން ކޮޅު... ނަން

  26. ހަމީދު

    ދިވެހިންނަށް ހެޔޮ ވިސްނުން ދެއްވާންދޭވެ

    • މީ

      އާމީން

  27. މަ

    ދޭތެރެޔަކުން މީނަގެ ނިއުސް.. އަދިވެސް އުޅެނީތަ ނަޝީދުގެ ސަޕޯޓަރުން.. ދެން ނަޝީދުގެ ހަގީގަތް އެނގޭ ހާލުވެސް އެކޮޅަށް ޖެހިފަތިބޭނީ އެއްބައިގަނޑެއްތާދޯ..

  28. އިންސާނާ

    މިދުވަސް ކޮޅު ޕަކްސާވެސް މި ފޮޓޯ ފޭސްބުކައް ނުލިނަމަ ދޯ

  29. Anonymous

    ދީނޭ ކިޔައިގެން ދެން ހުރިހާ ފާފަތައް ހުއްދަ ކޮށް ކުރުވާ މީހާގެ ޙުކުމަކީ ކޮބައިބާވައެވެ.

  30. ދފސދ

    ހުވާ މިބުނީ މީނަޔަކާއި ހެދީ މިކަން ކުރެވޭނެ ހެނެއް ހިޔެއްނުވޭ.

  31. ?

    އެންމެން ?✖✖✖✖✖✖✖

  32. Anonymous

    ތީ ހަމަ އެޑިޓެއް. ޔާމީނު ގެ ފޮޓޯއެއްގަ ނަޝީދުގެ ބޯ ތަތްކޮށްފަ