18 އަހަރު ނުފުރެނީސް އަދި ލައިސަންސަކާ ނުލައި ދުއްވާ އެއްޗެހި ދުއްވި 35 ކުޑަކުއްޖެއްގެ ބެލެނިވެރިއަކު ޖަލަށް ލައިފިއެވެ. އިންޑިޔާގެ ދެކުނުގެ ހައިދަރުއާބާދުގައި ޢަމަލު ކުރަން ފެށި މި ޤަވާއިދުގެ ދަށުން ކޮންމެ ބެލެނިވެރިޔަކުވެސް ޖަލުގައި ބަންދުކޮށްފައިވަނީ އެންމެ ދުވަހަކަށެވެ.

ހައިދަރުއާބާދުގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ފަދަ އުސޫލަކަށް ޢަމަލުކުރަން ފަށާފައިވަނީ، ކުޑަކުދިން ދުއްވާ އެއްޗެހި ދުއްވުމުގެ ނުރައްކާތެރިކަން އަންގާ ހޭލުންތެރިކުރުވުމަށާއި މިފަދަ ކަންކަން ހުއްޓުވުމަށް ކަމަށެވެ.

މިކަމާ ގުޅިގެން މަގުމަތީގެ ރައްކާތެރިކަމާ ބެހޭ ތަޖުރިބާކާރެއްކަމުގައިވާ ވިނޯދު ކުމާރު ބުނެފައިވަނީ، ޤަވާއިދުން މި އުސޫލަށް ފުލުހުން ޢަމަލުކޮށްފިނަމަ، މިފަދަ ކަންކަން ހުއްޓުވުމުގައި ނަތީޖާ ފެނިގެންދާނެކަމަށެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި މި މަސައްކަތުގެ ތެރެއިން، ކުޑަކުދިން އުޅޭ ސަރަޙައްދުތަކާއި އުނގަންނައިދޭ މަރުކަޒުތައް އަދި ވަކީން ޚާއްޞަކޮށް ކޮލެޖުތައް ކައިރި، ފުލުހުން ދަނީ ޕެޓްރޯލް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޮއެހަލާކު

    ރާއްޖޭގައިވެސް ވެއްޖެ ހަރުކަށި ގަވާއިދެއް މިކަމަށް ހަދަން. ޖޫރިމަނާއެއް ކޮއްލުމަކުން ހައްލެއް ނުފެނޭ. ޖޫރިމަނާވާ ފައިސާ ދައްކައިދޭ ވިއްޔަ. ދެން ހެވެއްނު ކިތައްމެ ވަރަކަށް ޖޫރިމަނާ ކުރިއަސް.