ބަރުދަން ލުއިކޮށް އުފަންވާ ކުދިން ހިތުގެ ބަލިޖެހުުމުގެ ފުރުސަތުބޮޑު ކަމަށް ފަހުގެ ދިރާސާއަކުން ހާމަވެއްޖެއެވެ.

ބަރުދަން 2.5 ކިލޯ އަށްވުރެ ދަށްކޮން އުފަންވާ ކުދިންނަށް ބަލިތައް ޖެހުުގެ ފުރުސަތު ބޮޑުކަމަށާއި ހަކުރުބައްޔާއި ހިތުގެ އެކި ބަލިތަށް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ޔުނިވާސިޓީ އިން ސްވެޑެންގެ ޖޯސެފިން ސްޓެމްބާގް ކުރިއަށް ގެންދިޔަ ދިރާސާއަކުން ހާމަވެއްޖެއެވެ.

2.5 ކިލޯއަށްވުރެ ދަށުން އުފަންވި 285 ކުދިންނާއި ރަނގަޅު ބަރުދަނެއްގައި އުފަންވި 100 ކުދިންނާއިއެކު ކުރިއަށް ގެންދިޔަ މިދިރާސާގައި ވަނީ އެކުދިންގެ ޓެސްޓްތަކެއް ވަނީ ކުރިއަށް ގެންގޮސްފައި އެވެ. އެގޮތުން ބަރުދަން، އިސްކޮޅު، ބޮޑީ ކޮންޕޮޒިޝަން، ބީޕީ ހިމެނޭއިރު ލޭގެ ޓެސްޓްތަކުގެ ތެރޭގައި ބުލަޑް ޝުގާ ލެވެލް، އިންސްލިން، ބުލަޑް ލިޕިޑްސް ހިމެނެއެވެ. އަދި އެކުދިންގެ އައިކިޔު ލެވެލްގެ އިތުރުންވެސް އެކުދިންގެ ހުނަރު ވަނީ ބަލާލާފައި އެވެ.

އަދި ބަރުދަން ލުއިކޮށް އުފަންވި ކުދިން ވިސްނުމުގެ ބާރުވެސް ދަށްވެ ކަންކަމަށް ސަމާލުކަންދިނުން ކުޑަކަމަށާއި ސްކޫލު އުމުރުފުރާގައި ކުދިންގެ އުޅުމަށް ތަފާތު ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން އެކަންކަމަށް ސަމާލުކަންދިނުން މުހިއްމު ކަމަށް ދިރާސާއިން ހާމަވެއެވެ.

އޭގެ އިތުުރުން އެކުދިން އުމުރުން 7 އަހަރާއި ހަމައަށް އެކުދިންގެ ބަރުދަން ހުންނާނީ އާންމުކޮށް ހުންނަންޖެހޭ ވަރަށްވުރެ ލުއިކޮށް ކަމަށް ދިރާސާގައި ވެއެވެ.

އަދި އިތުރަށް ހާމަވާގޮތުގައި އަޔަންގެ ބޭނުންކުރާ މިންވަރު އެކުދިން ކުޑައިރު ގިނަ ކުރުމުގެ ސަބަބުން އެކަމަށް ހައްލެއް ލިބިގެންދާ ކަމަށާއި އޭގެސަބަބުން ސްކޫލުފުރާއަށް އެޅުމުން ބުލަޑްޕުރެޝާ ދަށްކަމަށް ނުދައްކާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު