ކާޑޭޝިއަން އާއިލާގެ މެމްބަރުންގެ ތެރެއިން ކައިލީ ޖެނާ އޭނާގެ އަށް ލިބުނު ފުރަތަމަ ދަރިފުޅު ސްޓޯމީ ވެބްސްޓަރ ގެ މުޅިން އައު ލޯބި ފޮޓޯ ތަކެއް މީސް މީޑިއާގައި އާންމުކޮށްފިއެވެ.

ސްޓޯމީ އަށް މިހާރު އެއް މަސް ފުރިފައިވާއިރު "މައި ޕްރިޓީ ގާލް" ނަމުން ލޭބަލް ކޮށްފައިވާ ކުރު ވީޑިއޯ އެއް މެދުވެރިކޮށް ކައިލީ އާންމު ކުރި މި ފޮޓޯ ތަކަކީ ދަރިފުޅު ސްޓޯމީގެ ފުރަތަމަ ސެލްފީ ތަކެވެ.

ކައިލީ އޭނަގެ ފުރަތަމަ ދަރިފުޅުގެ ފޮޓޯ އާންމު ކޮށްފައިވާއިރު ކައިލީގެ ދައްތަ މަޝްހޫރު ޓީވީ ރިއަލިޓީ ޝޯ "ކީޕިން އަޕް ވިތު ކާޑޭޝިއަންސް"އިން މަޝްހޫރުކަން ހޯދާފައިވާ ކިމް ކާޑޭޝިއަން އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓަށް ލިބުނު ތިންވަނަ ދަރިފުޅުގެ ފޮޓޯ ވެސް ވަނީ ދާދި ފަހުން އާންމު ކޮއްފައެވެ.

ސަރޮގޭޓެއް މެދުވެރިކޮށް ކިމް ކާޑޭޝިއަން އަށް ތިންވަނަ ދަރިއަކު ލިބިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގައެވެ. ތިންވަނަ ދަރިފުޅަށް ކިމްއާއި ކާންޔޭ ކިޔާފައިވަނީ ޝިކާގޯއެވެ.

ކައިލީ ވިހާފައިވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސެންޑައި ސިނައި އެލް އޭ ހޮސްޕިޓަލްގަ އެވެ. ކައިލީ ބަނޑުބޮޑުވެ ވިހާފައި ވަނީ މަޝްހޫރު ރެޕާ ޓްރާވިއާ ސްކޮޓްގެ ދަރިއަކަށެވެ.

ކައިލީ އަންހެން ކުއްޖަކު ވިހާފައިވާއިރު އެކުއްޖާ ވިހެއި ފަހުން އޭނާގެ މިހާރުގެ ލޯބިވެރިޔާ އުޅެނީ އެހެން ގެއެއްގައެވެ. ކައިލީއާއި ސްކޮޓް ވަކިން އުޅޭތީ ގިނަ ބައެއް ސުވާލު އުފައްދާފައިވާއިރު މިކަމާއި އެދެމީހުން ކުރެ އެކަކުވެސް އަދި ވާހަކައެއް ނުދައްކައެވެ.

 

ކިޔުންތެރިންގެ ހިޔާލު