އިންސާނުން ދުނިޔޭގައި އުޅޭއިރު އަނެކުންގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުންވެއެވެ. އަދި ބައެއް ފަހަރު އެއް އިންސާނަކު ދިރިހުރުމަށްޓަކައި އަނެއް އިންސާނެއްގެ ގުނަވަންތަކަށް ބޭނުން ޖެހެއެވެ.

އެގޮތުން އިންޑިއާގެ ބެންގަލްއަށް ނިސްބަތްވާ ސަބީނާއަކީ އެފަދަ އެހީތެރިކަމަކަށް ބޭނުން ޖެހުނު އަންހެނެކެވެ. ސަބީނާގެ އެއްބަނޑުއެއްބަފާ ހުރި ހަމަ އެކަނި މީހަކީ އުމުރުން 29 އަހަރުގެ އިރްސާދްއެވެ. ސަބީނާ ކައިވެންޏެއް ކުރުމަށް ފަހު އުޅެން ޖެހުނީ އިރްސާދްއާއި ވަކިންނެވެ. ނަމަވެސް ކޮންމެ އަހަރަކުވެސް އެތަކެއް ފަހަރު އެ ދެބެއިން ބައްދަލުވެއެވެ. އަދި އެފަދަ ބައްދަލުވުންތަކުގައި އިރްސާދް އަބަދުވެސް އޭނާގެ ދަށްތަ ސަބީނާ ބަލާނެ ކަމަށް ބުނެއެވެ. އަދި ސަބީނާއަށް ދެރަގޮތެއް މެދުވެރިވެއްޖެ ނަމަ އެންމެ ފުރަތަމަ އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭނީ އޭނާ ކަމުގައި ބުނެއެވެ.

ސަބީނާގެ ކައިވެންޏަށް މަދު ދުވަސް ކޮޅެއްގެ ތެރޭގައި އޭނާއަށް ދަރިއަކު ލިބެން އުޅޭ ކަމުގެ އުފާވެރި ޚަބަރު ލިބުނެވެ. އަދި ރަހިމުގެ ތެރޭގައި ހެދިބޮޑުވަމުން އަންނަ ތުއްތު ތަރިފުޅު ދުނިޔެއަށް ނޭވާލާނެ ދުވަހެއްގެ އިންތިޒާރުގައި މަސްތަށް ގުނަމުން އައިސް ރަހިމުގެ ތެރޭގައިވާ ތުއްތު ދަރިފުޅު ދުނިޔެއަށް ނޭވާލާނެ ދުވަސް އައިސް ބޯމަތިވިއެވެ. ނަމަވެސް އެ ދުވަހަކީ ސަބީނާއަށް ކަޅު ދުވަހެއް ކަމަކަށް އޭނާ އެއްގޮތަކަށްވެސް ހިޔެއް ނުކުރިއެވެ.

ސަބީނާއަށް ތުއްތު ތުއްތު އަންހެން ކުއްޖަކު ލިބުމާއި އެކު ލިބުނީ ހިތާމަވެރި ޚަބަރެކެވެ. އެއީ ސަބީނާގެ ދެ ކިޑްނީ ފެއިލްވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ފުރާނައަށް ނުރައްކާވެދާނެ ކަމަށާއި ވީހާވެސް އަވަހަކަށް ޑޯނަރެއް ހޯދުމަށް ޑޮކްޓަރުން ލަފާއެރުވިއެވެ.

އެއްބަނޑުއެއްބަފާ ދައްތަގެ ބަލިހާލަތުގެ ޚަބަރު އިރްސާދްއަށް ލިބުނީ ޑޮކްޓަރުން ސަބީނާގެ ކިޑްނީ ފެއިލްވެފައިވާ ކަމަށް ބުނިތާ ތިން ގަޑި އިރު ފަހުންނެވެ. ވަގުތުން ދައްތަ ހުރި ތަނަށް އައިސް އޭނާގެ އެއް ކިޑްނީ ދައްތައަށް ހަދިޔާކުރުމަށް އިރްސާދް ނިންމިއެވެ. އެއީ އޭނާގެ ވާޖިބެއް ކަމުގައި ދެކިގެނެވެ. އަދި ސަބީނާގެ ލޭގެ ގްރޫޕާއި އިރްސާދްގެ ލޭގެ ގްރޫޕްވެސް ދިމާވުމުން އިރްސާދް އެއީ ސަބީނާއަށް އެންމެ އެކަށޭނެ ޑޯނަރު ކަމަށް ބަލާ ސަބީނާގެ ކިޑްނީ ޓްރާންސްޕްލާންޓޭޝަން އެއް ހެދިއެވެ. އަދި އިރްސާދްގެ އެއް ކިޑްނީ ދައްތަގެ ފުރާނައަށްޓަކައި ހަދިޔާކުރިއެވެ.

އިންޑިއާގެ ބައެއް ނޫސްތަކަށް ދިން އިންޓަވިޔުއެއްގައި އިރްސާދް ބުނީ ސަބީނާއަކީ އޭނާގެ ދައްތަކަމަށާއި އެ ދެމީހުން އެކުގައި އެތަކެއް ދުވަހަކު އުޅެފައިވާ ކަމަށެވެ. އަދި ސަބީނާ ބެހެލެއްޓުމަކީ އޭނާގެ ޒިންމާއެއް ކަމަށްވެސް އިރްސާދް ބުންޏެވެ. އަދި ލޯބިވާ ދަށްތަގެ ފުރާނަ ސަލާމަތްކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދެވެން އޮއްވާ އެކަން ނުކޮށް ދެން ކުރާނެ އިތުރު ކަމެއް ނޯންނާނެ ކަމުގައިވެސް އިރްސާދް ބުނެފައިވެއެވެ.

ކިޑްނީ ޓްރާންސްޕްލާންޓޭޝަނަށް ފަހު ސަބީނާ ވަނީ އޭނާގެ ކޮއްކޮ އިރުސާދްއަށް އޭނާގެ ފުރާނަ ސަލާމަތްކޮށްދިން ކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. 3ނިރު

    ޢަހަރެންގެ އެއްބަނޑު ނުވަތަ އެއްބަފާ އަދި ނުވިތާކަށް އެއްބަޑު މިހެއްގެ ދަރިއެއްގެ ކިޑްނީ ފެއިލްވާން ދިމާވިޔަސް (اِنشاءاﷲ ﷲއެގޮތް މެދުވެރި ނުކުރައްވާށި) ހަމަދޭން ތައްޔާރު ފުރިމީހާއަށްވެސް ދޭން ތައްޔާރު އެކަމަކު ފިރިމީހާއާ ގްރޫޕް ދިމާނުވޭ

  2. ފުތާ

    މިރާއްޖޭގަ ވެސް ތިފަދަ ކަން ކަން ހިގާފަ ހުރީ ކަލޭމެން ނަށް ލިޔަން އެގެނީ އިންޑިއާމިހުން ކުރާ ކަންތައް ދޯ؟

  3. މަ

    އަލްހަމްދު ލިﷲ
    މާޝާﷲ