އިންޑިއާގެ ކެރެލާ ސްޓޭޓަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހާލުގައި ޖެހިފައިތިބި މީހުންނަށް އެހީވުމަށް ބޮލީވުޑް ކުޅަދާނަ ބަތަލާ ކަންގަނާ ރަނައުތު 10 ލައްކަ އިންޑިއަން ރުޕީޒް (15،000 އެމެރިކާ ޑޮލަރު) ހަދިޔާކޮށްފި އެވެ.

ވިއްސާރާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ހުޅުވައިފައިވާ ޗީފް މިނިސްޓަރުގެ ރިލީފް ފަންޑު މެދުވެރިކޮށް ކަންގަނާ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ބޮލީވުޑްގެ ގިނަ ތަރިންވެސް ވަނީ ކެރެލާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ސަލްމާންހާން، ޝާހްރުކްހާން ،އަމީތާބު ބަށްޗަަން ، އަދި އަނާންދު ފަދަ ފަންނާނުން ހިމެނެއެވެ.
އަދި ބޮލީވުޑްގެ ބަތަލާ އަދި މޮޑެލް ސަނީ ލިއޯންވެސް ވަނީ އޭނާގެ ފިރިމީހާ އަދި ވިޔަފާރިވެރިޔާ ޑެނިއަލް ވެބާގެ ފަރާތުން ރެލާގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް 1.3 ޓަނުގެ ހަނޑުލާއި މުގު ހަދިޔާކޮށްފަ އެވެ.

އިންޑިއާ ސަރުކާރުން ކެރެލާގައި ހާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިކަން ފޯރުވައިދޭން މަސައްކަތް ކުރަމުން އަންނަ އިރު، ބޮލީވުޑް ފަންނާނުން ވެސް އަންނަނީ ބޮޑެތި އެހީތައް ދެމުންނެވެ.

ކެރެލާގައި ހާލުގައި ޖެހިފައިތިބި ފަރާތްތަކަށް އެހީވުމަށް ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ވެސް ވަނީ ނިންމާފައެވެ. އެގޮތުން ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި އެންމެ މަގުބޫލު މޯބައިލް ބްރޭންޑް އެޕަލް އިން ވަނީ ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް ހަތް ކޮރޯޑް އިންޑިއަން ރުޕީސް ދިނުމަށް ނިންމާފައެވެ.

ކެރެލާ އަށް ކުރަމުންދާ ވިއްސާރާގައި މަރުވި މީހުންގެ އަދަދު 324 އަށް ވުރެ މައްޗަށް އަރާފައިވާ އިރު ދެ ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ. އަދި އެތަށް ސަތޭކަ ބައެއްގެ ގެދޮރުވަނީ ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުއްޅަަަަަަަަަބޭ

    އެޕަލްގެ އެހީ އިންޑިޔާއިން ބަލައިގަތްބާ! ގަތަރުންދިން ލާރިކޮޅުވެސް އަތުނުލާނަމޭބުނެފަ، މިނިސްޓަރުގެ އެކައުންޓަށް ފޮނުވާލަން އެދުނުވާހަކަ މިހާރުވަނީ ލީކްވެފަ!