ފާއިތުވެދިޔަ ދުވަސްތަކުގައި، ދުނިޔޭގެ އެންމެ މަޝްހޫރު މީސްމީޑިއާ އެޕްތަކުގެ ތެރޭގައި ހިމެނޭ އިންސްޓަގްރާމްއަށް ބޮޑު ބަދަލުތަކެއް އަންނަމުން ދެއެވެ. އެކި ދުވަސްމަތިން ތަފާތު އާ ފީޗާސްތަކެއް އިންސްޓަގްރާމްއަށް ގެންނަމުންދާއިރު، އިންސްޓަގްރާމް ސްޓޯރީއަކީ އާއްމުކޮށް އެންމެ ގިނަ ބަޔަކު ބޭނުންކުރާ ފީޗާއެވެ.

އެ ފީޗާ އެތައް ބަޔަކު ބޭނުން ކުރެވެއެވެ. މީގެ ކުރިން އިންސްޓަގްރާމް މެދުވެރިކޮށް ސްޓޯރީއަށް ފޮޓޯލާ މީހުންގެ ފޮޓޯތައް ވަރަށް ގިިނައިން ސްކްރީންޝޯޓް ނަގާ ހަދައެވެ. އެއް ބަޔަކަށް މިއީ މައްސަލައަކަށް ވެފައިވާއިރު، އަނެއް ބަޔަކު އޭގެ ފައިދާ އެކި ގޮތްގޮތަށް ނަގަމުން ދެއެވެ.

އެހެން މީހަކަށް ދައްކާލުމުގެ ނިޔަތުގައި ނުވަތަ މަޖަލަކަށްވެސް ނޫނީ އޭގައި ވާ އެއްޗެއް ރީތިކަމުން ނެގިޔަސް ކުރިން އޭގެ ވެރި ފަރާތަކަށް ނޭގެއެވެ. ނަމަވެސް އިންސްޓަގްރާމްއަށް އަލަށް އަންނަ ބަދަލަކާއެކު ވަރަށް އަވަހަށް އެފަދަ ޢަމަލުތައް ފަޅާއަރާނެއެވެ. އިންސްޓަގްރާމް ސްޓޯރީގެ ވީޑިޔޯ ނުވަތަ ފޮޓޯތައް ސްކްރީންޝޮޓް ނެގިކަން އެ ސްޓޯރީގެ ވެރިފަރާތައް އެނގެނީ ސްކްރީނަށް އަރާ ތަރި އައިކޮންއެއްގެ ސަބަބުންނެވެ.

މިދިޔަ މަސް ތެރޭގައި އިންސްޓަގްރާމް އިން ހާމަކޮށްފައިވާގޮތުގައި، ކުރިންވެސް މި ފީޗާ ހެދުމުގެ މަސައްކަތް އިންސްޓަގްރާމުން ދިޔައީ ކުރަމުންނެވެ. އަދި ޓެސްޓް ކުރުމަށް ބައެއް ފަރާތްތަކަށް އާ ފީޗާ ދޫކޮށްފައިވާއިރު، ވަަރަށް އަވަހަށް އާއްމުންނާއި ހަަމައަށް އަންނާނެ ކަަމަށްވެސް ވަނީ ބުނެފައެވެ.