އިންޑޮނޭޝިޔާގެ ބޯނެއޯގައި މީގެ ދެ ދުވަސް ކުރިން ގެއްލިގެން ހޯދަމުން އައި މީހެއްގެ ހަށިގަނޑުގެ ބައިތައް 20 ފޫޓުގެ ބޮޑު ކިނބުލެއްގެ ބަނޑު ތެރެއިން ފެނިއްޖެއެވެ.

ކޯރެއްގެ ކައިރިން ގެއްލުނު މީހާގެ ސައިކަލާއި ފައިވާން ފެންނަން އޮތް އިރު ކޯރުގެ ތެރެއިން ވަނީ އެމީހާގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ހޯދާފައެވެ.

އެހެންކަމުން މިއީ އެ ހިސާބުގަނޑުގައި އުޅޭ ކިނބުލެއްގެ ކަމަކަށް ބަލައި ކަމާ ބެހޭ ފަރާތްތަކުން ވަނީ އެތަނުގައި އުޅޭ އެންމެ ބޮޑު ކިނބުލުގެ ގަޔަށް ބަޑި ޖަހައި މަރާލާފައެވެ. މި ކިނބޫ މާރަލައި، އޭގެ ބަނޑު ފަޅާލުމުން އެމީހާ ކާލާފައި ވަނީ މި ކިނބޫކަން ވަނީ ޔަގީންވެފައެވެ.

ގެއްލުނު މީހާގެ އަންހެނުން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާގެ ފިރިމީހާ އެ ކޯރު ކައިރިއަށް ދިޔައީ ގޭގައި ކާނެ އެއްޗެއް ނެތުމުން ދަރިންނަށް ކާނާ ހޯދުމުގެ މަޤްސަދުގައެވެ.

އެހެންނަމަވެސް، ކަން ދިމާ ކުރި ގޮތުން އޭނާ މިވަނީ ބޮޑު ކިނބުލެއްގެ ޝިކާރަ އަކަށް ވެފައެވެ. އިންޑޮނޭޝިޔާގައި ދިރިއުޅޭ ކިނބޫތައް އިންސާނުންނަށް ހަމަލާ ދޭ މިންވަރު އާދަޔާ ޙިލާފަށް އިތުރުވެފައި ވާއިރުގައި ފާހަގަ ކޮށްލަން ޖެހޭ ކަމަކީ، އެ ޤައުމަށް ޒިޔާރަތް ކުރާ ބައެއް ފަތުރުވެރިންވެސް ކިނބޫތަކުގެ ޝިކާރަ އަށް ވާ ކަމެވެ.

ކިނބުލަކީ އިންސާނުންނަށް ހަމަލާ ދިނުމަށް ފަސް ނުޖެހޭ ޖަނަވާރެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢޭނާ އަތް އެ އޮތީ ކާލާފަ