ދަރިންނަކީ، މި ދުނިޔެމަތީގައި ދެއްވާ ވަރަށް ބޮޑު ނިއުމަތެކެވެ. ދަރީންނަށް ހެޔޮކޮށް ހިތުމަކީ، ދެ ދުނިޔޭގެ ބާއްޖަވެރިކަން، އެމީހަކަށް ލިބިގެންދާނޭ ކަމެކެވެ. މާނައަކީ ދުނިޔެއާއި އާޚިރަތުގައިވެސް އެކަމުގެ ފައިދާ ކުރާނެ ކަމެވެ. އެހެންނަމަވެސް، ދުނިޔޭގެ އެތަން މިތަނުން ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު، މިއީ ބައެއް ފަރާތްތަކަށް ޤަބޫލު ކުރެވޭ ކަމެއްކަމަކަށް ނުބެލެވެއެވެ.

މިއީ، އެކަން ކިތަންމެ ރަނގަޅަކަށްވެސް ހާމަކޮށްދޭ ޙާދިސާ އެކެވެ.

ނައިޖީރިޔާ އަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ އަންހެނަކުވަނީ އައު މޯބައިލް ފޯނެއް ގަތުމަށްޓަކައި، އޭނާގެ ތުއްތު ތުއްތު އަންހެން ދަރިފުޅު ބަޔަކަށް ވިއްކާލާފައެވެ.

ނައިޖީރިޔާގެ ޕޮލިސް ކޮމިޝަނަރާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި މިކަން ކުރިކަމަށް އެ އަންހެން މީހާވެސް ވަނީ އެއްބަސްވެފައެވެ. އަދި، މިއީ އެޤައުމުގެ ޤާނޫނުތައް ބުނާގޮތުން ވަރަށް ސީރިޔަސް ކުށެއްކަމަށްވެސް، ކޮމިޝަނަރު ބުނެފައިވެއެވެ.

މިރަކަލް ޖެކްސަން ނަމަކަށް ކިޔާ މި އަންހެން މީހާ، އޭނާގެ ހަ ހަފްތާގެ ދަރިފުޅު ވިއްކާލާފައިވަނީ ކުޑަކުދިން ބަލަހައްޓާ ޔަތީމު ޚާނާއަކަށެވެ. ނައިޖީރިޔާ ފައިސާގެ 200،000 ގެ އަގަކަށް ދަރިފުޅު ވިއްކާލާފައިވާއިރު، އެފައިސާ އިން މޯބައިލް ފޯނެއް ގަތުމަށްފަހު ބާކީވި ފައިސާ ދީފައިވަނީ ފިރިމީހާއަށެވެ. ބާކީ ފައިސާ ފިރިމީހާއަށް ދީފައިވަނީ ވިޔަފާރިއެއް ފެށުމަށްކަމަށްވެސް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން މިރަކަލް އަށް ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ ދަރިފުޅުގެ ސަބަބުން އޭނާ ހުރީ ރުޅި އައިސްފައިކަމަށެވެ. އަދި، އެކަމުގެ ސަބަބުން ފިރިމީހާވެސް ދިޔައީ "ގަނަތެޅެމުން" ކަމަށާއި އަދި ލިބިފައިވާ ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު ވިއްކާލަން ނިންމީ، ޚަރަދުތައް ފަރުޖެއްސުމަށްކަމަށެވެ.

މިރަކަލްގެ ފިރިމީހާ ބުނެފައިވަނީ މިކަމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތްކަމުގައެވެ. އަދި، މިކަމުގެ ސަބަބުން އޭނާ ވަރަށް ހިތްހަމަނުޖެހުކަމަށާއި އަދި އަނބިމީހާގެ ގާތުގައި މިކަންކަމަށް ކެތްކުރަން އެދުނުކަމަށްވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު