ފުޓްބޯޅައަކީ ދުނިޔޭގެ ގިނަ ބަޔަކު އެ ކުޅިވަރަކަށްޓަކައި މަރުދޭ ކުޅިވަރެކެވެ. އަދި އެއީ ދުނިޔޭގެ އެއް ނަންބަރު ކުޅިވަރުކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.

ޒަމާނީ އޮއިވަރާއި އެކު ފުޓްބޯޅަ ކުޅުމަށް ބޭނުންވާ ޖާޒީ އާއި ބޫޓާއި އެނޫންވެސް ސާމާނަށް އަންނަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. އެގޮތުން ކުޅިވަރުގެ ސާމާނު އެންމެ ފުޅާ ދާއިރާއެއްގައި އުފައްދަމުން އަންނަ އެޑިޑާސް ކުންފުނިން ވަނީ ތިމާވެށްޓާއި ރަށްޓެހި ގޮތަކަށް ފަރުމާކޮށްފައިވާ ޖާޒީއެއް ތައާރަފްކޮށްފައެވެ.

އެގޮތުން އެޑިޑާސްއިން ތައްޔާރުކޮށްފައިވާ ޖާޒީއަކީ އުކާލެވޭ ކުނި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޖާޒީއެކެވެ. އަދި އެ ޖާޒީގެ ބޮޑުބައެއް ހަދާފައިވަނީ އުކާލެވިފައިވާ ވަލާއި ފޮތި ބޭނުންކޮށްގެނެވެ.

އަދި އެ ޖާޒީ ލައިގެން ފުރަތަމަ ކުޅޭ ފުޓްބޯޅަ މެޗު އަންނަ މަހުގެ ތެރޭގައި ކުޅޭއިރު އުކާލެވިފައިވާ ކުނިން ހަދާފައިވާ ޖާޒީ ލައިގެން ކުޅޭނީ އެމެރިކާގެ މަޔާމީ ފުޓްބޯޅަ ޓީމެވެ.

މި އުފެއްދުމަކީ އުކާލެވޭ ކުނި ރަނގަޅު ގޮތުގައި މެނޭޖުކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމަށް އުފެއްދި ޖާޒީއެއް ކަމަށް އެޑިޑާސް އިން ބުނެއެވެ. އަދި އުންމީދަކީ މުސްތަގުބަލުގައި އެކުންފުނިން އުފައްދާ 60 އިންސައްތަ ޖާޒީއަކީ އުކާލެވޭ ކުނި ބޭނުންކޮށްގެން އުފައްދާ ޖާޒީއަށް ހެދުން ކަމަށާއި އެކަމުގެ ސަބަބުން ތިމާވެށްޓަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް އެޑިޑާސްއިން ބުނެއެވެ.

އެ ޖާޒީ އަންނަ މަހުގެ ތެރޭގައި މާކެޓަށް ނެރޭއިރު މިހާރުވެސް ގިނަ ބަޔަކު އެ ޖާޒީ ގަންނަން އޯޑަރު ދީފައިވާ ކަމުގައި އެޑިޑާސް އިން ބުނެއެވެ.

އަދި އެ ޖާޒީއަކީ ސިއްހީ ގޮތުން ރައްކާތެރި ގަޔަށް އަރާމު ޖާޒީއެއް ކަމުގައި އެޑިޑާސް އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު