އެމެރިކާގެ ކެލިފޯނިއާގައި އުމުރުން 69 އަހަރުގެ މީހަކު ގިނަ އަދަދެއްގެ ލުނބޯތަކެއް ވަގަށް ނެގި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، 350 ކިލޯއަށްވުރެ ގިނަ ލުނބޯ ވަގަށް ނަގައިގެން ފިލަން އުޅެނިކޮށް ފުލުހުން އޭނާ ހިިފަހެއްޓީ މަގުމަތިން ޓްރެފިކްއަށް މަޑުކޮށްގެން ހުއްޓައެވެ.

ކާރެއްގައި ދިޔަ އެ މީހާ ހިފަހައްޓާ އޭނާ ޗެކްކޮށް ބެލިިއިރު، ވަރަށް ބައިވަރު ލުނބޯތައް އޭނާގެ ވެހިކަލުން ފެނުމުންވެސް ފުލުހުންނަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ. މިދިޔަ ހުކުރު ދުވަހު އެ މީހާ ހައްޔަރުކޮށްފައިވާއިރު، ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ، ގަސްގަހާ ގެހިން ލިބޭ ތަކެތި ވަގަށް ނަގާ މައްސަލައެއް ވަރަށް ބޮޑަށް ފެންމަތިވެ އެ މައްސަލަ ބަލަމުންދާ ދަނޑިވަޅެއްގައި ކަމަށެވެ.

ފުލުހުން ބުނީ، އޭނާ ދުއްވަމުންދިޔަ ކާރުގެ ޑިކީގައި ބޮޑު ކޮތަޅުތަކުގައި ހުރީ ލުނބޯ ކަމަށެވެ. އަދި ބެލެވޭގޮތުގައި، އެ ލުނބޯ ތަކަކީ ކައިރި ދަނޑުތަކަކުން ވައްކަންކޮށްގެން ގެންދިޔަ ތަކެތި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވާގޮތުގައި، ފީރޯސް ނަމަކަށް ކިޔާ އެ މީހާއަކީ، ގަސްގަހުން ވައްކަން ކުރަމުންދާ މީހެއްކަން ވަނީ ހާމަވެފައެވެ. އަދި އޭނާ އެހާބައިވަރު ލުނބޯ ގެންގޮސް ކުރާނީ ކޮންކަމެއްކަން ނޭގޭކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އުމުރުން ދުވަސްވެފައިވާ އެ މީހާ ފުލުހުން ހައްޔަރުކޮށްފައިވާއިރު، އެ މީހާއަކީ އަދި މިފަދަ ވައްކަން ތަކުގެ ބޮޑު މީހާކަމެއް ނޭގެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތިމަންނަ

    ލުބޯ ވަގު

  2. ބަސީރަ

    ހަމަ ހުސް ބޮޑެތި ވަގުން