އުމުރުން ދުވަސްވީ ވަރަކަށް މީހާގެ ކަށިތަކުގެ ބާރު ދަށްވެ މަސްތަކުގެ ބާރު ކެނޑޭކަމީ ސައިންސްވެރިން އެކަމާއި ދެބަސް ނުވާނެ ހަގީގަތެކެވެ. ނަމަވެސް އުމުރުން ދުވަސް ވިޔަސް ޒުވާން ދުވަސްވަރެކޭ އެއްފަދައިން ހެލިފެލިވެ އުޅުމުގެ ގާބިލްކަން ބައެއް މީހުންނަށް ވަނީ ލިބިފައެވެ.އެއީ އެމީހުންގެ ދުޅަހެޔޮ ސިއްހަތުގެ ސަބަބުން ކަމުގައި ޑޮކްޓަރުން ބުނެއެވެ.

އެގޮތުން އެމެރިކާއަށް ނިސްބަތްވާ އުމުރުން 86 އަހަރުގެ ޑައިލީސް ޕްރައިސް އަކީ ފާހަގަކޮށްލެވޭ އަންހެނެކެވެ. ޒުވާން އުމުރުގައި ޕެރަސޫޓް އަަޅައިގެން ބިމާއި އެތަށް ކިލޯމީޓަރެއް މަތިން މީހުން ފުންމާތަން ފެނި އެކަމަށް އުފެދުނު ޝައުގެއްގެ ބޮޑު ކަމުން ޑައިލީސްވެސް ވަނީ އުމުރަށް ބެލުމެއް ނެތި ޕެރަސޫޓް އަޅައިގެން ބިމާ އެތަށް ކިލޯ މީޓަރެއް މަތިން ފުންމާލާ އެތަށް ބަޔަކު ހައިރާން ކޮށްލައިފައެވެ.

އެއް މަސްދުވަހުގެ ޓްރެއިނިންގް އަކަށް ފަހު އެމެރިކާގެ ޖައްވީ ކުޅިވަރުތަށް ކުޅޭ ޖަމިއްޔާއަކާއި ގުޅިގެން އެ ޖަމިއްޔާގެ ބައެއް ޕެރަސޫޓިސްޓުންނާއި އެކު ޑައިލީސް ޖައްވުގައި އުދުހުމުން އޭނާއަށް އެތަށް ބައެއްގެ ސަމާލުކަން ލިބުމުގެ އިތުރަށް އޭނާގެ ނަން ވަނީ ދުނިޔޭގެ އެންމެ ޝަރަފުވެރި ފޮތުގައި ރަން އަކުރުން ފަވާލެވިފައެވެ.

އެއީ ޑައިލީސް އަކީ ދުނިޔޭގައި ހުރި އުމުރުން 86 އަހަރުގެ ފުރަތަމަ ސޯލޯ ޕެރަސޫޓިސްޓަށް ވުމުންނެވެ.

އަދި ސްކައިޑައިވް ކުރުމަށް ފުރަތަމަ މަތިންދާ ބޯޓުން ފުއްމާލުމާއި އެކު ކުރެވުނު އިހްސާސް މީޑިއާތަކަށް ހިއްސާ ކުރަމުން ޑައިލީސް ބުނީ މަތިންދާ ބޯޓުން ފުންމާލުމާއި އެކި މި ހެދުނީ ގޯހެކޭ ހިތަށް އެރި ކަމަށާއި އަދި މަރުވާން އުޅޭ ކަމުގެ އިހްސާސެއް ކުރެވުނު ކަމަށެވެ. ނަމަވެސް ފަހުން ހުރިހާ ކަމެއް ހަމައަކަށް އެޅުނު ކަމަށާއި މިހާރުވެސް އެންމެ ކުރަން ބޭނުންވާ ކަމަކީ އެއީ ކަމުގައި ޑައިލީސް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު