ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަކުން ދެކުއްޖެއްގެ ފުރާނަ ހަނިގޮތަކަށް ސަލާމަތްވެއްޖެއެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އަކުން ފެންނަ ގޮތުގައި ސްކޫލް ބަހުން ދެކުއްޖަކު ފޭބިތަނުން ބާރު ސްޕީޑްގައި ދުއްވާފައި އައި އެސްޔޫވީއެއް ވަަނީ ބަހުގެ އެއް އަރިމަތީގައި ޖެހިފައެވެ. ދެކުދިން ކުޑަ ތަންކޮޅެއް ލަސްވެލި ނަމަވެސް އެކުދިން އެސްޔޫވީގެ ދަށު ވާނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބަހުގައި ޖެހުނު އެސްޔޫވީ އަކީ ދުއްވިލަތް ބާރުކަމުން ކޮންޓްރޯލް ނުކުރެވިގެން ބަހުގައި ޖެހުނު އެސްޔޫވީ އެކެވެ.

އެކްސިޑެންޓް ހިނގި ނަމަވެސް އެސްޔޫވީ ވަނީ އެސަރަހައްދުގައި މަޑުނުކޮށް ވަގުތުން ނައްޓާލާފައެވެ.

އެވެހިކަލް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އަދި މިހާތަނަށް އެވެހިކަލެއް ވެސް އަދި ވެހިކަލް ދުއްވަން އިން މީހާ އެއްވެސް ނުފެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު