ބާބަކިއު ހެދުމަކީ އަހަރެމެން ދިވެހިންގެ ތެރޭގައިވެސް ވަރަށް އާއްމު ކަމެވެކެ. އެހެން ނަމަވެސް، މިފަދަ ކަންކަން ކުރުމުގައިވެސް ފަރުވާތެރި ވެގެން އުޅެނީ ވަރަށް މަދު ބައެކެވެ. އިނގިރޭސި ވިލާތުގައި ބާބަކިއު ހެދި އާއިލާ އެއްގެ ފިރިހެން ކުއްޖެއްގެ ފުރާނަ ބޮޑު ނުރައްކަލަކާއި ކުރިމަތިވެ މިހާރު ސަލާމަތްވެފައި ވާއިރު، އެ ކުއްޖާގެ މަންމަ މިވަނީ އެހެން މީހުންނަށް ނަސޭހަތެއް ދީފައެވެ.

އުމުރުން 6 އަހަރުގެ އެންތަނީ އޭނާގެ އާއިލާ އާއި އެކު ބާބަކިއު ހެދުމުގައި އުޅެނިކޮށް އޭނާ ވަނީ ކުއްލިއަކަށް ހޮޑުލައި ވަރަށް ބޮޑަށް ހާލު ދެރަވެފައެވެ. އޭނާގެ މަންމަ ހޮސްޕިޓަލަށް ގޮސް ދެއްކުމުން އެނގުނީ އެންތަނީގެ ކަރުގައި ވަރަށް ކުޑަ ދަގަނޑު ނަރުތަކެއް ހުރުމުން އޮޕަރޭޝަން ކުރަން ޖެހޭ ކަމެވެ.

އެންތަނީގެ ކަރަށް އެ ދަގަނޑު ނަރުތައް ދިޔަ ގޮތާއި ބެހޭ ގޮތުން އޭނާގެ މަންމަ ސުވާލު ކުރުމުން ޑޮކްޓަރު ބުނެފައި މިއީ ބާބެކިއު ހަދަން އުޅޭ އިރުގައި ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެއް ކަމަށާއި، މިކަން ކުރިމަތި ވަނީ ބާބަކިއު ސްޓޭންޑް ސާފު ކުރުމަށް ގެންގުޅޭ ބުރުހުގެ ސަބަބުން ކަމަށެވެ.

މި ބުރުހުން ސްޓޭންޑް ސާފު ކުރުމުން ބުރުހުގައި ހުންނަ ނަރުތައް ސްޓޭންޑުގެ ތެރެއަށާއި ބައެއް ދަގަނޑު ތަކުގައި ހަރުލާއިރު، އޭގެ މަތީގައި ކާނާ ބެހެއްޓުމުން އެ ނަރުތައް ކާނާގެ ތެރެއަށް ވަދެއެވެ. ނަތީޖާ އެއްގެ ގޮތުން އެ އެއްޗެހި އަނގައިގެ ތެރެއަށް ގޮސް ކަރުގައި ތާށިވުމަށް މެދުވެރިވެއެވެ.

މިއީ ހަމަ އެކަނި އޮޕަރޭޝަނެއްގެ ޒަރިއްޔާ އިން ކުރެވޭ ކަމަކަށް ވާއިރު، ޑޮކްޓަރުން މިވަނީ މިކަމަށް ސަމާލުވުމަށް ގޮވާލާފައެވެ. މިފަދަ ބުރުސްތައް މިހާރު އަންނަނީ ރާއްޖޭގައިވެސް އާއްމު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖިންނި

    ރޯނު ކޮޅެއް ބޭނުންކޮށްބަލަ

  2. ދިވެހިން

    ދިވެހިން މިކަން ކުރާ އިރަކު ނުވޭ މިހެންނެއް... ގޮނޑުދޮށައް ފައިބާ ކަށިވެލި ލައިގެން އާންމުކޮށް ދަގަނޑު ދޮވެހަދަނީ

    • ؟؟؟؟؟؟

      ޑެރަކަމެ