އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އަނބިކަނބަލުން މެލަނިއާ އާއި ދެމެދު މައްސަލަ ޖެހި ވަރިވާ ހިސާބަށް ކަންތައްތައް ގޮސްފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ނަމަވެސް ރަސްމީ އެއްވެސް މަސްދަރަކުން އަދި މިކަމާއި ބެހޭ މައުލޫމާތެއް ނުލިބެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޓްރަމްޕް ކައިރިން ވަރިވާން މެލަނިއާ މިހާރު ބޭނުން ވެއެވެ. އެއީ ޓްރަމްޕް ބަރަހަނާ ފިލްމް ކުޅޭ މީހަކާއި އެކު ބޭއްވި ލޯބީގެ ގުޅުމެއް ބޭޒާރު ވުމުންނެވެ.

ނަމަވެސް "ނިއުޔޯކް ޓައިމްސް" އަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ އޭނާ އާއި މެލަނިއާ އާއި ދެމެދު އޮތީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށާއި މީޑިއާގައި ދެކެވޭ ވާހަކައެއްގެ ސަބަބުން ދެމީހުންގެ ގުޅުމަށް އަސަރެއް ނުކުރާނެ ކަމަށެވެ.

ބަރަހަނާ ފިލްމް ކުޅޭ މީހަކާއި ޓްރަމްޕް ގުޅުމެއް ބޭއްވިކަން ބޭޒާރުވެފައި ވާއިރު އެއަންހެން މީހާ ސިއްރު ހިފެހެއްޓުމަށް ޝަރުތުކޮށް ޓްރަމްޕްގެ ޤާނޫނީ ވަކީލް އޭނާ އަށް ގިނަ އަދަދެއްގެ ފައިސާ ވެސް ދީފައިވާ ކަމަށް ވެއެވެ.

މެލަނިއާ އަކީ ޓްރަމްޕްގެ ތިން ވަނަ އަންބެވެ. 1977 ވަނަ އަހަރު ޓްރަމްޕް ފުރަތަމަ ކައިވެނި ކުރީ އިވާނާ ކިޔާ އަންހެނަކާއި އެވެ. އެކައިވެނި 1992 ވަނަ އަހަރު ވަނީ ރޫޅިފައެވެ. އޭގެ ފަހުން 1993 ވަނަ އަހަރު ޓްރަމްޕް ވަނީ މާލާ ކިޔާ އަންހެނަކާއި ކައިވެނިކޮށްފައެވެ. އެކައިވެނި ރޫޅުނީ 1999 ވަނަ އަހަރު އެވެ. ޓްރަޕްމް މެލަނިއާ އާއި ކައިވެނި ކުރީ 2005 ވަނަ އަހަރު އެވެ.

ބަރަހަނާ ފިލްމް ކުޅުނު އަންހެން މީހާގެ އިތުރުން ވެސް އެތައް އަންހެނުންނަކާއި ޓްރަމްޕް ގުޅުން ބޭއްވިކަން ހާމަވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔަމްޔަމް

    ޢެހާވަރުގެ ކަމެއްތަ އެއީ

  2. ސައިނީ

    ވަރިވެއްޖިއްޔާ އެމއެިކާއިން ޑިޕޯޓްކޮށްލާން އެހެންވީމާ އެކަން ކުރާކަށް ނުކެރޭނެ