ބޮލީވުޑްގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އަންނަ ޝާހްރުކް ޚާން މިހާރު ކުޅެމުން އަންނަ ފިލްމް "ޒީރޯ"ގެ ސެޓަށް ގޮސް ނިދަން އޮންނަތަން ފެންނަ ފޮޓޯއެއް އާއްމުވެއްޖެއެވެ.

ޝާހް ރުކްއަކީ ނިދައިފިނަމަ ހޭލަން ވަރަށް އުނދަގޫމީހެއްކަމަށް ވެއެވެ. އެ ފިލްމްގައި ކެޓްރީނާ ކައިފްއާއެކު ކުޅެން ޖެހޭ ޝޮޓެއް ނެގުމަށް ޝާހްރުކް ދިޔައީ ވަރަށް ހެނދުނާއެވެ. އެގަޑީގައި ޝޫޓް ނަގަމުންދިޔައިރު އޭނާގެ ލޯވެސް ނުހުޅުވޭކަމަށް ވެއެވެ.

މިފަހަރުގެ ފޮޓޯ މީސް މީޑިޔާގައި ހިއްސާކުރީވެސް ޝާޙްރުކް އެވެ. އެ ފޮޓޯގައި ޝާޙް އާއެކު ކެޓްރީނާއާ އިތުރު ދެ މީހަކުވެސް ފެނެއެވެ. އެ ފޮޓޯއިން ފެންނަނީ ޝާހް ރުކް ނިދިފައި އޮންނަ ތަނެވެ.

އާނަންދް އެލް ރާއީގެ ފިލްމް ޒީރޯއަކީ އެ ޕްރޮޑިއުސަރާއެކު ޝާހް ރުކް މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ. މި ފިލްމްގައި ކެޓްރީނާގެ އިތުރުން އަނުޝްކާވެސް ފެނިގެންދާނެއެވެ. މި ފިލްމްގައި ޝާހް ފެންނާނީ ކުރުމީހެއްގެ ގޮތުގައެވެ.

މި އަހަރުގެ ޑިސެންބަރު މަހުގެ 21 ވަނަ ދުވަހު މި ފިލްމް ބެލުންތެރިންނާއި ހަމައަށް ނުކުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތީ ނިދާފައެއް ނޫން. ހަމަ ސެލްފީއެއްް ނަގާފަ ތިއޮތީ،