އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި 50 އަހަރު ހޭދަކުރި ސްރީ ދޭވީ ކަޕޫރްގެ މަރާއި ގުޅޭގޮތުން ތަފާތު ވާހަކަތައް އެބަދައްކައެވެ. އެންމެފަހުން ސްރީ ދޭވީގެ ފިރިމީހާ ބޮނޭ ކަޕޫރް ވެސް މި ވަނީ ސްރީދޭވީގެ މަރުވި ދުވަހު ކަންތައްވީގޮތް އޭނާގެ ރަހުމަތްތެރިއަކަށް ކިޔާދީފައެވެ.

އޭނާ އެ ރަހުމަތްތެރިޔާއަށް ކިޔާދިން ވާހަކަތަކާއި ހަވާލާދީ ނޫސްތައް ބުނާގޮތުގައި، ސްރީދޭވީގެ ފިރިމީހާ ބޮނޭއަށް ސްރީ ދޭވީ ބިލިގާ ތެރޭގައި މަރުވެފައި އޮތްތަން ފެނިގެންވެސް ވަގުތުން ފުލުހުންނަކަށް ނުގުޅައެެވެ.

ސިޔާސީ ބައެއް ފަރާތްތަކުންވެސް ބުނާގޮތުގައި، ސްރީދޭވީގެ މަރަކީ އެކްސިޑެންޓެއް ނޫނެވެ. އޭނާ އޮތީ މަރާލާފައެވެ.

ބޮނޭ ކަޕޫރްގެ 30 އަހަރުވީ ގާތް ރަހުމަތްތެރިއެއްކަމަށްވާ ކޯމަލް ނަހްތާއަށް ސްރީ ދޭވީއާއެކު ހޭދަކުރި އެންމެ ފަހު ވަގުތުކޮޅުގެ ވާހަކަތައް ކިޔާދިންއިރު، އެ ވާހަކަތައް އޭނާވަނީ މީސް މީޑިޔާގައި ހިއްސާކޮށްފައެވެ.

އެ ވާހަކަތަކަށްބަލާއިރު، ދުބާއީގައި ސްރީ ދޭވީމެން ތިބި ހޮޓަލުގެ ބޮޑު ކޮޓަރީގެ ފާހަނާގެ ބިލިގާ ތެރޭގައި ސްރީ ދޭވީ ހަބަރުހުސްވެފައި އޮއްވާ ފެނުމުން ބޮނޭ ފުރަަތަމަ މަސައްކަތް ކުރީ އޭނާއަށް ވެގެން އުޅޭގޮތެއް ބެލުމަށެވެ. ކޮންމެވެސް ވަރަކަށް ސްރީ ދޭވީ ތަޅުވާ ހެދުމަށްފަހު، ގުޅީ ބޮނޭގެ ގާތް ރަހުމަތްތެރިއަކަށް ކަމަށް ވެއެވެ.

އަދި ފުލުހުންނަށް ގުޅާފައި ވަނީ އޭގެ ފަހުންކަމަށްވެސް ވެއެވެ. ސްރީ ދޭވީގެ މަރުގެ މައްސަލާގައި ފިރިމީހާއާ ހަމައެކަނި ސުވާލުކުރީއެވެ. އިތުރުކަމެއް ފުލުހުންކޮށްފައެއް ނުވެއެވެ. ސްރީ ދޭވީގެ ޕޯސްޓްމޯޓަމް ރިޕޯޓާއި ހަވާލާދީ ދުބާއީގެ ފުލުހުން ބުނާގޮތުގައި، ސްރީ ދޭވީީ މަރުވީ ގެނބިގެންނެވެ.

މިގޮތަށް ފުލުހުން ބުނިނަމަވެސް ގިނަ ބަޔަކު ދަންނަ އިންޑިއާގެ ސިޔާސީމީހެއްކަމަށްވާ ޑރ ސުބްރާމާނިއަން ސްވަމީ ބުނިގޮތުގައި، ސްރީ ދޭވީ އޮތީ މަރާލާފައެވެ. އޭނާ މިގޮތަށް ބުނެފައިވަނީ ދުބާއި މީހަކާއި ހަވާލާދީކަމަށް ނޫސްތައް ބުނެއެވެ.

ބޮނޭ ބުނިގޮތުގައި، ސްރީދޭވީގެ މަރަށްފަހު އޭނާގެ ހިތުގައި އަޅަމުންދާ ވޭން ބަޔާންކޮށްދޭންވެސް ނޭނގެއެވެ.

ބޮނޭ އާއި ސްރީ ދޭވީގެ ކައިވެންޏަށް 21 އަހަރުވެއްޖެއެވެ. ސްރީ ދޭވީ މަރުވީ އުމުރުން 54 އަހަރުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ައަލީ1

    ދެރަކަމެއްނު ސްރިދޭވީ މަރުވިއްޔާ މަރާލިއްޔާ އަހުނަށް ކީއް، އަހަރެމެން މުޅިގައުމު މިއޮތީ އެމަޖެންސީވެފަ

  2. ތިޔޭ އެއްކަލަ

    ދެން އޭނަ މަރުވެއްޖެ އެއްނު. ކޮން ކަމަކާ އަޅައިގަނެގެން އުޅޭލަކަށް. އިރު އިރު ކޮޅާހެން އޭނަ މަރުވި ވާހަކަ. އެއްފަހަރުވެސް ކީއްތަވާނީ އަޅުގަނޑުމެންގެ މުސްލިމް ގައުމުތަކަށް ކުރަމުންދާ އަނިޔާގެ ވާހަކަ ދެއްކިއްޔާ. ރަނގަޅު، އަޅުގަނޑު މެންނަށް ދުއާ ކުރުން ނޫން އިތުރު ގޮތެއްވެސް ނެއް. އެކަމަކު ވަކި ތިބުނާ ސްރީލަންކާދޭވީ ގެ ވާހަކަ ދައްކައިގެން ވަކި ކަމެއްވޭތަ. މާތްﷲ މުސްލިމް ހުރިހާ ގައުމުތައް ނުބައި ނުލަފާ މީހުންގެ ކިބައިން ސަލާމަތް ކުރައްވާފާންދޭ، އާމީން

  3. Anonymous

    ފިލްމް އިންޑަސްޓްރީގައި50 އަހަރު..
    އުުމުރުން 54ގައި މަރު

    • ÷ހސބދބ

      ސާބަސް 4 އަހަރުގަ އޭނަ ފިލްމް ކުޅެން ފަށާއިފިޔޭ.. އެއްޗެއް ނޭގުނަސް ކޮމެންޓު ކުރާތި

  4. ރޯޒީ

    އަޅެ އޭނާ ވާނީ ޝަހީދު މަރުތަ؟ ހާދަ ދެރައޭދޯ.

  5. ސީނު

    ދުނިޔެއަށް މާﷲ އަހަރުމެން އިންސާނުން ފޮނުއްވެވީ އެކަލާނގެ އަށް އަޅުކަންކުރަން...ނަމަވެސް އެއްބަޔަކު މިކުޅެނީ ފިލްމް

    ދެން އަނެއްކަމަކީ ކޮން 'ބޮނޭ" އެއް ބޮނީ ބޮނީ ބޮނީ ކަޕޫރު އޭނާއަށް ކިޔަނީ....ބޯހަލާކު...