ރަޝިޔާގެ ސިޔާސީ ބޭފުޅަކު މި ވަނީ އޭނާގެ ރީތި އިސްތަށިގަނޑަށް ތައުރީފް ކުރުވާ ވަރުކޮށްފައެވެ. މީސް މީޑިޔާގައި އޭނާގެ އިސްތަށިގަނޑަށް ތައުރީފް ކުރަމުންދާ މީހުން މަދެއް ނޫނެވެ.

މިއީ ސެނެޓް މެންބަރެއްގެ ގޮތުގައި ރިޕަބްލިކް އޮފް ހަކަސިއާ ތަމްސީލް ކުރުމަށް ހުންނަ ބޭފުޅެކެވެ. ނަމަކީ ވެލެންޓީނާ ޕެޓްރެންކޯއެވެ. އުމުރަކީ 62 އަހަރު ނަމަވެސް އޭނާއަށްވުރެ ވެސް އޭނާގެ އިސްތަށިގަނޑު މީސް މީޑިޔާގައި މަޝްހޫރެވެ. އެތައް ބަޔަކު އެ ވާހަކަދައްކައެވެ. ވަކިން ހާއްސަކޮށް ޓްވިޓާގައި އޭނާ މަޝްހޫރެވެ.

އެތައް ބަޔަކު މަލާމާތް ކުރުމަށް ވެސް އޭނާގެ އިސްތަށިގަނޑު މީސް މީޑީޔާއަށްލުމައްފަހު ޖޯކު ޖަހާ ހަދައެވެ. ނަމަވެސް ގިނަ ބަޔަކު ބުނަނީ އެއީ އެންމެ ތަފާތު އެއް އިސްތަށިގަނޑު ކަމަށެވެ.

މީގެ އިތުރުންވެސް ބައެއް މީހުން ވަނީ އޭނާގެ އިސްތަށިގަނޑާއި ކާޓޫނެއްގައި އުޅޭ ކެރެކްޓާގެ ބޮލާއި ވަރަށް ވައްތަރުކަމަށް ބުނެ މަލާމާތްކޮށްފައެވެ.

/

މިގޮތަށް ވާހަކަދައްކަމުންދާއިރު، އޭނާ މި ވަނީ އޭނާގެ އިސްތަށިގަނޑުގެ ސިއްރުތައް ކިޔާދީފައެވެ.

"އަހަރެންގެ އިސްތަށިގަނޑާއި ގުޅޭގޮތުން ބައެއް މީހުން ކުރަމުންދާ ސުވާލުތަކަށް ޖަވާބުދީދީ އަހަރެން ވަރުބަލިވެއްޖެ. އަހަންނަށް ލިބިފައި ވަނީ ބުޅި އިސްތަށިގަނޑެއް. އޭގެން އިސްތަށިތައް މައްޗަށް ޖައްސާފައި އެ ހުންނަނީ ހެއާޕިންސް ބޭނުންކޮށްގެން". އޭނާ ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހައްޤުބަސް

    ނިހާނުގެ އިސްތަށިގަނޑުވެސް ތިހެން ސަމާލުކަން ހޯދިދޯ ކެކެކެކެ

  2. ށދ

    ކަފަ ގަނޑެއްހެން ހީވަނީ??

  3. ޢައިޝާ

    ކިހިނެއް އޭގަ ފުނާ އަޅާނީ?

  4. ހުސޭނުބޭ

    ރީތިކަމުން ހީވަނީ ގެރިގއ ތފލެއްހެން.