އާސަނަލްގެ ފުޓްބޯޅަ ކުޅުންތެރިއެއްކަމަށްވާ އެއިންސްލޭ މެއިޓްލޭންޑް-ނައިލްސްގެ މަންމަ ފިނީގައި މަގުމަތީގައި ހާލުގައި އުޅެން ޖެހުނުނަމަވެސް، ދަރިފުޅުގެ ފަރާތުން އެއްވެސް ކަހަލަ އެހީތެރިކަމެއް ނުލިބޭކަމަށް އެ ނިކަމެތި މަންމަ ނޫސްތަކަށް ކިޔާދީފިއެވެ.

ޖޫލް ނައިލްސް 38އ، އުމުރުން 20 އަހަރުވެފައިވާ އޭނާގެ ދަރިފުޅު އައިންްސްލޭ އޭނާއަށް ފްލެޓް ދޭން ބޭނުންނުވާކަަމަށް ބުނެފައިވާކަމަށެވެ. އޭނާއަށް ލިބޭ ހުރިހާ ފައިސާއެއް ގޮސްފައިވަނީ އައިންސްލޭ އަށް ކަމަށް އޭނާގެ މަންމަ ބުންޏެވެ.

އައިންސްލޭ ދިރިއުޅޭކަމަށް ވަނީ އޭނާގެ ބޭބެ ކޮރްޑިއާއެކީ ލަގްޒަރީ އެޕާޓްމެންޓެއްގައެވެ. އެހެން ނަމަވެސް އެ ނިކަމެތި މަންމަ ދިރިއުޅެން މި ޖެހެނީ މަގުމަތީގައެވެ. މިހާރު ނިދަން ޖެހިފައި ވަނީ ފިނީގައެވެ. ޖޫލް ނިދާކަމަށް ވަނީ ސްޓޯރޭޖް ވެއާ ހައުސްއެއްގައެވެ. އެތަނުގައި އޭނާ ނިދަނީ އެތާ މަސައްކަތް ކުރާ މީހުން އެތަނުން ދިޔުމުންނެވެ.

ޖޫލް ބުނިގޮތުގައި، އޭނާ އެތާ ނިދާތާ މިހާރު ހަތަރު މަސް ދުވަސްވީއެވެ. އެއީ އައިންސްލޭއާއެކު ޖެހުނު މައްސަލައަކަށްފަހު ކަމަށް ޖޫލް ބުންޏެވެ.

ޖޫލްގެ ދަރިފުޅު އައިންސްލޭ

ޖޫލް ބުނީ އޭނާ ދިރިއުޅޭ ތަނަކީ ފާހާނާ ކުރެވޭނެ ވަސީލަތެއްވެސް ނެތްތަނެއް ކަަމަށެވެ. އަދި އެތަނުގައި ފަސޭހައިން ނިދޭނެ އެއްވެސް މަގެއް ނެތްކަމަށްވެސް އޭނާ ބުންޏެވެ.

"އަހަރެންގެ ދަރިފުޅަށް އެންމެ ހަފްތާއެއް ނުވަތަ މަހެއްގެ ތެރޭގައި ލިބޭ ފައިސާއިން ވެސް އަހަންނަށް ފްލެޓެއް ގަނެވޭނެ ވަރުގެ ގާބިލްކަން އޭނާގެ އެބަހުރި" ޖޫލް ބުންޏެވެ.

ޖޫލް ބުނިގޮތުގައި، އޭނާގެ ދަރިންމަތިން ވަރަށް ހަނދާންވެއެވެ. އަދި އޭނާއަށް ގޯސްކޮށް ކުރެވުނީ ކޮންކަމެއްތޯ އޭނާ އަށް އެނގެން ބޭނުންވާކަމަށް ވެސް ޖޫލް ބުންޏެވެ.

ޖޫލް އޭނާގެ ދެ ދަރިންނާއެކު

އެ ކުދިންގެ ކުޑައިރު އުޅުނު ހާލާއި ގުޅޭގޮތުން ވާހަކަދައްކަމުން ޖޫލް ބުނިގޮތުގައި، އޭނާއަކީ ފަގީރެއްކަމުން އެ ކުދިންނަށް ކާންދީފައިވެސް އޭނާ ނުކައި ހުންނަ ކަމަށެވެ.

ޖޫލް ބުނީ އައިންސްލޭގެ ކުޅުން އާސަެނަލް ސްކައުޓުންތަކަކަށް ފެނި އެ ކްލަބްގެ އެކަޑަމީއަށް ސޮއިކުރީ އުމުރުން ހަ އަހަރުގައި ކަމަށެވެ. އަދި އޭގެ ފަހުން މެޗްތަކުގައި ބައިވެރިވެ ފައިސާ ލިބެން ފެށިކަމަށް ވެއެވެ.

މި ސީޒަންގައި މެދު ތެރެއަށް ކުޅެމުންދާ އައިންސްލޭ ވަނީ ނުވަ ލީގު ކުޅެފައެވެ. އަ

ޖޫލްވަނީ މީގެ އިތުރަށް އޭނާގެ ދިރިއުޅުމާއި ގުޅޭގޮތުން މީޑިޔާތަކާއި ހިއްސާކޮށްފައެވެ. އަދި އެ ދަރިން އޭނާއާމެދު ކަންތައް ކުރާ ގޮތާއި ގުޅޭ ވާހަކަތައްވެސް ހިއްސާކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާސްޓަރ

    ތިޔަފަދަ ގޮތެއް ނެތް އަމިއްލައެދުމާއި ފައިސާއަށް ހުރިހާ އިސްކަމެއް ދޭ ކުލަބަކުން ތިޔަފަދަ މީހަކު ބަލައިގަތުމަކީ ހައިރާންވާންޖެހޭ ކަމެއްނޫނެވެ.

  2. އަދި

    ތިޔަ މަންމަވެސް އެކުދިންނާ އެއްގަލަކަށް ނާރާންވެގެން އުޅޭގޮތެއްތީ. އޭނަ ބޭނުންވަނީ އަދި ދަރިންނަށްވުރެ 700ގުނަ އަގުބޮޑު ލަގްޒަރީ ގެއެއް ގަންނަން