އެތައް ބައެއްގެ ހިތުން ޖާގަހޯދައި އެ ޖާދޫއެއްގައި ގިނަ ބަޔަކު ޖެއްސި އެއް ބޮލީވުޑްގެ ތަރިއަކީ މޯނީ ރޯއި އެވެ. އޭނާ ދެކެލިމަށް އެތައް ބަޔަކު އަބަދުވެސް އިންތިޒާރުކުރާއިރު، އޭނާ ޢާންމު ތަނަކުން ފެނުމުން ފޭނުންގެ ފަރާތުން އޭނާއަށް ދާދިފަހުން ވަނީ ކަންތައްގަނޑަކާއި ކުރިމަތިލާން ޖެހިފައެވެ.

ދާދި ފަހުން މީސް މީޑިއާގައި ދައުރުވާން ފެށި ވީޑިއޯއަކުން ފެންނަނީ، ފިރިހެނުންތަކެއް މޯނީ ވަށާލައިގެން ތިބޭ މަންޒަރެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެ ފިރިހެނުންތައް އޭނާ ވަށާލީ އޭނާއާއެކު ސެލްފީ ނަގަން ބޭނުންވެގެންނެވެ. އަކްޝޭ ކުމާރްއާއެކު ފިލްމް "ގޯލްޑް" އިން ފެނިގެން ދިޔަ މޯނީގެ ރީތިކަމާއި، އޭނާ ފެޝަނަށް ލޯބި ކުރާ މިންވަރު އެތައް ބަޔަކަށް އެނގެއެވެ. އެ ރީތި ފިލްމީ ތަރިއާއެކު ފޮޓޯ ނަގާލަން ގިނަ ބަޔަކު ތިބީ ބޭނުންވެފައެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ނޫސްތަކުގައި ދައުރުވަމުންދާއިރު، އެކަމަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. އަދި ފޭނުންގެ ފަރާތުން ވަރަށް ގިނައިން ފެންނަ އެފަދަ ޢަމަލުތައް ކުއްވެރިކޮށް ބައެއް ފަރާތްތަކުން ވަނީ ވާހަކަދައްކާފައެވެ.

މޯނީ ދެކެލުމުގެ ފުރުސަތަކަށް އިންތިޒާރުކޮށްގެން ތިބި ފޭނުން މޯނީ އާއި "ދިމާކޮށްލީ" އޭނާ ފިލްމީ ތިއޭޓަރަކުން ނިކުންނަން އުޅުނު ވަގުތާއި ދިމާކޮށެވެ. އެ ފިރިހެނުންތަކާއެކު ސެލްފީ ނަގަން އެ ވަގުތު އޭނާ ހުރީ ބޭނުން ނުވެފައެވެ. ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެފައި ހުރި މޯނީ އެ ފިރިހެނުންތައް ކައިރިން ސަލާމަތުން ކާރާއި ހަމައަށް ގެންގޮސްދީފައި ވަނީ އީޝާ ގުޕްތާއެވެ.

އެވަގުތަކީ އެއްވެސް ފިރިހެން ސެކިޔުރިޓީއެއްވެސް އެތަނުގައި ނެތް އިރު އީޝާ ދިޔައީ ފޭނުންގެ ފަރާތުން މޯނީއަށް އެއްވެސް ގެއްލުމެއް ލިބޭތޯ ކައިރިން ބަލަމުންނެވެ. އަދި އޭނާއަށް މަގުދައްކަމުންދިޔައީވެސް އީޝާއެވެ. އީޝާގެ އިތުރުން، މޯނީ އޭނާގެ ކާރާއި ހަމައަށް ގެންގޮސްދީ ކާރަށް އެރުވުމަށް މޯނީގެ އެކުވެރިޔާ އާމިރު އަލީވެސް މަސައްކަތްކުރަމުންދިޔަ މަންޒަރު ފަހުން ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަލް

    ތިޔަ މީހަކަށް ލިބިފަ ހުރި ރީތިކަމެއް ލިބިފަ ތިހުރީ އެތަށް ސާޖަރީއުއް ކޮށްެގެން

  2. މިޙުރީ

    ހޫން އިނގޭ ބަލާލީ މަވެސް ސާޖަރީ ހަފާފަކަން ތި ތުން ފަތް ވެސް ބުނަމުން ެެ ދަނީ އެހެން