ހޮލީވުޑްގެ މަޝްހޫރު ތަރި ޝެރޮން ސްޓޯންއަށް ވަނީ ވަރަށް ފަހުން މީހާގެ ފަޔާއި ނުގުޅޭ ފައިވާނަކަށް އެރުމުގެ ސަބަބުން ބޮޑު ލަނޑެއް ލިބިފައެވެ. މިގޮތުން 6 އިންޗީގެ އުސް މިން ހުންނަ ހައި ހީލްސްއަކަށް އަރައިގެން ޝެރޮން ސްޓޯން އެމެރިކާގެ ލޮސް އެންޖެލިސްގެ ބެވާރލީ ހިލްސްގައި ހިނގާފައި ދަނިކޮށް ވެއްޓުނުތަން ވަނީ އެތައް ބަޔަކަށް ފެނިފައެވެ. ޝެރޮން ވެއްޓުނު އިރު އޭނާ ދިޔައީ އޭނާގެ އެކުވެރިންތަކަކާއި އެކު މެންދުރުގެ ނާސްތާއެއް ރެސްޓޯރެންޓެއްގައި ކުރުމަށްފަހު ގެޔަށެވެ.
އުމުރުން 59 އަހަރުގެ ޝެރޮން ސްޓޯން ވަނީ އޭނާ ވެއްޓުމާއިއެކު އޭނާއަށް އެހީތެރިވާން އައި މީހުންގެ އެހީގައި ތެދުވެ ބަލަން ތިބި މީހުންނަށް އަމާޒުކޮށް ހީލައި 'ތަމްބްސް އަޕް' އެއް ދީފައެވެ. ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިޔާގައި މި ހާދިސާގެ ޒިންމާ އުފުލަންޖެހޭނީ އެމެރިކާގެ ލޮސް އެންޖެލިސްގެ އަޑިގުޑަން މަގުތަށް ހެދުމާއި ހަވާލުވެ ތިބޭ ފަރާތްތައްކަމަށް ބުނެފައެވެ. މިފަދަ މަގުތަކުގައި މިފަދަ އެތައް ހާދިސާއެއް ކޮންމެ ދުވަހަކުވެސް ހިނގަމުންދާކަމަށް ސޯޝަލް މީޑިޔާގައި އެތައް އާންމުންނެއް ބުނެފައިވާއިރު ޝެރޮން ސްޓޯން އަކީ މީގެ ތެރެއިން އެކަކެވެ.
ޝެރޮން ވެއްޓިފައިވަނީ ވަރަށް ތަދުވާނޭކަހަލަ ގޮތަކަށްކަމަށް ބައެއް ފަރާތްތަކުން ބުނާއިރު ތެދުވުމަށްފަހު ޝެރޮން ހުރީ ކޮންމެވެސް ވަރަކަށް މިކަމާއި ހައިރާންވެފައިކަން ހާދިސާގެ އާންމުވެފައިވާ ފޮޓޯތަކުން ވަނީ ދައްކުވައިދީފައެވެ. ބައެއް މީހުންނަށް ޝެރޮންގެ ހާދިސާއަށްވުރެ މުހިންމުވީ ޝެރޮންގެ އަތުގައި އަޅާފައި އޮތް އެންގޭޖްމެންޓް އަނގޮޓިއެވެ. މި އަނގޮޓިއާއި ބެހޭގޮތުންވެސް ބައެއް މީހުން ސޯޝަލް މީޑިޔާގައި ސުވާލުއުފައްދާފައިވާއިރު އަނެއްބައި ފަރާތްތަކުން ދަނީ ލޮސް އެންޖެލިސްގެ މަގުތައް ހެދުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފާޑުކިޔައި މަގުތައް ރަނގަޅު ފެންވަރަކަށް ހެދޭނީ ކޮން އިރަކުންތޯ ސުވާލު އުފައްދަމުންނެވެ.
އުމުރުން 59 އަހަރުގެ ޝެރޮން ސްޓޯން ވަނީ އޭނާ ވެއްޓުމާއިއެކު އޭނާއަށް އެހީތެރިވާން އައި މީހުންގެ އެހީގައި ތެދުވެ ބަލަން ތިބި މީހުންނަށް އަމާޒުކޮށް ހީލައި 'ތަމްބްސް އަޕް' އެއް ދީފައެވެ. ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިޔާގައި މި ހާދިސާގެ ޒިންމާ އުފުލަންޖެހޭނީ އެމެރިކާގެ ލޮސް އެންޖެލިސްގެ އަޑިގުޑަން މަގުތަށް ހެދުމާއި ހަވާލުވެ ތިބޭ ފަރާތްތައްކަމަށް ބުނެފައެވެ. މިފަދަ މަގުތަކުގައި މިފަދަ އެތައް ހާދިސާއެއް ކޮންމެ ދުވަހަކުވެސް ހިނގަމުންދާކަމަށް ސޯޝަލް މީޑިޔާގައި އެތައް އާންމުންނެއް ބުނެފައިވާއިރު ޝެރޮން ސްޓޯން އަކީ މީގެ ތެރެއިން އެކަކެވެ.
ހެހެ، ލިޔެފައޮތް އެއްޗަކާ ސުރުހީއަކާ މާބޮޑު ގުޅުމެއްނެތް..
އެހެންވެދާނެ ކުއްލިހާލަތުގަ
ހަމައެކަނި ބޭރުގައުމުގައެކަންޔެއްނޫން މިހެން ވަނީކީ ރާއްޖޭގަ ވެސް މަދުންނަމަ ވެސް މި ހެން ވެފަ އެބަހުރި...