ކޮންމެ ހިނިތުންވުމަކީ އުފާ ލިއްބައިދޭ ހިނިތުން ވުމެއް ނޫންކަމަށާއި ބައެއް ހިނިތުންވުމަކީ އެހެންމީހުނަށް ތިމާގެ ހިތުގައި އޮންނަ ނަފުރަތު ހާމަކޮށްދޭ ހިނިތުންވުމެއްކަމަށް އެމެރިކާގެ ސައިކޮލޮޖިކަލް ޑިޕާރޓްމެންޓަކުން ހެދި ދިރާސާއަކުން ދައްކައިފިއެވެ.

އެމެރިކާގެ ޔުނިވާސިޓީއެއް ކަމަށްވާ ޔުނިވާސިޓީ އޮފް ވަސްކިން އިން ހެދި މިދިރާސާގަައި ބުނެފައިވަނީ ބައެއް ހީލުމަކީ ތިމާގެ ހިތުގައި އެހެން މީހުނަށް އޮންނަ ނަފުރަތު ހާމަކޮށްދޭކަމެއް ކަމަށާއި އަނެއްބައި ހިނިތުންވުމަކީ ލޯތްބާއި އަޅާލުން އޭގައި ހިމެނޭ ހިނިތުންވުމެއް ކަމަށެވެ.

މިދިރާސާގައިވާގޮތުން އަނެކާގެ ހިތަށް ހިތްހަމަޖެހުން ކޮންމެ ކޮންމެ ހިނިތުންވުމަކުން ނުލިބޭނެއެވެ. މީގެ އިތުރުން މިދިރާސާގައި ބުނެފައިވަނީ ހިނިތުންވުމުގެ ތިން ވައްތަރެއް ހުންނަކަމަށާއި އެއީ މީހެއްކައިރި ކަމަކު އެދުމަށް ދޭ ހިނިތުންވުމާއި ކަމެއްކޮށްދިނުމުންދޭ ހިނިތުންވުމާއި ގަދަކަމުންދޭ ހިނިތުންވުމެވެ.